ގދ.ހޯނޑެއްދޫއާއި ގދ.ގައްދޫގައި ކޮވިޑް-19 ފެތުރެމުން އަންނާތީ އެދެރަށަށް އަރައި ފޭބުން މަނާކޮށް ދެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވަނީ ހޯނޑެއްދޫ އާއި ގައްދޫ މޮނީޓަރިންގ ހާލަތަށް ގެނައިކަން މިހާރު ވަނީ އަންގާފައެވެ. އެހެންކަމުން އެޗްޕީއޭގެ ހުއްދައެއް ނެތި އެދެރަށުން ކުރެ އެއްވެސް ރަށަކުން މީހަކު ފުރުމާއި އެރަށްތަކަށް ދިއުން ވެސް މަނާ ވާނެއެވެ.

ހޯނޑެއްދޫން މިއަދު ވަނީ ހަތް މީހަކު ކޮވިޑަށް ފައްސިވެފައެވެ. އެއާއެކު އެރަށުގައި ކޮވިޑް ޖެހިފައި ތިބި އަދަދު މިވަނީ 17 އަށް އަރާފައެވެ.

ގައްދޫން މިއަދު ހަތަރު މީހަކު ވަނީ ފައްސިވެފައެވެ. އެރަށުގައި ކޮވިޑް ޖެހިފައި ފަސް މީހުން އެބަތިއްބެވެ.

އަތޮޅުތެރެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިމަހު ކޮންމެވެސް ވަރަކަށް މަދުވެފައި ވީނަމަވެސް އަދިވެސް އެވްރެޖްކޮށް 80 ވަރަކަށް މީހުން ކޮންމެ ދުވަހަކު ހަމައެކަނި އަތޮޅުތެރެއިން އަންނަނީ ކޮވިޑަށް ފައްސިވަމުންނެވެ. މިމަހު މިހާތަނަށް ރާއްޖެ އިން 3572 މީހުން ކޮވިޑަށް ފައްސިވެފައި ވާއިރު އޭގެތެރެއިން 2186 މީހުން ފައްސިވެފައި ވަނީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު