ފެމެލީ ޗައިލްޑް އެންޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އޮފިސަރުންތަކަކަށް ދައުވާ ކުރަން ނިންމި ނިންމުމަކީ ފުލުހުންގެ މުއައްސަސާއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ކުދިންގެ މެދުގައި 2017 ގައި ހިންގި ހަރަކާތްތަކެއްގެ ތެރެއިން ހިނގި ހާދިސާ އާއި ގުޅިގެން މައްސަލަ ތަހްގީގު ކުރީ އެޗްއާރްސީއެމް އިންނެވެ. 15 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވިއެވެ.

އޭގެ ތެރެއިން އެފްސީޕީޑީގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ފިޔަވައި ދެން ހިމެނޭ ރޭންކް ދަށް 13 ފުލުހަކަށް ދައުވާ ކުރަން ޕީޖީ އޮފީހުން ނިންމިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނަރު ހަމީދު ވިދާޅުވީ މުޅި މުއައްސަސާގައި ހިނގި ކަމަކުން ވަކިވަކި ފުލުހުންތަކަކަށް ދައުވާ ކުރެވިގެން ނުވާނެ ކަމަށާއި އެ މައުލޫމާތު ސާފު ކުރަން އެދިފައިވާނެ ކަމަށެވެ.

އޭނާ ދެން ވިދާޅުވި ކަމަކީ އެ އޮފިސަރުންނަކީ އެ ދާއިރާގައި މަސައްކަތް ކުރާ އެންމެ ގާބިލް އޮފިސަރުން ކަމުގައެވެ. އެ އޮފިސަރުން މުއައްސަސާގައި ނެތުން ވާނީ ބޮޑު ޖެހުމަކަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެހެން ގާނޫނާ ހިލާފުވާ ފުލުހަކު ޕްރޮޓެކްޓް ކުރުމެއް ނޫން ވިސްނުމަކީ، ގާބިލް އޮފިސަރުންތަކެއް ވުމުން އަންނަ ގޮންޖެހުން، އަދި ޖުމުލަކޮށް މި މައްސަލާގައި ތަފާތު ގޮތަކަށް އަމަލު ކުރުމުން،" ހަމީދު ވިދާޅުވިއެވެ.

13 ފުލުހުންގެ މައްޗަށް އުފުލާފައިވަނީ ރަހުމު ކުޑަ، ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަތެއްގެ ޖަލު ހުކުމެއް ފުލުހުންގެ މައްޗަށް އަންނާނެއެވެ.

ފުލުހުންގެ މައްޗަށް ތުހުމަތު ކުރާ މައްސަލަ ހިނގީ 2017 ވަނަ އަހަރު ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެގެން ކުޑަކުދިންގެ ހިޔާގެ 12 އަހަރުން މަތީގެ ކުދިންތަކަކަށް ކ. ތުލުސްދޫ އަށް ގެންދަން މަސައްކަތް ކުރަނިކޮށެވެ. ކުދިންނަށް ބާއްވަން އުޅުނު ކޭމްޕަކަށް ކުދިން ގޮވައިގެން ދަތުރުކުރި ފެރީގައި، ކުދިން ކޮންޓްރޯލް ނުކުރެވި ބައެއް ކުދިން ކަނޑަށް ފުންމާލަން މަސައްކަތް ކުރުމުން އެކުދިން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ބިޑި އެޅުވި ކަމަށް ވެއެވެ. އެޗްއާރްސީއެމް އިން ތުހުމަތު ކުރާ ގޮތުގައި ކުދިންގެ ފުރާނަ ސަލާމަތް ކުރަން ވެސް ކުދިންގެ ގައިގަ ބިޑި އެޅުވުމަކީ ލާއިންސާނީ އަމަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މުނާ ވަހީދު

    ޢރސއމ ބުނެދީބަލަ ކިޔަމަށްނުވެގެން އުޅޭއިރު ކިޔަމަށްކުރާނެ ގޮތެއް

    7
    1
  2. ހ. ހުސައިން

    ފުލުހުންވެސް ގޯސްކޮށް ކަމެއް ކޮށްފިޔަށް ޤާނޫނީ އިމުގެތެރެއިން ފިޔަވަޅު އެޅެންޖެހޭނެ. ގައުމު ބޮއްސުންލައިގެން މިދަނީ ސަލާމަތީ ބާރުތަކުގެ ބޭފުޅުން ޖަވާބުދާރީ ނުކުރެވޭތީ. ޤާނޫނަށް ކަމޭހިތަން ފުލުންވެސް ދަސްކުރަންވާނެ. ވަރަށް ވެދުން ސީޕީއަށް

    10
    6
    • ސިމްބާ

      ކަލެއަށް މާ ބޮޑަށް އިނގެނީ ކަންކަން. ޮ

      5
      3
    • ޖޯން

      ކަންވީގޮތް ބެލުމަށްފަހު ކޮމެންޓް ކޮއްލައްވާ

      2
      3
  3. ސިމްބާ

    ތަން ދޮރު އޮޅުން ނުފިލާ ކަމިޝަން އެއް. ހިއުމަން ރައިޓްސް ގަ ވެސް ހައްދެއް އޮވޭ. އެ ދުވަހު އެއިން ކުއްޖަކު ކަނޑަށް ފުންމާލއިގެން ގޮތެއް ވިނަމަޔޯ. ބިޑި އަކީ ނުރައްކާތެރި ހަތިޔާރެއް ނޫން. ބިޑި އެޅުވޭނެ ހާލަތު އިންގޭނީ ފުލުހުންނަށް. ޕީޖީ ޝަމީމާ އަކަށް ނޫން. ތިޔަ ކޮމިޝަނަކަށް ވެސް ނޫން. ލާހިކެއް ނޫން އެ ފުލުހުންނަށް ނުހައްގު އަނިޔާއެއް ދޭކަށް. މުޅި ފުލުސް އޮފީސް މިކަމާ ދެކޮޅަށް ނިކުންނާނެ.. ކެރެންޏާ ނިކަން ކޮށްބަލަ. ި ޭ

    8
    3
  4. ކަލޯ ތިޖެހީ އުނބަކަނު ތިކިޔޭއެއްޗެއް އެނގޭބާ

    މިޅި މުއައްސަސާގައި ހިގިކަމަކުން ވަކިވަކި ފުލުހުންނަށް ދަޢުވާކުރެވިގެންނުވާނެ ޔޯ ކަލޯ ތިކިޔޭއެއްޗެއް އެނގޭ ތޯ ތިކިއުނު އެއްޗެއް ރަނގަޅަށް ވިސްނާލާފަ ބޮޑު ފައުޖެއް ޝާމިލްވާ ވަކަމެއްގައި ރައީސްޔާމީން އާއިމެދު ތިކަންތައް ކުރަނީ ހަމަކުރައްޖެހޭގޮތައްބާ؟؟؟

    7
    1
  5. އަމިއްލައަށް ބަރަހަނާވުން

    ކަލޯ ރައީސްޔާމީންގެ މައްޗަށްއެކަނި ދަޢުވާކުރަން ޖެހުނުގޮދެއް ބުނެދީބަލަ ތިބުނާގޮތުން މުޅިމުއައްސަސާ ޝާމިލްވާކަމެއްގައި ހަމައެކަމި ފުލުންގެ މައްޗަށް ދަޢުވާނުކުރެވެއްޏާ އެމްއެމްޕރސގެ ބޮޑުހިޔާނާތުގައި އެތައްޔަޔަކު ސާމިލްވާއިރު ހަމައެކަނި ރައީސްޔާމީންގެ މައްޗަށް ދަޢުވާކުރެވެން ޖެހޭސަބަބަކީކޮބާ؟؟؟

  6. ދުންތަރި

    ވެންޓިލޭޓަރގެ މައްސަލަ އެކޭ ތިމައްސަލައެކޭ ކޮބާތަފާތަކީ ބޮޑުންގެ އަމުރައްހިނގާކަންކަންތީ

  7. އަލީ

    ކޮބާތޯ ރޯޔަލް ރޭޕް ކޭސް މައްސަލަ. އެމައްސަލަ ދިޔަތޯ ދައުވާއާއި ހިސާބަށް. ކޮބާތޯ މޭގަނޑު ޝިފާގެ މައްސަލަ. ކޮބާތޯ އަލީ ވަހީދު މައްސަލަ. ކޮބާތޯ އަމީރާއި އަމީނުގެ ވެންޓިލޭޓަރު މަައްސަލަ. ބޭނުންވީމަ ނުވެސް ހިގާކަމަކަށް ހަދާލެވޭ. ބޭނުންވަނީ މީޑިޔާއިން އަނދުން އަޅަން. ތިހުރިހާ ކަމެއް ކުރަނީ މުނާފިގު ރޭވުމުން. މޮޔައިން އަތަށް ކަނޑިއެއް އެރީމަވާނީ ހައެތި ވަމުންދަނީ

  8. ކަންމަތީ ހޮޓަލުން

    ތިޔައީ މަސްތުވެގެން ހޫރޭ އިރުވެސް އެމީހުން ހައްޔަރު ކުރާނެ ގާބިލްކަންވެސް ނެތްބަޔެއް.

  9. އެބަރކްރޮމްބީ

    ތި މައްސަލަ އީޕީއޭ އަށް، ނޫނީ ސިޓީކައުންސިލަށް، ނޫނީ އެންސީއޭ އަށް ހުށައަޅާ! އޭރުން ރަނގަޅުވާނެ.
    ސީރިޔަސްކޮށް ބުނަންތަ؟ ތި ފުލުހުން..... ލޮލް. މަގޭ ވަގުތު ބޭކާރެއް ނުކުރާނަން ދެޅިޔަނުން ދުރަށް ލެވުނީމަ ނޫނީ

  10. ަިަަައިބްރާހީމް

    ޢެޗް.އާރު. ސީ.އެމް އިން ކުރާނެކަމެއް ނުފެނުނީމަ ކޮންމެވެސް ކަމެއްކުރަނީ. މިކަމުގެ ސަބަބުން މިފަދަ ކުދިން ބެލެހެއްްޓުމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ. އަދި ނިފަދަ ކަންތައްތަކާ ޖުރިމަތިލުމަށް ދާނެ ފުލުހުންނެއް މާދަމާ ނުތިބޭނެ. ދެންވާނެ ހަތަރެތި ތިވަނީ ކޮންމެ ދުވަހު އެކުދިން ހުޔާގައި ރޯޖުރިއަސް އަލިފާން ނިވާމީހުން ގޮވައިގެން އެތަނަށް އެޗްއާރުސީއެމް އިން ދާންޖެހޭނީ. އެކަމެއްވެސް ނުޖުރެވޭނެ.

  11. ނާގާބިލް

    ޖުޑިޝަރީ ގޯސްކަމަށް ބުނެ އަޑުގަދަކުރި މީހުން އައިސް ހެދި ޖުޑިޝަލް ބޯޑުގައި ތިބީ ވަކި ސިޔާސީ ފިކުރެއްގެ ބައެއް. މަޖިލިސްގެ ރައީސް ޖުޑިޝަރީ ބޯޑުުގައި ހުރެ، ގާތް ގުޅުން އޮންނަ މީހުން ހަމަ އެބޯޑުގައި ތިބެ އަދި މމޕރސ ހުޔާނާތުގެ ބައިވެރިން ވެރިކަމުގައި ތިބެ އެމީހުންގެ ފިކުރާއި ފިމާނުވާމީހަކު ހިފަހައްޓަން އެދުނީމާ ކިހިނެއްތޯ އަދި ކޮންބައެއްތޯ އެކަން ކުރާނީ ؟

  12. އަމަލު

    ފުލުހުންގެ އަމަލަކީ ހާލަތާއި ވަގުތަށް ރިއާޔަތްކޮށްކުރާ ކަމެއް.

    އެހެން ކަމުން އެ ހާލަތް އިނގޭނީ އެތާ ތިބި ބަޔަކަށް.
    އެޗްއާރުސީއެމަކަށް ނޫން.

  13. ޖާބެ

    ގަޢުމު ކުނިވެއްޖެ