ގދ. ގައްދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

38 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިއަދު އެކަމަށްޓަކައި ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ޒީނިޔާ އަހްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސީއީއޯ އާދަމް އާޒިމެވެ.

އެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި، ބަނދަރަށް އިތުރު ކުރެވޭ ބައި ފުން ކުރުމާއި، 232 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 35 މީޓަރ ރިވެޓްމެންޓް ޖެހުން، ދޭއް ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 320 މީޓަރ އެއްގައުމު ތޮށި ޖެހުމާއި، 25 މޫރިންގ ބޮއި ހަރުކުރުމާއި، ކޮންކްރީޓް ބްރިޖެއް ގާއިމް ކުރުމާއި، 16 މަގުބައްތި ހަރުކުރުމުގެ އިތުރުން، 1600 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.

އެ މަޝްރޫއުގެ މަަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ އެއް އަހަރު ދުވަހެެެވެ.

ކިޔުންތެރިންގެ ހިޔާލު