އާ އަހަރާ ދިމާކޮށް ފުލުހުންގި އަޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފާއިތުވި ދެ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ރިވެލި" ގައި 789 ސަރަހައްދެއް ޗެކް ކޮށްފައިވާއިރު 387 އުޅަނދެއް ވަނީ ޗެކްކޮށްފައެވެ.

އަދި ހުއްޓުވައި، ސުވާލުކޮށް 504 މީހަކު ފޮނުވާލާފައިވާ ކަމަށާއި، އަދި 99 މީހަކު ޗެކް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

އެ އޮޕަރޭޝަންގައި ފޭރުމުގެ ދެ މައްސަލައަކާއި ވައްކަމުގެ ހަތަރު މައްސަލައަކާއި މާރާމާރީގެ ތިން މައްސަލައެއް ފުލުހުންނަށް ހުށަހެޅުނެވެ.

މާސްކު ނާޅާ އުޅުމުން ހަ މީހަކަށް ނަސޭހަތްދީ ދެ މީހަކު ޖޫރިމަނާ ކޮށްފައިވާ ފުލުހުން ވިދާޅުވިއެވެ. ޓްރެފިކް ގަވާއިދުތަކާއި ހިލާފުވެގެން 13 މީހަކާއި ކަޑުމަތީ ގަވާއިދުތަކާއި ހިލާފުވެފައިވާ ފަސް މައްސަލައެއް ފާހަގަވި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮަޕަރޭޝަނަކީ ކޮންމެ އަހަރެއްގެވެސް އާއަހަރާ ދިމާކޮށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަނެެކެވެ. މި އަހަރުގެ އާއަހަރު ކުލަގަދަކޮށް ފާހަގަކުރީ ހުޅުމާލޭގައެވެ.

ކިޔުންތެރިންގެ ހިޔާލު