23:32

ކޮވިޑްގެ ސުނާމީއެއް އަރާކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ދީފި.

22:31

ތަޖުރިބާކާރު ސައިންސްވެރިޔަކު ވިދާޅުވަނީ އޮމިކްރޮން އަކީ އާބައްޔެއް ކަމަށް!

22:02

މާލޭގެ އަދަދު މައްޗަށް ގޮސް މިއަދު 198 މީހުން ފައްސިވެއްޖެ.

21:43

ފްރާންސްގައި ކޮންމެ ސިކުންތަކު ދެމީހުންނަށް ކޮވިޑް ޖެހޭ.

20:44

ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަަސައްކަތް ކުރާ މީހުންނަށް ދޭން ނިންމި އެލަވަންސްގެ ގޮތުގައި މިހާތަނަށް 280 މިލިއަން ރުފިޔާ ދޫކޮށްފި

15:31

އާދަޔާ ހިލާފަށް ތައިލެންޑުގައި ކޮވިޑް-19 ގެ އާ ވައްތަރު، އޮމިކްރޮން ފެތުރިދާނެކަމުގެ އިންޒާރު އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ދީފި.

14:25

ރާއްޖެ އަންނަ ފަތުރުވެރިން ކޮވިޑް-19 އަށް ފައްސިވާ އަދަދު ވަރަށް މަދު ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެ.

14:01

13:33

އިސްރާއީލްގައި ކޮވިޑް-19 ވެކްސިންގެ ހަތަރު ވަނަަ ޑޯޒްގެ ކްލިނިކަލް ޓްރިއަލްތައް ފަށައިފި

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ގިނަ ގައުމުތަކުގައި ވަރަށް ބޮޑަށް އިތުރުވެ ހާލަތު ގޯސްވާން ފަށައިފިއެވެ.

އޭޝިއާ ބައްރަށް ބަލާއިރު މިހާރު އެންމެ ހާލަތު ގޯސްވަމުންދާ އެއްގައުމަކީ އިންޑިއާ އެވެ. އިންޑިއާގެ ގިނަ ސަރަހައްދުތަކަކުން ހާއްސަކޮށް ވެރިރަށް ނިއުދިއްލީ އާއި މުމްބާއީ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. މުމްބާއީ އާއި ނިއުދިއްލީގައި މިހާރު ވެސް ވަނީ ވަނީ ކޮވިޑްގެ ރީނދޫ ސަމާލު (އެލާޓް) ނެރެފައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ނިއުދިއްލީން ފައްސިވާ މީހުންގެ އަދަދު މީގެ ހަމަސް ކުރިން ނިއުދިއްލީން ފައްސިވި މީހުންގެ އަދަދާއި އެއްވަރެވެ.

ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު ފްރާންސާއި ޕޯޗްގަލް އަދި އިނގިރޭސިވިލާތާއި ޑެންމާކްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޑެންމާކް އަކީ މިހާރު މުޅި ދުނިޔެއަށް ބެލި ނަމަވެސް އިންފެކްޝަން ރޭޓް އެންމެ މަތި ގައުމެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ފްރާންސްގައި މިއަދު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އިއުލާން ކޮށްފައެވެ. އެގޮތުން ހަފްތާގެ ތިން ދުވަހު ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތައް މިހާރު ވަނީ ހަމަޖައްސާފައެވެ.

އިނގިރޭސިވިލާތުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް އަންނަނީ ރެކޯޑް މިންވަރަކަށް އިތުރުވަމުންނެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ސަރުލާރުން ތަކުރާރުކޮށް ބުނަމުން އަންނަނީ އާއަހަރުގެ ބަންދުގެ ކުރިން އެގައުމުގައި އިތުރު ހަރުކަށި ފިޔަވަޅުތަކެއް ނާޅާނެ ކަމަށެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު