"އިންޑިއާ އައުޓް" ޝިއާރު ހިއްޕަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގަވަން ފުރުސަތު ދީގެން ނުވާނެ ކަމަށާއި ފުލުހުން ނުކުމެ އެ ކަން ހުއްޓުވަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު އިސް ނަންގަވައިގެން، އެމްޑީޕީގެ މާލެ ސިޓީ ދާއިރާގެ ރައީސުން މާލޭގެ ރައްޔިތުންނާ ބައްދަލު ކުރަން ބޭއްވި ހަރަކާތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ އިދިކޮޅު ފަރާތްތަކުގެ އެ ހަރަކާތް ހުއްޓުވަން ސަރުކާރަށް ގޮވާލަން ގަރާރެއް ހުށަހަޅުއްވައިފައެވެ.

އެ ގަރާރަށް ތާއީދު ކުރައްވާ ކަން ހާމަ ކުރައްވައި ނަޝީދު ތަކުރާރުކޮށް ވިދާޅުވީ އެއްވެސް މީހަކަށް "އިންޑިއާ އައުޓް ނުގޮވޭނެ، އިންޑިއާ އައުޓް ނުގޮވޭނެ، އިންޑިއާ އައުޓް ނުގޮވޭނެ،" ކަމަށެވެ. އެއީ ތަހުޒީބީ ޑިމޮކްރަސީތަކުގެ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އިންޑިއާ އައުޓް މޭ މަތީ ޖަހައިގެން ކުރީގެ ރައީސްއަކު ނުކުތުމުން ދިވެހި ރައްޔިތުން ލަދު ގަންނާނެ، ރައީސް ޔާމީނަށް އެ ގޮތަށް [ޓީޝާޓްގެ މޭ މަތީގައި] އިންޑިއާ އައުޓް ޖައްސަވައިގެން ނުހިންގެވޭނެ، ދިވެހި ފުލުހުން [ނުކުމެ] ހުއްޓުވަން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމުން އެމަނިކުފާނު މިނިވަންވި ފަހުން "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތްތައް އިދިކޮޅު ޕީޕީއެމް ޕީއެންސީން ވަނީ ފުޅާކޮށްފައެވެ. އެ ޝިއާރުގެ ޓީޝާޓް ތުރު ކުރައްވައިގެން ޔާމީން ވެސް ގެންދަވަނީ އެކި ރަށްރަށަށް ވެސް ވަޑައިގަންނަވަމުންނެވެ.

މާލެ ސިޓީގެ ދާއިރާތައް ތަމްސީލް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެން "އިންޑިއާ އައުޓް" ކެމްޕޭނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.

މިއަދުގެ ބައްދަލުވުމުގައި ހުށަހެޅުނު އެ ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެމްޑީޕީގެ މާލެ ސިޓީގެ ރައީސް އަދި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވިއެވެ.

އިންޑިއާއާ މެދު އުފެދިފައިވާ މައްސަލަ؛

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ނިންމައި، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުންނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުމަށެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރެއެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި، ދިވެހި އިގްތިސާދު އެންމެ ގައުމަކަށް އެހާ ބޮޑަށް ބަރޯސާވެ އޮތުމުން ނުކުމެދާނެ ގޯހަކާ މެދު ބައެއް އާންމުންގެ ތެރޭގައި ވެސް ނުހަނު ކަންބޮޑުވުން އެބަ އޮތެވެ.

މި ކަމަކީ ޚާރިޖީ ތަޖުރިބާ ކާރުންގެ ކަންބޮޑުވުން ވެސް އޮތް ކަމެކެވެ. އިންޑިއާ އަދި ޗައިނާއާ ދެމެދު ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ބަދަލުގައި، އެއިން އެއް ގައުމަކާ މާ ބޮޑަށް ގާތްވެ އަނެއް ގައުމާ ގުޅުން ގޯސްވުން ރަނގަޅު ނުވާނެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

71 ކޮމެންޓް

  1. ހަޔަސިންތް

    ދުނިޔެއިން މޮޔަވީ ދޯ ފުލުހުން ހުއްތުވަން ރައްޔަތުން ނިކުންނާނީ ދެން ލަލާ

    161
    2
    • ވިސްނާލުމަށް އެދެމޭ

      ރަސްމީ ހަ އިސި އްޔަތުން މިގަ އުމުގަ އިންޑިޔާ ސިފަ އިންތިބެން ހު އްދަދިންކަމެ އަދި އެގެން ނެތް އިރު މިވަރުވަންޏާ ވިސްނާ ދެން ރަސްމީ ހަ އިސި އްތުން މިގަ އުމުގަ އިންޑިޔާ ސިފަ އިން ތިބެން ހު އްދަދިންކަން އަންގާ ދުވަހުންފެށިގެން ދިވެހިންގެ މިނިވަންކަން އޮންނާނެ ހިސާބު...މި އީ ކަޝްމީރަށްވުރެ ނިކަމެތި ތަނަކަށް ނުހަދާނެތަ....ބަސްބުނުމުގެ މިނިވަންކަންނެތް ދިވެހިދިދަ ގެންގުޅުމުގެ މިނިވަންކަމެނެތް ޙިޔާލުފާޅުކުރުމުގެ މިނިވަންކަމެނެތް...ދެން ކޯންޗެހޭ މޑޕ ޑިމޮކުރަސީން ދިވެހިންނަ މިގެނަ އީ..ކިތަ އް ބާރު މުށަށްލީމަތަ ބާރުތަ އް މުށަށް ލެވުނުކަމަށްވާނީ...މިގަ އުމު މިވެ އްޓުނީ ކޮންފަދަ ބިރުވެރިކަމަކަށް.....

      80
      1
  2. މާޟީ

    އެއީ ކީއްވެ؟

    111
    2
  3. މާމީ

    އިންޑިއާ އައް މިގައުމު ވިއްކާލާފަ އޮތީމަ ތަ؟

    140
    2
  4. Anonymous

    ހެއިޓީގެ ޓިމްބަކްޓޫއިން ފްރާންސް ސިފައިން ފަހާލައިފިއޯ. އެގައުމުގެ ރައްޔިތުންނާ އިދިކޮޅު ސިޔާސީ މީހުންނޯ އެކަން ކުރީ. ނަޝީދު ކަހަލަ "އަޅުވެތިކަމަށް ލޯބިކުރާ" ލީޑަރަކު ނެތީމަދޯ ފްރާން ސިފައިން އެގައުމުން ފައިބަން އެޖުނީ!

    120
    1
  5. Anonymous

    ނަޝީދު ބޮލަށް ތެޔޮ އަރައިފި

    151
    1
  6. އަލީ

    އަނެއްކާ މާ އަނގަ ގަދަވަނީ ތޯ މުރާދޫ ރައީސް

    140
    1
  7. Anonymous

    މިގައުމުގައި ދައްޖާލިގެ "ވަން އައި" ޖަހައިގެން ދައްޖާލަށް ސަޕޯޓުދޭކަން އަންގާ ޓީޝާޓު ލައިގެން އުޅެވޭ. ފުލުހުން އެކަން ނުހުއްޓުވާ. އެކަމަކު މިނިވަންކަމަށް ލޯބިކުރާ ރައްޔިތުން އަނިޔާވެރި ހިންދޫންގެ މިލިޓަރީ ދިވެހި ފަސްގަނޑުގައި ތިބުމާ ދެކޮޅުހަދާ އެޝުއޫތު ފާޅުކުރަން ފެށީމަ ދިވެހި ގައުމުގެ ވެރިކަމަށް އަންނަން ފައިނަގައިގެން ހުރި ދިވެހި ޕާސްޕޯޓް އޮތް ދިވެސްސެކޭ ކިޔާ މީހަކު މިބުނަނީ މިނިވަންވުމުގެ ޝިޔާރު ފާޅުނުކުރާށޭ. ފާދިރީ ކަލޭގެއެއްކަމަކުހަޔާތް ކުޑަވިއަސް ފުކެއްބޮޑުވަރުދެން ތިއީ

    124
    1
  8. ނަނަނަ

    އިންޑިއާ އައުޓް

    142
    2
  9. Anonymous

    ޑިމޮކްރަސީގެ މާނަ ބޮޑުފާދިރީ ސުބުރަމާނިއަމްގެ ބެސްޓް ފްރެންޑް މި އިބިލީސް ކަލޭގެއަށް ދަސްކޮށްދީބަލަ. އެއީ ރައްޔިތުންގެ ވެރިކަމޭ. އަވަށްޓެރި ގައުމުގެ ގޮނޑިކޮށްކޮ ވެރިކަމެކޭނޫން.

    118
    1
  10. Anonymous

    ނަޝީދު މޮޔަފުޅުވެއްޖެ.

    122
  11. Anonymous

    ގިނަ ދިވެހިން ތި ޝިއާރު ފާޅުކުރަންވީ. ގޭގޭގަ "އިންޑިއާ އައުޓް" ޖަހާފަ ދިދަތައްވެސް ނަގަންވީ.

    114
  12. Anonymous

    ފުލުހުން ނުކުމެ ހުއްޓުވަންވީ ބަރުލަމާނީ. ފުލުހުން ނުކުމެ ހުއްޓުވަންވީ މިގައުމަށް އިންޑިއާގެ އަސްކަރިއްޔާ ގެނައުން. ފުލުހުން ނުކުމެ ހުއްޓުވަންވީ މަސްތުވާތަކެތި އާންމުކުރުން. ފުލުހުން ނުކުމެ ހުއްޓުވަންވީ މުސްލިމުންގެ ގެދޮރަށް ކާފިރުން ވައްދައިގެން ބަނގުރާ ބޯންދިނުމާއި ގޯތިގެދޮރުގައި ބަނގުރާ ވިއްކުން.

    117
  13. Anonymous

    އަހަރެމެން ދަރިންކައިރީވެސް ދެން ކިޔާނީ "އިނޑިޔާ އައުޓް" އެ ޝިއާރަކީ މަސްޓެއް ކަމަށް. ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ފުލުހަކު ފެނިއްޖެނަމަ އެމީހަކަށް އިވޭވަރަށް އެހެން ކިޔަން ނަސޭހަތްތެރިވާނަން.

    107
    1
  14. 😑😑

    ދީނަށް ފުރައްސާރަކުރާ ނަޝީދު ހައްޔަރުކުރޭ!

    121
  15. Anonymous

    މޯދީބެ ނަޝީދުގެ ބުރީގަ ރޯކޮށްލުމާ ވައްތަރުވަނީ.

    108
    2
  16. ސަމާސާ

    ޗައިނާގެ ވާހަކަ ކަލެއަކަށްވެސް މަޖިލިސްތެރޭ ނުދެއްކޭނެ.

    94
  17. ދަރަނި ދަންތުރަ

    މިހާރު ދެން ބުޅާގޯނިންބޭރުވީ އިންޑިޔާގެ އަޅުން ހިތްފަޅައިގެން ވިރިގެންފޭބިޔަސް ދެން އިންޑިޔާ އައުޓު ގެ އަޑު ހައްތަހާވާނީ ގަދަ ، މިހާރު ވަރަށް ސާފު މިގުރޫޕު މިތިބީ ގެރިމޯދީ އަންބޮޑިތެރޭ ތާށިވެފަ

    65
  18. އިންޑިޔާއައުޓް

    އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް އިންޑިޔާއައުޓް

    88
  19. ރެފްރީ

    ޔާމޯނަށްވެރިކަންލިބިގެން އިންޑިއާއަށްގޮސް އިންޑިއާސަރުކާރާވާހަކަދަަށްކާ އާދޭސްކޮށްްގެން ހިލަޔާއި ހިލަވެލި އަދި ކާބޯތަކެތި ބޭނުންވަރަކަށްލިބޭނެކަން އެނގުމާއެކު ބަނޑަށްޖެހިފައިތިބި ޕީޕީއެމް ކުދިންވެސްހިމެނޭގޮތަށް ދިވެހިން އުފާފާޅުކުރިހަނދާންއެބަހުރި !!

    13
    84
    • Anonymous

      މިވަރުގެ ބުހުތާނު ދޮގެއް މީހަކު ނުހަދާނެ. ދިވެހިން ބަނޑަށް ޖެހުނީ 2 ވަނަ ބޮޑުހަނގުރާމައިގަ. އެޒަމާނުގައިވެސް ދިވެހިން އިންޑިޔާގަ ސަލާމް ނުޖަހާ.

      93
      1
    • Anonymous

      ޔާމީން ދިޔަ އިންޑިޔާއަށްވެސް ޗައިނާއަށްވެސް އެކަމަކު އެކަކު ކައިރީވެސް ސަލާމް ނުޖަހާ. އިންޑިޔާ ތިއީ ކޮންތަނެއް، ޔާމީނަކީ ދުނިޔެ އަޅުވެތިކުތި އިނގިރޭސިން ހިންގާ ކޮމަންވެލްތޭ ކިޔާތަނުން ދިވެހި ގައުމުގެ ދާހިލީ ކަންކަމާ ބެހި ނޮހޮތުއްޕާން ބޮޑުކުރަންފެށީމަ އެތަނުންވެސް ވަކިވި ހިތްވަރުގަދަ ކެރޭ ގައުމުގެ ބަތަލު.

      102
      1
    • Anonymous

      ކޮއްކޮހެ ހަނދާން ބަލީ! ހިލައާ ހިލަވެއްޔަށް ދަތިކުރީމަ އެހެން މާރކެޓްތަކަށް ދިވެހިން ދީއްލާލީ. އިންޑިޔާގެ ހިލަވެއްޔާ ހިލައިގެ ވިޔަފާރި ދައްވެދާނެތީ އިންޑިޔާއިން ދިވެހި ރާއްޖޭގަ ސަލާމްޖެހީ އެގައުމުން އެތަކެތި ގަތުމަށް.

      86
      1
    • Anonymous

      އިނގިރޭސިންގެ އިސްތިއުމާރުން ދިވެހިން މިނިވަންކުރުމުން ކޮޅުބުނގަ ހުރި އިނގިރޭސި ސަފީރުބުނި މިނިވަންވެގެން ދިވެހިން ބަނޑަށް ޖެހުން ނޫން ކަމެއް ނުވާނެއޭ. އިނގިރޭސިން ދިވެހި ހިކިމަސް ގަންނާތީއޭ ކާއެތިކޮޅުވެސް ދިވެހިންނަށް ލިބެނީ. ނާސިރު ވިދާޅުވީ އިނގިރޭސިންގެ އުނދަގުލާހެދި ކައިރި ގައުމުތަކަށް މަސްނުވިއްކެންޏާ ދުރުން މަސްގަންނާނެ މީހުން ހޯދާށޭ. މިއީ ދިވެހި ލީޑަރުންގެ ގޮތަކީ ފިނދަނަ ހެދިފަ ކާން ނުލިބިދާނެތީ ބިރުން އަޅުވެތި ނުވާނެ.

      61
  20. ޙަސަން

    ދެން ރާއްޖެ ބޮއިކޮޓް ކުރަން ނަޝީދަށް ހިއްވަރު ދެވޭނެތަ. މަ ހަމަ އަޖާއިބުވެއްޖެ
    އެމްޑީޕީ މީހުންކޮށްފިއްޔާ ކޮންމެ ކަމެއްވެސް ރަނގަޅު😡

    96
    1
  21. Anonymous

    ހިންދޫ އާރްއެސްއެސްގެ އަޅުވެތިކަމުން ނަޝީދަށް ސަލާމަތް ނުވެވިގެން ތިއުޅެނީ ކިހާވަރެއްތަ ދީގެން ވެރިކަމަށް އާދެވުނީމަތަ؟ ގައުމުގެ ބައިތުލްމާލުން ނަމަވެސް އެ ދީ ހަމަކޮށްފަވތި އަޅުވެތިކަމުން ސަލާމަތްވެބަލަ.

    70
  22. އައްޑޫ މީހާ

    ނަޝީދަކީ ކާކު ވާނުވާ ނޭގިގެން ނޫޅޭ ޔާމީނަށް ހިނގޭނެ ގިގަންވެސް ހިނގާނެ އިންޑިއާ މިލިޓަރީ ގުންޑާ އައުޓް

    59
  23. ދޮންބެ

    މިހުރިހާ ކަމެއްގެ އަސްލަކީ މަނިކުފާނު! އިންޑިޔާ އިން ހަނގުރާމަ އަށް އައުމަށް ގޮވާލުމާއި، އެހެން ގައުމުތަކުން ރާއްޖޭގެ ތަރައްގީ އަށް އެހީވާން ފެށުމުން އެކަން ހުއްޓުވަން މަނިކުފާނު ނުކުތުމުގެ ހިތާމަ މިފެންނަނ.... ދެން ޔާމީން ހުއްޓުވަން ވަރަށް އުނދަގޫވާނެ!

    54
  24. ޑައެލޯގް

    ބަލަ އަންނި ޗައިނާއަށް އެއްޗެތިގޮވާއިރު އަންނިއެއްނުހުއްޓުވެއެވެ. އަނެއްކޮޅުން މިސަރުކާރުބުނަނީ ސިފައިންގެބޭނުމަކީ ޑްރަގް މައްސަލަ ހައްލުކުރުންކަމަށެވެ. އެކަމެއްނޭގެއެވެ. ތިޔަ އިންޑިޔާސިފައިން އައިފަހުން ޑްރަގްވީގިނައެވެ.

    45
    1
  25. ޙަސަނާ

    އިންޑިއާ އައުޓު ކިޔަކިޔާ ހަމަތިބެންޖެހޭނީ. އެއްވެސް ގައުމެއްވެސް އިންޑިއާވެސް އަޓުނުކުރެވޭނެ. އިންޑިއާމީހުންވެސް މިލިޓަރީވެސް މިގައުމުގަ ތިބީ ގަދަކަމުންއަރައެއްނުން. އޮންނައުސޫލަކުން ހުއްދަތަކެއް ލިބިގެން. އިންޑިއާމީހުން ކޮންކަމެއްކޮށްގެން އެމީހުން އައުޓުވާންވީ. އިންޑިއާ މިލިޓަރީ އައުޓު ކުރަންބޭނުންނަމަ އެގޮތަށްގޮވާ. ސަރުކާރަށް ޕްރެޝަރ ކުރޭ. އިންޑިއާއިން ރާއްޖެއައިސްތިބި މީހުނަކީ އަގުދޭގޮތަށްވިއަސް ކޮންމެވެސް ހިދުމަތެއް ރާއްޖެއަށް ކޮއްދޭބައެއް. އެއެންމެން މިހާރުއެތިބެނީ ބިރުވެރި ކަމެއްގެތެރޭގަ.

    6
    54
  26. މާލް

    ޜައީސް، އިންޑިއާ އައުޓްގެ ބަދަލު، އިިންޑިޔާ މިލްޓަރީ އައުޓް ޖައްސަވާ، އިންޑިއާއައުޓް ނުކިޔޭނޭ މިސޮރު މިކިޔަނީ އޭގައި އިންޑިޔާ ސިފައިންނާ ގުޅޭ މާނަ ނެތުމުން. ޢިންޑިޔާ މިލްޓަރީ އައުޓް ޖަހައިގެން ނުހުއްޓުވޭނެ.

    41
    1
  27. ސަމާ މާލެ

    ސަރުކާރު ތެޅި ފޮޅެނީ، ރައީސް ޔާމީންގެ ކެމްޕިޔަން ފެނިފަ، ރައީސް ޔާމީނައް، ތާއީދު އޮތް ވަރު ފެނިފަ، އިރާދަކުރެއްވީޔާ، 2023ގަ ވެރިކަން ކުރާނީ ރައީސް ޔާމީނު. ދިވެހިން މިތިބީ އިންޑިޔާ ބޭރު ކުރާން، ކެރިގެން ނިކުމެ.

    53
  28. އިބޭސޯލިހު

    ކުރެވޭނެ ކަންކަމާނުކުރެވެނެ ކަންކަން މަހިތުން އޮންނަނީ ގާނޫނުން ކަނޑައަޅާފަ. މިކަލޭގެ ހަމަ ބުނާއިރަށްއެބުނާކަމެއް މަނާވޭތަ؟ ދިވެހިންނަށް ދުއްޕާނަކަށް ވެފައިހުރި ބޮލުރޮއްޖެ މި ކެނެރީ ބއްޅަބެއަކި! ކިހާބޮޑު ނޮހޮރުއްޕާނެއް މީ!

    51
  29. ކޮރަލް

    އިސްލާމް ދީނައް ފުރައްސާރަ ކުރާ މީހުން ފުލުހުން ވަގުތުން ހުއްޓުވަން ޖެހެ އެވެ.

    54
  30. ކޮރަލް

    ދީނައް ފުރައްސާރަ އެއްވެސް ނުކުރެވޭނެ އެވެ.

    53
  31. އަހުމަދު

    ނަމުން މަންޑޭލާ ކަމުން މުގާބޭ. އިންޑިއާ އައުޓް. ނަޝީދު އައުޓް

    55
  32. އަބްދޫ

    ޔާމީނަށް ވެސް ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އިންޑިޔާ އައުޓް ގޮވޭނެ. ކިޔޭނެ އިންޑިޠާ އައުޓް ޖަހަފައިވަތަކެތިލެވޭނެ. ގާނޫނުއަސަސީގަ އެވާހަކަ އެބައޮތް.

    52
  33. އަޙްމަދް

    ބަލަ ޑިމޮކްރެސީގެ އައްޕަ، ނެލްސަން މަންޑޭލަ ހެއްދެވިގެން އުޅުއްވާ ބޭފުޅާ އިންޑިއާ އައުޓު ކިއުމުން ކޮބާތޯ ކުށަކީ ފުލުން ހުއްޓުވަން ޖެހޭ ސަބަބަކީ ފަހެކޯބާތޯ އެވެ؟
    ތިމާމެން ވެރިކަން ބޭނުންވީމަ ކޮއްމެފަދަ ޖަރީމާއެއްވެސް ހިންގާފަ އެއީ ޑިމޮކޮރެސީ އިންސާނި ޙައްގު ކަމަށް ދަޢުވާކޮށް ތިމާމެންނޫންބަޔަކު ކިތައްމެ ރަނގަޅުމެއްވެސް ކޮއްފިއްޔާ އެއީ ފުލުހުން ހުއްޓުވަންޖެހޭ ކަންތަށް ކަމަށް ތިދައުވާކުރައްވަނީ ތީތޯ ތިވަކާލަތުކުރައްވާ ތިލަފަތުގެ ހަމަޔާ އިންސާފަކީ!

    43
    1
  34. މުޙައްމަދުދީދީ

    އިންޑިޔާ އައުޓް، އިންޑިޔާ އައުޓް، އިންޑިޔާ އައުޓް. އިންޑިޔާ މިލިޓަރީ ޖެހޭނީ މިޤައުމުން ފެއްސިގެން ދާން.
    މިތާނގަ ބޮނދައިގެން ނޯވެ ނަޝީދު ދޭބަލަ އިންޑިޔާގެ ގެރިކޮށީގަ އޮންނަން. އޭރަކުން އިންޑިޔާ އައުޓް ގޮވާތީ އުނދަގިލެއް ނުވާނެ ގެރީގެ ނަޖިސް އުގުޅުނަސް

    45
  35. ބޯދިގުޒައީމް

    އިންޑިއައުޓް ތިރީގަ ޖަހަންވީ އައްނި އައުޓޭވެސް

    45
  36. އަހުމަދު

    ރ. ނަޝީދު ވަރިހަމަ ދޯ ޗައިނާ އޭ ކިޔައިގެން ކޮންމެ ފަދަ ބުހުތާނު ދޮގެއް ހަދައިގެން ދެގައުމުގެ ގުޅުން ގޯސްކުރިޔަސް

    39
  37. ނާދިރާ

    އަހަރެމެން އަދި ކަލޯވެސް ހުއްޓުވާނަން. އިންޝާﷲ

    42
  38. އަހްމަދު

    އައްދޭ ކޮބާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން؟؟؟؟؟
    އިންޑިޔާއިން ރާއްޖެއަށް އެހީ ވުމަކީ މިތަނުގެ މިނިވަންކަމަށް ބުރޫ އަރާ ގޮތަށް އިންޑިޔާ ސިފައިންނަށް މިތަން ދޭންވީ ކަމެއް ނޫނޭ

    24
  39. ޢިޔާބު

    މިކަލޭގެ މި ގައުމު ބޮއިކޮޓް ކުރަން ގޮވާ ގައުމުގަ ހުޅުޖެހީމަ އެއީ ތަހުޒީބީ ޑިމޮކްރަސީ. ކޮން ކަހަލަ ސޮރެއް މީ

    39
  40. މަސްއޫދުު

    ކަލޭހިކުރަނީތިޔަހެންތަ! ފުލުނަނކަށްވެސް ދެން ނުހުއްޓުވޭނެ! އެންމެފަހުން ޖަލަށްލާނި ތިޔަގިގޮތެއްނެތް މީހާ! ފުލުހުންނަކީ ތިޔަމީހާހާގެ ބައްޕަގެ މުދާ ގަޑެއްތަ!

    22
  41. ހަސަން އާދަމް

    ގެރިމޯދީގެ ކެންޑިޑޭޓައް ވާހިތުންދޯ ނަސީދު ތިއުޅެނީ.؟
    އޭނަގެސިފައިން އަހަރުމެންގެ ވޯޓުގުނާމީހުންގެ ބޮލުގަ "ބޑ" ޖައްސައިގެން ވޯޓު ހޯދޭތޯ އުތަ؟

    17
  42. ކޮވިޑް

    ގަމާރާ އެހެންވިއްޔާ ކަލޭއަށް ރީންދޫ ގަމީސް ލައިގެން ސޮނި ބުރުވަމުން ނުވެސް ދެވޭނެ. އޯކޭ؟

    20
  43. ރބރ

    ގޮވޭނެ ގޮވޭނެ ގޮވޭނެ ގޮވޭނެ ގޮވޭނެ ގޮވޭނެ ގޮވޭނެ
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
    ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް

    27
  44. ރބރ

    މާލޭ ރައްޔިތުން ފުރިބާރުވެފަ އޮތީ ރަސްރަނި ބަގީޗާ އާއި ވަށާއިގެންވާ މަގުތައް

    20
  45. މަރޭ

    ބަލަ މިހުރި ހާ ވާހަކަ އެއް ދައްކާ އިރު އިން ޑިޔާ މީހުން ތިބީ ގާނޫނާ އެއްގޮތަށޭ އެހެން ވީމަ ފައިބާކަށްނުޖެހޭނެޔޭ ބުނި އަޑެއް ނީވޭ. އޭގެ ބަދަލުގަ އިންޑިޔާ އައުޓޭ ކިޔާނަމަ އެވެނި ގޮތެއް މިވެނި ގޮތެއް ވަނެޔޭ. އެއި ހަމަ ޖެހޭ ވާހަ ކައެއްބާ. އިންޑިޔާ އަކީ ދިވެހިން ނާ ގާތް ބައެއް ވަކި ވެރިކަމަކާ ހުރެ ގާތް ބަޔަކަށް ވެގެން ނުވާނެ. އިންޑިޔާ މިގައުމަށް އެއްވެސް އިރަކު އަރާ ފަކަ ނެތް އެކަމަކު މިހާ ރު އެތިބި ތިބުމަކީ އެމީހުންގެ މައްސަލައެއްނުން ބަޔަކު ގެނައިމަ.އިންޑިޔާ

    12
    1
  46. އަހްމަދު

    މުރައިދޫ ގަނޑުވަރުސީދީހެދިގެން ސަރުކާރުބަޖެޓު ޚަރަދުކޮށް ހުސްކުރަމުންދާއިރު އަހަރުމެން އެއްޗެއްނުބުނަންދޯ އިންޑިއާއައުޓު ހުއްޓުވަން ކިހިނެއްހަދާނީ

    20
  47. ޚަބަރު

    ވެރިކަމެއް ކުރަން ނީންގޭ ފަރަންޖީންގަނޑަކަށް ގައުމެއްގެ ވެރިކަން ދިނީމާ ވާ ގޮތް ފެނޭނު! ރައްޔިތުމީހާ ހޭއަރާބަލަ! ބޭރުގައުމަކުން ކައްކާގަތީމާ އެމްޑީޕީ މީހުން ޖަހާ ގޮނޑިޖަހާލާފައި އެތަނަށް މީހަކުވެެސް ދިޔައީކީނޫން! ދެފަޔަށް ހިނިއަރާގެން ކެކެނީ! މަކަރުވެރިން ﷲ ބޭޒާރުކުރައްވާނޭ ވަރަށް ރީތިކޮށް! ތާހިރުދިރިއުޅުމަކަށް ގޮވާ ކަލޭގެ ހުރި ނުތާހިރުކަން ފާޅުވަނީމި!

    20
  48. އާސިދާ

    އޭ ޔާމިންގެ ކުރިން ފުލުހުން ހައްޔަރު ކުރަންޖެހޭ މީހެއްތިޔައީ ނަސީދޫ އެކަން އިނގޭތަ...

    21
    2
  49. ހާމިދު ޝާހިދު

    މޮޔަފުޅު ނުވެ ހުރޭ. އެއަށް މިކިޔަނީ މިނިވަންކަމޭ. ޔާމީން ބްރިޖް - ޗައިނާގެ އެހީގައި އަޅަމުން ދިޔައިރު، ގޮވިހާ އެއްޗިހީގެ މަތިން މިހާރު ހަނދާނެތްނެތްދޯ! "އިންޑީއާ އައުޓް" އޭ ހަމަ ކިޔާނަން. ނުވެސް ހުއްޓުވޭނެ. "އިންޑީއާގެ ހުރިހާ ސިފަިއން ރާއްޖޭން ބާލުވާފައި ހުއްޓާލާނީ".

    24
  50. އަފީ

    އޭމިހިރަގަމާރު މީހެއްދޯ އަހަރުމެން
    ރައްޔެތުން ބޭނުންއެއްޗެއްޖަހާނީޓީޝާޓުގަ
    ނުހުއްޓުވޭނެ އޮރިޔާންކުރަން ޖެހޭނީ
    ޓީޝާޓުވެސް ފަޅާލެވިދާނެ ދުލެއްބުރިއެއް
    ނުކުރެވޭނެ ކިޔާނަން އިންޑިޔާ އައުޓް
    އަންޑިޔާއައުޓް
    އިންޑިޔާއައުޓް😬😬😬😬😬😬😬

    20
  51. ސިއްރު އެޖެންޑާ

    މިޙާރު ވަރަށް ސާފު މިވެރިން މިއ ޮތ ދަށުވެފައި. އިންޑިޔާ މިލިޓާރީ އައުޓުވާން ގޮވުމާއި ދެކޮޅާށް ގަރާރު ނެރެ މާވަރކަށް މި ދުވަނީ މިވެރިން ނަގާފައި އޮތް ފައިސާއާއި ،ނގަން އޮތް ފައިސާއާއި ،މި ވެރިން މި ގައުމު ވިއްކަން ކުރާ މަސައްކަތުން ނޫންބާ؟ އިންޑިޔާ މިލިޓާރީ އާއު ދެކޮޅު،ޖަލަށް ދާން ޖެހުނަސް ،ހަމަ ހިލާ މި މަސައްކަތް ނުހުއްޓާނަށް. ޖަލުތައް ފުރާލަން ޖެހުނަސް ދިވެހިން ފަހަތަށް ޖެހޭނެ ހެން ހީވެސް ނުވޭ؟ ކޮން ބޭނުނމެއްގައިތޯ އިންޑިޔާ މިލިޓަރީ މިތާ ތިބެންވީ؟ ދިވެހި ސިފައިން ޖަވާބުދެއްވާ. މިވެރިން މިކަން ކުރަން މިވަރުން މިއުޅެނީ ކޮން ސިއްރު އެޖެންޑާ އެއް އޮތީމަތޯ

    19
  52. ކޮންމެ ގެއެއްގައި ދިދަނަގާފާނެ!

    ކަލޯ މާވަރު ތިއަރުވަނީ ކިހިނެއްވީ؟ ކަލޯމެން ގައުމީ މަޖިލިސް ބާއްވާ ހިސާބަށް ތި ދިޔައިމާ މިވާ ގޮތް ވަރަށް ސާފު. މިހާރު ދިވެހި ބޯ ހުރި ކޮންމެ ޒުވާނަކަށް މިވާ ގޮތް ވަރަށް ސާފު. ވިކިފަ ދަށުވެފައި މިތިބީ ތިބުނާ ވަރަކަށް ނޫން. މިހާރު ރައީސް ޔާމީން ޓިޝާޓްބާލަން ތިއަންގަނީ.. ދިވެހި ކޮންމެ ރައްޔިތަކު ތި ޓީޝާޓް ލުމުގެ ކުރިން ،ދިވެހި ކޮންމެ ގޭ ބިސީއަކު އިންޑިޔާ މިލިޓާރީ ދިދަ ނެގުމުގެ ކުރިން އިންޑިޔާ މިލިޓަރީ ނު ބޭލެވެިގެން ތި އުޅޭ ސަބަބު ދިވެހި ފުލުހުން ،ދިވެހި ސިފައިން ބުނެދޭން ނުޖެހޭތޯ؟

  53. ޢަދުރޭ

    ޙިތާމައަކީ އިންޑިޔާ އައުޓްވާ އިރު އެމްޑީޕީއާ ވެސް އެކީ އައުޓްވާތީ ، ކިތައްމެ ބޭނުންވިޔަސް ވާން ނެތް ކަންތަކާއި ބޭނުން ނުވިޔަސް ވާނެ ކަންތައް ހުރޭ . އެމްޑީޕީ ތިދަނީ އިންޑިޔާ އާ އެކީ އައުޓްވާން . މާލޭ ރައްޔިތުން ބޮލަށް ލައްކަ ސަވާރުވެވިއްޖެ މިހާރު ދެން ތިކަމެއް ނުވާނެ

    10
  54. އަދުހަމް

    ޑިކްޓޭޓަރ ކިމް އޮން ޔުން ބަސް އިއްވީ!

    14
  55. ބޯގަމާރު

    ކަލޭ ޗައިނާކިޔާގެން އެއްޗިހިގޮވަމުންދިޔައިރު ކަލޭ ހިތަކައްނާރާދޯ މިދުވަސްހަންނާނެކަމަކައް. ކަލެޔައް ބޭނުންހާއެއްޗެއް ގޮވިފަ މަށަކައްނުގޮވޭ. އެއްޗެއް ވިސްނިއްޖެދޯ.

    14
    1
  56. މޕ

    ޔާމީން ހައްޔަރު ކުރިޔަސް ޔާމީން މަރާލިޔަސް ދެން މިކަމެއް ނުހުއްޓޭނެ

  57. ޖޕ

    އަޅުނގަޑު ވަގުތު ގައި އެދެން ސަރުކާރު ހިންގާ ޕްރޮޕެގެންޑާގައި ނުޖެހެން

    11
  58. Anonymous

    ކަލޯ ގޮތް ހުސްވީތަ؟ އިންޑިޔާ އައުޓް

    11
  59. ޢަލިފް

    ކީކޭ ތޯ؟އިންޑިއާ އައުޓް އޭ؟؟؟

  60. Anonymous

    އިސްލާމްދީނައް ފުރައްސާރަ ކުރުން އޯކޭ އިންޑިޔާ އައުޓް ކިޔުން އޯކޭ އެއް ނޫން. މިއީ ކޮރު ޑިމޮކްރަސީގެ ހާލަތު އަދި ލާދީނީ މުރުތައްދު ބައިގަނޑުގެ ހާލަތު

  61. ނަންރީތި ސަލީމް

    ތިދެން ކާކުތޯއެ އަމުރު.ކުރަން

    4
    1
  62. ނަންރީތި ސަލީމު

    ޢިންޑިއާ ޢިންޑިއާ އައުޓުޢިންޑިއާ ޢިންޑިއާ އައުޓު
    ޢިންޑިއާ ޢިންޑިއާ ޢިންޑިއާޢިންޑިއާ އައުޓު ޢިންޑިއާ އައުޓުޢިންޑިއާ ޢިންޑިއާ އައުޓުޢިންޑިއާ އައުޓުޢިންޑިއާ އައުޓުޢިންޑިއާ ޢިންޑިއާ އައުޓު އައުޓުޢިންޑިއާ އައުޓުޢިންޑިއާ ޢިންޑިއާ އައުޓު އައުޓުޢިންޑިއާ އައުޓުޢިންޑިއާ އައުޓުޢިންޑިއާ އައުޓުޢިންޑިއާ އައުޓުޢިންޑިއާ އައުޓު

  63. ނަންރީތި ސަލީމް

    ޢިންޑިއާ އައުޓުޢިންޑިއާއައުޓުޢިންޑިއާ އައުޓުޢިންޑިއާ

  64. ނަންރީތި ސަލީމް

    އައުޓުޢިންޑިއާއައުޓުޢިންޑިއާއައުޓުޢިންޑިއާ

  65. ޠމ

    ނަޟީދު ރާއްޖޭގަ ހުޅު ޖެހިކަން އަދި ހަނދާނެއއ ނުނެތެއެވެ

  66. ބޮއްކުރާ

    ހިނގޭނެ. ކަލޭގެ މައިންބަފައިންގެ ތަރިކަ މުދާގަނޑެއްތަ މިގައުމަކީ. ހޭބުއްދި ފިލައިގެން އުޅެނީ. ބޮމެއް ގޮއްވާލީމަ ވީގޮތް ކިޔާލަ ކިޔާލަ ނޫނީ އެކަމަށް ފޮތެއް ލިޔަން އޮވެބަލަ. އިންޑިއާ ވަގުން އައުޓް#އިންޑިއާ ވަގުން އައުޓް#އިންޑިއާ ވަގުން އައުޓް