އއ.މަތިވެރި އަންހެން ވޮލީ ޓީމަށް ކުރިއަށް ގެންދިޔަ އެޑްވާންސްޑް ވޮލީ ޓްރެއިނިންގ ކޭމްޕް ކާމިޔާބު ކަމާއި އެކީ ނިންމާލައިފިއެވެ.

މި ކޭމްޕަކީ މަތިވެރީ އެސޯސިއޭޝަން ފޯރ ރެކްރިއޭޝަން އެން ސްޕޯރޓް (މާރންސް) ޖަމިއްޔާ އާއި ފުލުހުންގެ ޚިދުމަތާއި ގުޅިގެންް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން 29 ވަނަ ދުވަހަށް ކުރިއަށް ގެންގޮސްފައިވާ ކޭމްޕެކެވެ.

މި ކޭމްޕް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އއ.އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާޢު އެވެ. މި ކޭމްޕުގައި ޖުމްލަ 18 ފަރާތަކުން ބައިވެރިވެ ޓްރެއިނިންގ ފުރިހަމަ ކޮށްފައި ވެއެވެ. މި ކޭމްޕުގައި ކޯޗެއްގެ ގޮތުން ހަރަކާތްތެރިވެފައިވަނީ ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޙާލިދު މުޙައްމަދު އެވެ.

މި ކޭމްޕުގައި ފިޒިކަލް ޓްރެއިންނިންގ އާއި ކޯޓް ކަވަރިންގ އަދި މެޗުތަކުގައި ގޭމް ޕްލޭން ކުރިއަށް ގެންދާނެ ގޮތުގެ ތަމްރީން ކޭމްޕު ގެ ބައިވެރިންނަށް ދެވިފައި ވެއެވެ. މީގެ އިތުރުން ވެސް އިތުރު ވޮލީ ބޯލް އެޑްވާންސް ޓެކްނިކްތައް ދަސްކޮށްދެވިފައި ވެއެވެ. އަދި މިފަދަ ކުޅިވަރު ކުޅޭ ޒުވާނުން ދުޅަހެޔޮކޮށް ތިބުމަށް ބާރުއެޅިފައި ވެއެވެ.

މާރންސް ޖަމިއްޔާއިން އިސްނަގާގެން މިފަދަ އެތައް ޕްރޮގްރާމްތަކެއް ކުރިއަށް އޮތް ތަނުގައިވެސް ފެނިގެން ދާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން މިހާރުވެސް މާރންސް ޖަމިއްޔާއާއި އަންބަރު ގްރޫޕް ގުޅިގެން މަތިވެރީ ފުޓްސަލް ލީގުގެ ނަމުގައި މަތިވެރީގައި ލީގެއް ހިންގަމުން ދާކަންވެސް އެޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.