ރާއްޖެ އިން އިތުރު 191 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ އިރުއޮއްސި ހަޔަކުން މިއަދު އިރުއޮއްސި ހަޔަކަށް މާލެ ސަރަހައްދުން ކޮވިޑަށް ފައްސިވީ 53 މީހުންނެވެ. މާލެ ފިޔަވައި ރަށް ރަށުން 68 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ރިސޯޓުތަކުން 66 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި ސަފާރީތަކުން ހަތަރު މީހަކު ފައްސިވިއެވެ.

މި އަދަދުތަކާ އެކު ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 95،891 އަށް އަރައިފައެވެ.

މިވަގުތު ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،381 މީހުންނެވެ. އަދި ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ދެނީ 16 މީހަކަށެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 93،235 މީހުންނެވެ.

ރާއްޖެ އިން މި ބަލީގައި ނިޔާވެފައި ވަނީ 262 މީހުންނެވެ.

ދުނިޔޭގެ ގައުމުތަކުގައި ކޮވިޑް-19 ގެ ވޭދަނަތައް އަނެއްކާ ވެސް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ކޮވިޑްގެ އާ ވައްތަރު އޮމިކްރޮންގެ ސަބަބުން ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރެވެ. އަދި ބައެއް ގައުމުތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު