19:22

އޮކްސްފޯޑު ޔުނިވާސިޓީއާއި ގުޅިގެން އެސްޓްރަޒެނެކާއިން ކޮވިޑް-19ގެ އާ ވޭރިއެންޓް ކަމަށްވާ އޮމިކްރޮން އަށް ހާއްސަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށައިފި

19:15

ކޮވިޑް-19ގެ އާ ވޭދަނަތަކެއް ފެނުމާއި ގުޅިގެން ޗައިނާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޒިއާންގައި ދިރިއުޅޭ 13 މިލިއަން މީހުން ގޭގައި މަޑުކުރަން އަންގައިފި

15:20

މިހާރު ދުނިޔޭގައި ހަލުވި ފެތުރެމުންދާ ކޮވިޑްގެ އައު ވޭރިއެންޓް، އޮމިކްރޯން އިން ރައްކާތެރިވުމުގެ ގޮތުން ސިންގަޕޫރުގެ ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ނިންމައިފި

14:31

ކޮވިޑް-19އިން ދިފާއުވުމަށް ޖަހަމުންދާ ގެންދާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ކަމުގެ މެސެޖެއް މީގެ ދެ މަހެއްހާ ދުވަސް ކުރިން މަރުވި އިންޑިއާގެ އަންހެނެއްގެ ފޯނަށް ފޮނުވައިފި

ކޮވިޑް-19 އަށް ދުނިޔެ އިން ފައްސިވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވަމުން ދިޔަ ނަމަވެސް ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ދަށަށްދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި ހަތް ދުވަހުގެ އެވްރެޖު ދައްކާ ގޮތުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ހުރީ 668056 ގައެވެ. މިއީ ކޮވިޑަށް ފައްސިވާ މީހުންގެ އެވްރެޖް އަދަދު މިއަހަރުގެ މެއި މަހަށްފަހު މިހައި މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ނަމަވެސް ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އެވްރެޖް އަދަދު މިހާރު ހުރީ 6700 ގައެވެ. މިއީ ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އެވްރެޖް އަދަދު 2020 ވަނަ އަހަރުގެ އޮކްޓޯބަރ އަށް ފަހު މިހައި ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު މިހާރު ދަށަށްދާ އެއްސަބަބަކީ ކޮވިޑުން ދިފާއުވުމަށް ގިނަ ބަޔަކު ވެކްސިން ޖަހާފައިވުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް އޮމިކްރޮން ވޭރިއަންޓް ފެތުރެމުންދާ ގޮތައް ބަލާއިރު ބައެއް ގައުމުތަކުގެ ހާލަތު ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދެއެވެ. ސަބަބަކީ އޮމިކްރޮން ވޭރިއަންޓަށް ފައްސިވާ މީހުންގެ ތެރޭގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ވެސް ހިމެނޭތީއެވެ.

ދުނިޔޭގެ ޖުމްލަ އާބާދީއަށް ބަލާއިރު އަދިވެސް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު %50 އަށް ނާރައެވެ. ބައެއް ގައުމުތަކުގައި ވެކްސިންގެ ތިން ވަނަ ޑޯޒެއް ދޭން ފަށާފައި ވީނަމަވެސް ވެކްސިން ނުލިބޭ ގިނަ ގައުމުތަކެއް އަދިވެސް އެބައޮތެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު