ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް މޭފުއްޕާފައި ހުއްޓަސް އިންޑިއާ އައުޓް ގޮވާނެ ކަމަށް ހުޅުމާލެ ދާއިރާގެ ޕީޕީއެމްގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މާލެ ދާއިރާ އަށް ހާއްސަކޮށްގެން ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި ފަލާހު ވަނީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި "އެ ގޮވާ ކަމަށް ވާނަމަ، އަޅުގަނޑުމެން ޖެހޭނެ އެމީހެއްގެ ކަންފަތް މަތީގައި ޖަހަން ވެސް." ފަލާހު ވިދާޅުވިއެވެ.

މި ވާހަކަތަކާއި ގުޅިގެން ޝުޖާއު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އިންޑިއާ އައުޓް ގޮވޭނެ، އަދި ގޮވާނެ ކަމަށެވެ. އެހެން ކަމުން މިސަރުކާރުން ޖެހޭނީ ހަޖަމު ކޮށްލައިގެން ތިބެން ކަމަށް ޝަޖުއު ވިދާޅުވިއެވެ.

"މިއީ ތާހިރު ދިރިއުޅުން ރައްޔިތުންނަށް ދައްކަން އައި މީހުންގެ ފެންވަރު ހުރި ގޮތް! ތިތިބީ ޤައުމު ވިއްކާލައިގެން. މޭ ފުއްޕާފަ މަމީ އާނޯލްޑޭ ބުނި ޒަމާން ނިމިއްޖެ" ޝުޖާއު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ފަލާހު ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބުނީ ގެއްލުން ކަމަށާއި އެކަމުގެ ސަބަބުން ދިވެހި ދަރިވަރުންނަށް ސްކޮލަޝިޕްގެ ފުރުސަތު ވެސް ގެއްލުނު ކަމަށެވެ. އަދި ކުޅިވަރު ކުޅޭ ޒުވާނުންނަށް ވެސް އެކަމުގެ ގެއްލުން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"އެތައް މަސައްކަތެއްކޮށްގެން އަޅުގަނޑުމެން ކޮމަންވެލްތާ ގުޅިގެން މިތިބީ،" ފަލާހް ވިދާޅުވިއެވެ.

އިދިކޮޅުން މިހާރު އެ ކުރަނީ ވެސް އެފަދަ ކަމެއް ކަމަށް ފަލާހް ވިދާޅުވިއެވެ. އަދި އިންޑިއާ އައުޓެކޭ ނުގޮވާނެ ކަމަށް ތަކުރާރުކޮށް ފަލާހް ވިދާޅުވިއެވެ.

އިންޑިއާއާ މެދު އުފެދިފައިވާ މައްސަލަ؛

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ނިންމައި، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުންނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުމަށެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރެއެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި، ދިވެހި އިގްތިސާދު އެންމެ ގައުމަކަށް އެހާ ބޮޑަށް ބަރޯސާވެ އޮތުމުން ނުކުމެދާނެ ގޯހަކާ މެދު ބައެއް އާންމުންގެ ތެރޭގައި ވެސް ނުހަނު ކަންބޮޑުވުން އެބަ އޮތެވެ.

މި ކަމަކީ ޚާރިޖީ ތަޖުރިބާ ކާރުންގެ ކަންބޮޑުވުން ވެސް އޮތް ކަމެކެވެ. އިންޑިއާ އަދި ޗައިނާއާ ދެމެދު ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ބަދަލުގައި، އެއިން އެއް ގައުމަކާ މާ ބޮޑަށް ގާތްވެ އަނެއް ގައުމާ ގުޅުން ގޯސްވުން ރަނގަޅު ނުވާނެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަޜީ

    ސުޖާ އައުޓު

    4
    36
    • ކޮވިޑް

      އިންޑިއާ އައުޓް ކިތައްމެ ދެރަވިޔަސް ހިތުގަ ޖެހުނަސް މިޤައުމުން އިންޑިއާ ﷲ ގެ ރަޙުމަތުން ބޭރުކުރާނަން . އިންޝާ ﷲ. # އިންޑިއާ އައުޓް #

      24
      1
  2. މާމީ

    އިންޑިއާ ޖެހޭނީ އައުޓު ވާން

    19
    1
  3. ޙަދިސައިބު

    ފަލާހު އައުޓު ކެނެރީގޭ މޮޔަސޮރު އައުޓު އިންޑިޔަ މިލިޓްރީ އައުޓު

    18
    1
  4. ާކޮއްޔާ

    ފަލާހު ވާނުވާގަ. // ތިމާއަށް ވުރެ. ނިކަމެއްޗެއް ގައިގާ ޖެހޭނީ // އެއީ މާމޮޅު ކަމެއްނޫން //. އިންޑިޔާ އައުޓް / އިންޑިޔާ އައުޓް // އިންޑިޔާ އައުޓް / އިންޑިޔާ އައުޓް / އިންޑިޔާ އައުޓް / އިންޑިޔާ އައުޓް //

    9
    1
  5. ޔާމިން

    އިންޑިޔާޖެހޭނީފާބާންއިންޝާﷲ

    8
    1
  6. ވގ13

    ކަލޭބޯބާލާފަ ހުޓަސް ތިކަމެއްނުވާނެ ކަލޭ ދޭބަލަ ބަތްޕެނާއެކީ އެހެކަމެއްކުރަން ލަލަލާ

  7. ރައްްޔިތުމީހާ

    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
    ޢިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް