ދި އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓިފައިޑް އެކައުންޓަންޓްސް (އޭސީސީއޭ) އެޕްރޫވްޑް އެމްޕްލޯޔަ ސްޓޭޓަސް އެމްޓީސީސީ އަށް ލިބިއްޖެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި ސްޓޭޓަސް އެވޯޑްކޮށްފައި ވަނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލެވެލްގައެވެ.

އޭސީސީއޭ ދަރިވަރުންނާއި އެފިލިއޭޓުންނާއި އަދި މެމްބަރުން ވަޒީފާތަކަށް ހޯދައި ތަމްރީންކޮށް ބޭތިއްބުމުގައި އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަ ސްކީމް މުހިއްމު ރޯލެއް އަދާކޮށްދެއެވެ.

އެމްޓީސީސީއަށް އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަ ސްޓޭޓަސް ލިބުމަކީ އެމްޓީސީސީގައި ވަޒީފާއަދާކުރާ އޭސީސީއޭ ދަރިވަރުންނާއި އެފިލިއޭޓުންނަށް މި ކުންފުނިން ފޯރުކޮށްދޭ ތަމްރީނާއި ކުރިއަށް ދިއުމަށް ހުރި ފުރުޞަތުތަކަކީ މަތީ ފެންވަރުގެ ތަމްރީންތަކެއްކަން ޔަގީންކޮށްދޭ ކަމެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

އަދި އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔަ ސްޓޭޓަސް އެމްޓީސީސީއަށް ލިބިފައިވުމާއެކު، އެމްޓީސީސީގައި ވަޒީފާއަދާކުރާ އޭސީސީއޭ މެމްބަރުންނަށްއޭސީސީއޭގެ ޕްރޮފެޝަނަލް ޑިވެލޮޕަމަންޓް (ސީޕީޑީ)ގެ ޝަރުތުތައް ފުރިހަމަވެގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު