އެއް ގަޑިއިރާއި 15 މިނިޓް ތެރޭގައި ސިނަމާލެ ބްރިޖް މަތީގައި ރޭ ތިން އެކްސިޑެންޓެް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 22:45 ހާއި 12:00 އާ ދޭތެރޭގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މީގެ ތެރެއިން އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލަކާއި ކާރެއް ޖެހިގެން ކަމަށެވެ.

އަދި ބްރިޖް މަތީގައި ދެން ހިނގި ދެ އެކްސިޑެންޓް ހިނގާފައި ވަނީ ދެ ކާރު ޖެހިގެން ކަމަށް ފުލުުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، މި އެކްސިޑެންޓްތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ނަމަވެސް ތިން އުޅަނދަށްވެސް އެކި ވަރުގެ ގެއްލުންވެފައިވާ ކަަމަށް އޮފިޝަލް ވިދާޅުވިއެެވެ.

ފުލުހުން ދަނީ މި ތިން މައްސަލަވެސް ތަހުގީގު ކުރަމުންނެވެ.

ރޭ ބްރިޖް މަތީގައި އެކްސިޑެންޓްތައް ހިނގިއިރު، އާ އަހަރު ފާހަަގަ ކުރުމަށް ރޭ ހުޅުމާލޭގައި ބޭއްވި ޝޯވއަށް ގިނަބަޔަކު ގޮސްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ހުޅުމާލެއިން މާލެއަށް ގިނަބަޔަކު އެއްވަގުތެއްގައި އަންނަން ދިމާކުރުމުން ސިނަމާލެ ބްރިޖާއި، ބްރިޖާއި ގުޅިފައިވާ ހަލި މަގު ވަރަށް ބާރުބޮޑުވިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މީހާ

    ސަރުކާރު ކަންތަށް... އެއްކަމެއް ރަގަޅަށް ކުރާ ބައެއް ނޫން... ވޯޓް ލެވުނީތީ ހިތާމަކުރާތާ ހާދަ ދުވަހެއް ވެއްޖެއޭ.... 2023 ގަ މިހެން ދަންޔާ ބުނަނީ ނޫނެކޭ... ޕާރޓޭން، ވަގުން، ރާ ބޮއެގެން އުޅޭ ބައިގަނޑު ގެ ކަންތަށް ހާދަ ބޮޑޭ މިވެރިކަމުގަ...

    11
    1
    • މޮހޮރީ

      ރައްފުށުން އައިސް ފައިން ވެލި ނުފިލަނީސް ސައިކަލައް އަރައިގެން ތިމާ ވަރު ބައެއް ނެތިގެން ދުއްވާ މީހުން ގިނައީ… ރާ ބޮއެގެންވެސް އުޅެނީ ތިޔަ ޑޮމެސްޓިކް ބައިގަނޑު

      7
      2
  2. ކ

    އާ އަހަރު ފާހަގަ ކުރަނީ ބުރިޖުގަ

    5
    1
  3. Anonymous

    ބްރިޖް މަތީގަ އުޅެޔޯ އަވަހަށްދުވާ މީހާވެސް މަގޭ އެކުވެރި ޝުޖާވެސް ބުނީ ދުށީމޯ ބޮޑު އަލިފާން ގަޑެއް ދުވެފަ ދިޔަތަން ސައިކަލު ކުރިމަތިން ދަންވަރު ނާހަމަ ތެދެއް ދޫންޏާ

  4. ކޮރަލް

    ވީކެންޑްގަ ބޮއިގެން އުޅޭނެ އެވެ. ސުވާލެއް ނުކުރާނެ އެވެ.

  5. ސެންޗޯ

    ޖަޒީރާވަންތަކަން ނަގާލާ ތިކަހަލަ ތަންތަން ހެދީމަ ތިހެންވާނީ މާލޭމީހުންގެ ތެރޭގައި ގިނަވާނީ ވަގުން މިހާރުވެސްރަތްޔިތުންގެ ބެންކުން ލޯނުތައްނަގައިގެން ގެތައްއުޑާހަމަޔަށް ބުރިބުރިއަށްނަގާ ކުއްޔަށްދީގެން ލިބޭލާރިތައް ކައިކައިތިބެ އެއުޅެނީ ޖިންނިޔާ ގުޅިގެން ހުޅުމާލޭގެ ބިންތައް ބަނޑުއަޅާލަން މިހާރުވެސް ހިޔާފުލެޓުގެ ދެބައިކުޅަ އެއްބައި ދިނީ މާލޭއާލާތުންނަށް