ފައިސާ ދީގެން ނުވަތަ އުޖޫރައެއް ދީގެން ވިޔަސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޯ ކަނޑާލަދޭނެ މީހަކު ހޯދަން ވެގެން ނަޝީދު ގަތުލު ކުރާނެ ކަމަށް ބުނި އިސްމާއީލް ޔާފިސް އުޅުނު ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ހ. ލައިޓްނައިޓް، އިސްމާއީލް ޔާފިސްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ނިރުބަވެރި އަމަލެއް ކުރަން ހިތްވަރު ދިނުމުގެ ދައުވާ، ނިރުބަވެރި އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމުގެ ދައުވާ، އަދި ނިރުބަވެރި ޖަމާއަތަކަށް ތާއީދު ކުރި ކަމުގެ ދައުވާއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން މި ދައުވާތަކުގެ ތަފްސީލްތައް އިއްވެވިއެވެ. އަދި އެ ދައުވާތައް ސާބިތު ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅަން ދައުލަތުން ނިންމާފައިވާ ހެކިތައް އާންމު ކުރިއެވެ.

މި ގޮތުން ދައުލަތުން ހުށަހަޅާ ފުރަތަމަ ޝަފަވީ ހެއްކަކީ ޔާފިސް މަސައްކަތް ކުރި ޓެކްސީ ސެންޓަރުގެ އިސް މީހެކެވެ. ދައުލަތުގެ ހެއްކެއްގެ ގޮތުގައި އޭނާ ހުށަހެޅި ސަބަބަކީ ޓެކްސީ ސެންޓަރުގެ ވައިބާ ގްރޫޕެއްގައި ޔާފިސް ނަޝީދަށް އިންޒާރުދީ މެސެޖެއް ކުރިކަން ސާބިތުކޮށްދޭށެވެ.

90 އެއްހާ މީހުން ތިބި އެ ވައިބާ ގްރޫޕްއަށް ޔާފިސް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދަށް ނިސްބަތްކޮށް ޔާފިސް ލިޔެފައި އޮންނަނީ "އުޖޫރައެއް ދީގެން ވެސް ކާފަރު އަންނިގެ ބޯ ކަނޑާލާނެ މީހަކު ބޭނުންވޭ" ކަމަށެވެ. އަދި އެއީ "އިސްލާމް ދީނަށްޓަކައި" ކުރަން ޖެހޭ ކަމެއް ކަމަށް ލިޔެފައި އޮތް ކަމެވެ.

މީގެ އިތުރުން ޔާފިސްގެ ގެ ބަލައިފާސްކޮށް ހޯދާފައިވާ ހަ މޯބައިލް ފޯނާއި، ހަތަރު ސިމް ކާޑާއި، ދެ ޕެން ޑްރައިވްއާއި ދެ މައިކްރޯ އެސްޑީ ކާޑް އެނަލައިޒްކޮށް ފޮރެންސިކް ރިޕޯޓްތައް ތައްޔާރުކުރި ފުލުސް އޮފިސަރުން ވެސް ހެކިންގެ ގޮތުގައި ދައުލަތުން ހުށަހެޅިއެވެ.

ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވުނު ގޮތުން، ޔާފިސްގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކާއި ޓްވިޓާ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓްތަކުގެ ތެރޭގައި އޭނާ އައިއެސް ޖަމާއަތަށް ތާއީދު ކުރާ ކަމާއި، ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަން ދޭހަވާ އިބާރާތްތަކުން ޕޯސްޓްކޮށްފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

ނަޝީދު ގަތުލު ކުރާނެ މީހަކު އުޖޫރައެއް ދީގެން ހޯދަން ވެސް ޕޯސްކޮށްފައި ހުރި ކަމަށް ދައުލަތުން ފާހަގަ ކުރައްވައެވެ. އަދި މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމުން ހިތްހަމަޖެހުން ލިބުނު ކަމަށް ފުލުހުންގެ ތަހުގީގަށް އޭނާ ބުނި ކަމަށް ދައުލަތުން ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ޓްވިޓާ އެކައުންޓް ޓެގްކޮށް "މި ޔަހޫދީ ޕަޕެޓް، ކަލޭގެ ބޯ ކަލެއާ ވަކިކުރަން ޖެހޭ،" ކަމަށް ލިޔެފައި ޓްވީޓެއް ކުރި ކަން ވެސް ދައުލަތުން ފާހަގަ ކުރައްވާފައިވެއެވެ.

ޔާފިސްގެ ނާފްސާނީ މައްސަލައެއް އޮވެދާނެ ކަމަށް ބެލެވުން

ދައުލަތުން ކުރާ ދައުވާތަކަށް ޔާފިސް އިންކާރު ކުރިއެވެ. އެ ހާލަތުގައި ވެސް، ދައުލަތުން ދޫކުރާނެ ދިފާއީ ވަކީލެއްގެ އެހީ ހޯދުމަށާއި، ދިފާއަށް ބޭނުން ކުރެވިދާނެ ހުށަހެޅުމެއް ހުށަހަޅަން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅަން ވެސް އޭނާ ދިޔައީ އިންކާރު ކުރުމުންނެވެ.

މި ޝަރީއަތާ ހަވާލުވެ ހުންނެވި ގާޒީ ދީބަނާޒް ފަހުމީ ތަކުރާރުކޮށް އެ ސުވާލުތަކެއް ކޮށްގެންނާއި، ޝަރީއަތުގެ މަރުހަލާތައް ކުރިއަށް ދާން އޮންނަ ގޮތް ޔާފިސަށް ކިޔައިދިނުމަށް ކުރި މަސައްކަތުން ޔާފިސް ވަނީ އޭނާއަށް ނަފްސާނީ ދަތިތަކެއް ކުރިން ދިމާވި ކަމަށް ބުނެފައެވެ.

ދެން ބާއްވާ އަޑުއެހުމެއްގެ ކުރިއަށް ދައުލަތުން އެ މައުލޫމާތުތައް ސާފު ކުރަން ގާޒީ އެންގެވިއެވެ. މި ގޮތުން ތަހުގީގު މަރުހަލާގެ ތެރޭގައި އޭނާ ދެއްކި "ސައިކައިއަޓްރިސްޓް" ގެ ލިޔެކިއުންތަކާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ހޯދި ފަރުވާގެ ލިޔެކިއުމާއި މައުލޫމާތު ހޯދަން ގާޒީ ދައުލަތަށް އެންގެވިއެވެ.

މި ޝަރީއަތުގެ އަޑުއެހުމެއް ދެން ތާވަލު ކުރާނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް ގާޒީ ވިދާޅުވިއެވެ. ވަގުތު ތާރީޚެއް ނުދެވުނަސް މިއަދުގެ ވަގުތެއްގައި ވަކި ތާރީޚަކާއި ގަޑިއެއް އަންގަވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

އެ އަޑުއެހުމުގައި ކުރިއަށް ދާނީ ވެސް ޔާފިސްގެ ނަފުސާނީ ހާލަތު ދެނެގަންނަން ދައުލަތުން ހޯދާ މައުލޫމާތާ ގުޅޭ ގޮތުން ވާހަކަ ދެއްކުން ކަން ގާޒީ ފާހަގަ ކުރެއްވިއެވެ. އަދި ޝަރީއަތުގެ ދެން ހުރި މަރުހަލާތައް މި ވަގުތަށް މަޑުޖައްސާލަން ވެސް ގާޒީ ނިންމެވިއެވެ.

ތަހުގީގަށް ޔާފިސް ދީފައި އޮތް ބަޔާނުންނާއި، ޝަރީއަތްތަކުގައި ޔާފިސް އަމަލުކޮށްފައި ހުރި ގޮތުން ނަފުސާނީ ކަމެއް އޮވެދާނެ ކަމަށް ބެލެވޭ ކަމުގައި ވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ޝަރީއަތުގައި ހަމަހިމޭނުން ޖަވާބު ދެމުން ދިޔަ ޔާފިސް މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ވާހަކަ ނުދައްކައި ހުރުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އޭގެ ކުރިން ބަންދުގެ މުއްދަތަށް ހާޒިރު ކުރި އަޑުއެހުމެއްގައި ނަޝީދަށް މަރުގެ އިންޒާރުދީ އަޑުގަދަކުރުމުން ވެސް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 30 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ނަމަވެސް ބަންދުގެ މުއްދަތު މިހާރު ގުނަމުން ދަނީ ޖަލު ހުކުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    އާއްމު ދެރަނިކަމެތި މީހަކަށް ތިވަރުގެ ހުށަހެޅުމެ ހުށަހެޅިދާނެބާ ލައްކަ މުއް ސަފި ފައި ސާއޮތް މީހެއްތާ ތިއީ..ތިމީހާގެ ދިރިއުޅުން ހުރި މުއް ސަދިކަމެ ދައުލަތުން ބުނެދޭންވާނެ ތިވަރުގެ ހުށަހެޅުމެ ހުށަހެޅީ..ދެރުފިޔާބައި ވާނެކަމެނޫން ތިބުނަނީ..އެއްވެ ސް މީހަކު ކުޑައުޖޫރައަކަށް ތިވަރުކަމެކުރަން އެއްބަހެއްނުވާނެ..ބުއްދިހަމަނުޖެހޭ ނޫނީ ނަފް ސާނީ މީހަކު ބުނާބަހެއް އެއީ ކުށަކަށްވެ ޓެރަރިޒަމަށްވޭތަ.

    3
    2
  2. ފަޔާޒު

    ދީނީގޮތުން ވެސް ކަންތައްތައް ދެނެގަނެ އިލްމު ހޯދަން ވަކި ތަރުތީބުތަކެއް އޮވޭ. އެހެން ޢަމަލު ނުކޮށްފިނަމަ އެމީހަކު ގެއްލިދާނެ.

    3
    1
  3. ކޮވިޑް

    ތިޔަ ވިދާޅުވާ މަޖިލީސްގެ ރައީސް މިހާރުގެ ދިފެންސް މިނިސްޓަރ މާރިޔާ( ފިނދަނަ ) ކައިރީ ގަ ބުނި ދޯ ފުލުހުން ގައިގަ ތަޅާނެ ކުދިން ހޯދަން . އެކަން އޯކޭ މިކަން ގޯސް ވަޓައިޒް ދިސް؟

    21
    1
    • ޞޯސް

      މަރިޔާމެން ދައްކާ ސިޔާސީ ވާހަކަތަކާއި ހަރުކަށި ބޮލުރޮދިން ބުނާ ވާހަކަތަކާއި ތަފާތު. ތިބައިގަނޑު ތިބެނީ ކިރިޔާ

  4. ހައްވަ

    މީހުންމެރުމަށް ގޮވާ އަދި މީހުންމަރާމީހުންނަކީ ނަފުސާނީބަލިމީހުނެއްނޫން އެމީހުންނައް އަދަބު ލިބެންޖެހޭނެ ތިމީނުންނަކީ މުޖުތައުއަށް ނުރައްކާމީހުން ނަފުސާނީ ބަލި މީހުންނޭކިޔާފަ ދޫކޮއްގެން ނުވާނެ

    12
    4
  5. ވގ13

    ހޫ ތިވާނީ ނަފްސާނީބަލިމީހަކައް އެބަލިމީހާ މީހުންމަރަން ގޮވާއިރު ނަފްސާނީމީހެއްނޫން ސަރިޔަތައް ދިޔައީމަނަފްސާނީ

    10
    3
  6. ރިޕްލައިއެއް

    ޢެއްވެސް ހާލަތެއްގައި އިންސާނެއްގެ ފުރާނަ ދުއްވާލަން ބުނުމަކީ އިސްލާމްދީނުގައިވެސް މަނާ ކުރައްވާފައިވާ ކަމެއް. ނަމަވެސް ހައްވަޔަށް ބުނެލަން އޮތީ މިސްކިތްތަކަށް ކުޑަ/ބޮޑުކަމު ދާ މީހުން ނަފްސާނީ ބަލިމީހުންނަށްވޭ، އިސްލާމްދީނަށް ފުރައްސާރަކޮށް ވީޑިޔޯ އާންމުވާ މީހުންވެސް ނަފްސާނީ ބަލިމީހުންނަށް ވަނީ...އިސްލާމްދީން ނަމުގައި މީހުންގެ ފުރާނަ ދުއްވާލަން ރާވާ މީހުންނާއި އިސްލާމްދީނަށް ހަޖޫޖަހައި ޖޯކުޖަހައި މިސްކިތްތަކަށް ބޮޑުކަމުދާ މީހުންނަކީ މދެވައްތަރަކީވެސް ނުރައްކާ ބަޔެއްކަން ގަބޫލުކުރަންޖެހޭ.

  7. ކޮރަލް

    ދީނައް ފުރައްސާރަ ކުރާ މީޙުންގެ މައްސަލަ ތައް ބަލާ ބަލާށެވެ.

    11
    1
  8. ފެކްޓް

    އަހަރެން ތި ޔާފިޒް ދަންނަން. އޭނައަކީ އަންނަ ކިކެއްގަ ކޮންމެ އެއްޗެއްވެސް ބުނެލާ މީހެއް. އަންނި ޖަލަށް ލީމާ، މެޑަމް ފާތުންއަށް ގުޅައި ރައީސް ޔާމީނަށްމަރުގެ އިންޒާރު ދީގެންވެސް ހަމަ މި ޔާފިޒް ދޫނިދޫ އަށްގެންގޮސް ވާނުވާ ޖަހާފައި އޮތް.

    • ބީތާވެދާނެ

      ކޮންމެހެން ޔާފިޒް ދިފާއު ކުރާނެކަމެއްނެތް.. ޖަލުގެ ކުޑަގޮޅިން އިންސާފް ޤާއިމްކުރާނީ

      1
      1
  9. އަސްއަދު

    މީނާ ނަފްސަނީވެގެން އަންނި މަރަން އިުލާނު ކުރީ ކީއްވެ. ވަރިހަމައެއް ނު އަމިއްލަ ދަރިއަކު މަރަން އުލެންވެސް. މިނަގެ ފަހަތުގައި ތިބި ބަޔަކު ބުނެގެން ދައްކާ ވާހަކަ. ނަފްސާނިއެއް ނޮއޮންނާނެ މިހަކު ހަމަ ބުނެލާ އިރަށް. ޑޮކްތަރުންގެ ރިޕޯޓުތަކަށް ޝަރީޢަތުން ބަލަން ޖެހޭނީ. ގޮތް ހުސްވެގެން ދައްކާ ބަހަނާ ނަފްސާނި އަކީ. ޔާންޓެ ވެސް ބުންވި ދޯ ނަފްސާާނީ ވެގެން ލާރިއަށް ބޫތުކޭމަ އޭ އަމިއްލަ އެކައުންޓަށާޢި އެހެނިހެން ގޮތް ގޮތަށް ފައިށ ނަހަލާލުގޮތުގައި ހޯދަނީ. ބަލަ އެކަންތަށް ބަލަންޖެހޭ ރަގަޅަށް.