މި ދުވަސްވަރު ޖައްވު ނުސާފްކޮށް ފެންނަނީ އިންޑިއާގެ ހިމަލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރާތީ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނެފިއެވެ.

ރާއްޖޭގެ ސަރަހައްދުގައި ބަނަ ފިނި މި ދުވަސްވަރު އާދަޔާ ހިލާފަށް އިތުރުވުމާއި ގުޅިގެން ގިނަބަޔަކު ދަނީ ވާހަކަދައްކަމުންނެެވެ. ބަނަފިނީގެ ސަބަބުން ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައި ވެއެވެ.

އެކަމާއި ގުޅިގެން މިއަދު ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލަމުންދާ މި ދުވަސްވަރުގައި ހިމަލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރާ ކަމަށެވެ.

ހަނިމާދޫ ހުޅަނގު ފަރާތް، މި ފޮޓޯއަކީ ޖައްވު ނުސާފްވެފައިވާކަން އަންގައިދިނުމަށް އާއްމުކޮށްފައިވާ ފޮޓޯއެއް - ފޮޓޯ: މެޓް އޮފީސް

އަދި މިކަމުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ވައި ނުސާފްވެ، ދުރު ފެންނަ މިންވަރު ދަށްވާ ކަމަށް އެ އޮފހުން ބުނެފައި ވެއެވެ.

އަދި މިކަން ބޮޑަށް ފާހަގަކުރެވެނީ ޑިސެންބަރު މަހުން ފެށިގެން މާރިޗް މަހުގެ ނިޔަލަށް ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.

އެ އޮފީހުން އިތުރަށް ބުނެފައި ވަނީ، މި ހިރަފުހުގެ ސަބަބުން، ހާއްސަކޮށް، ނޭވާލާ ނިޒާމްތައް މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން ގާތް ކަމަށެވެ.

އަދި ވާރޭފެން ރައްކާކުރުމާއި ބޭނުން ކުރުމުގައި ސާފްތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވާގޮތުގައި އާއްމުކޮށް މޫސުން ރަނގަޅު ދުވަސްވަރު، ދުރު ފެންނަ މިންވަރު 10 ކިލޯ މީޓަރަށް ވުރެ އިތުރު ނަމަވެސް، މި ދުވަސްވަރު އުތުރާއި މެދު ރާއްޖެ ތެރޭގައި ދުރު ފެންނަ މިންވަރު 5-4 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ފޮގް މިސްޓް ހެއިލް

    ހުޅުމާލޭގަ ހުންނައިރު މާލެ ސަރަހައްދާއި ވަށައިގެން މިވާ ސަރަހައްދު މިދުވަސްކޮޅު ފެންނަނީ ވ.ފުސްކޮށްކަން ފާހަނގަކުރެވޭ މިދިޔަ ހަފްތާއިން ފެށިގެން..އެހެންވެ މީހެއް ކައިރީގަ އަހާލީމަ ބުނީ ދުންފިނި ކަމަށް..އެހެން ބުނީމަ އަހަރެން ބުނިން ދުންފިނި ކަމަކަށް ގަބޫލެއް ނުކުރެވެޔޭ...އަސްލު ވެގެން އުޅޭ ގޮތް މިސާފުވީ..

  2. މޯލްޑިވިއަން

    އިންޑިއާ ސްމޮގް އައުޓް!

    11
    1
  3. ކާފަދ

    އިންޑިއާ އައުޓް ގޮވީމަ އިންޑިއާއިން ދުންކޮޅެއް އައުޓްކޮށްލީ.

  4. ސުވާލު

    އިންޑިޔާ ގެ ބަލާވެރިކަން އިންތިހާއަށް.

    16
    1
  5. ޠ

    އިންޑިޔާގެ ހިރަފުހާއި ދުން އައުޓް!

    9
    1
  6. ހޮހޮ

    އިންޑިއާ ދުން އައުޓް!

    9
    1
  7. ސުވާލެއް

    ހިމާލިޔާ ފަރުބަދަތަކުގެ ބޮޑު ބައި ނޭޕާލް، ބޫޓާން އަދި ޗައިނާގައި އޮންނައިރު، އިންޑިއާގެ ވާހަކަ ގެނައިމަ ކަޑަދޯ؟ މި ފަރުބަދަތަށް ދެމިގެންދޭ ޕާކިސްތާނަށްވެސް.

    6
    6
  8. ވގ13

    ތިވާނީ އިންޑިޔާއިން ފޮނުވިއެއްޗަކައް ޕޕ ކުދިންނައް އެގޭނެ

    8
    1
  9. އަބްދޫ

    އިންޑިޔާ އިން ދުމާއި ހިރަފުސް ރާއްޖެއާއި ދިމާލަށް އައުން ހުއްޓުވަން ނަސީދު ދާންވިއެއްނު.

    13
  10. އައުޗ

    އިންޑިޔާ ޖޫރީމަނާ ކުރަންވީ..

  11. ޟަރ

    ތީދެން މާބޮޑު ކަމެއްތަ؟ މޫސުން ރީތި ދުވަސްތަކާއި މޫސުން ބަނަ ދުވަސްތައް އައުމަކީ ދުނިޔޭގެ އާދަ. ޢެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން

    3
    3
  12. ތުއްތުނާ

    އިންޑިއާ ރާއްޖެ ހުރިހާގޮތަކުންވެސް ވަނީލާމެހިގުޅިފާ.. މިގުޅުމަކީވަރަށްްބަދަހި ގުޅުމެއްކަންޔަގީން !! ދެކޮޅުވެރިން އަބަދުވެސްތިބޭނެ ..

  13. Anonymous

    ޢިންޑިޔާގެ ރޭޕްވެސް ރާއްޖެއާއި ދިމާލަށް