ދުނިޔޭގެ އެންމެ މުއްސަނދި 10 ބިލިއަނަރުން ފާއިތުވެދިޔަ އަހަރު ހޯދި ކުރިއެރުންތަކާއެކު 402 ބިލިއަން ޑޮލަރު ހަމަވެފައިވާ ކަމަށް ބްލޫމްބާގް ބިލިއަނާސް އިންޑެކްސްގައި ބުނެފިއެވެ.

އެންމެ މުއްސަނދި ބިލިއަނަރުންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސް އާއި ޖެފް ބޭޒޯސް ފަދަ ބިލިއަނަރުން ވަނީ 100 ބިލިއަން ޑޮލަރު ފާއިތުވި އަހަރު ހޯދައިފައެވެ.

އަދި އެންމެ މުއްސަނދި ދިހަ ބިލިއަނަރުންނަށް ލިބުނު ޑޮލަރުތައް އެއްކޮށްލުމުންޖުމްލަ 402.17 ބިލިއަން ޑޮލަރަށް އަރައެވެ.

ޓެސްލާގެ ސީއީއޯ އީލޮން މަސްކް ވަނީ މި އަހަރު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ހޯދައި، އޭނާގެ މިލްކިއްޔާތަށް 300 ބިލިއަން ޑޮލަރު އިތުރުކޮށްފައެވެ. މިދިޔަ އަހަރު އޭނާގެ މިލްކިއްޔާތަށް ވަނީ 121 ބިލިއަން ޑޮލަރު އިތުރުކޮށްފައެވެ. އަދި 2020 ވަނަ އަހަރު އޭނާ ވަނީ 140 ބިލިއަން އެމެރިކާ ޑޮލަރު ހޯދައިފައެވެ.

ބްލޫމްބާގްގެ ބިލިއަނަރުންގެ ރަޖިސްޓަރ ދައްކާ ގޮތުގައި 2021 ވަނަ އަހަރު އެންމެ މުއްސަނދި ދިހަ ބިލިއަނަރުންގެ މިލްކިއްޔާތަށް ވަތް ޑޮލަރުގެ އަދަދު:

އިލޮން މަސްކް- 121 ބިލިއަން ޑޮލަރު، ކުރިން ހުރީ 277 ބިލިއަން ޑޮލަރު.

ޖެފް ބިޒޮސް- 5 ބިލިއަން، 195 ބިލިއަން ޑޮލަރު.

ބާނާޑް އާނޯލްޓް- 61 ބިލިއަން، 176 ބިލިއަން ޑޮލަރު.

ބިލް ގޭޓްސް- 7 ބިލިއަން، ކުރިން ހުރީ 139 ބިލިއަން ޑޮލަރު.

ލެރީ ޕޭޖް- 47 ބިލިއަން، ކުރިން ހުރީ 130 ބިލިއަން ޑޮލަރު.

މާކް ޒުކާބާގް- 24 ބިލިއަން، 128 ބިލިއަން ޑޮލަރު،.

ސާގޭ ބްރިން- 45 ބިލިއަން، ކުރިން ހުރީ 125 ބިލިއަން ޑޮލަރު.

ސްޓީވް ބޯލްމާ- 41 ބިލިއަން، ކުރިން ހުރީ 122 ބިލިއަން ޑޮލަރު.

ލެރީ އެލިސަން- 29 ބިލިއަން، ކުރިން ހުރީ 109 ބިލިއަން ޑޮލަރު.

ވޮރެން ބަފެޓް- 21 ބިލިއަން، ކުރިން ހުރީ 109 ބިލިއަން ޑޮލަރު.

ފާއިތުވި އަހަރަކީ ކޮވިޑް-19 އިން އަރައިގަނެވެން އޮތް އަހަރެއް ކަމަށް ގިނަބަޔަކު ގަބޫލުކުރި އަހަރެއް ކަމަށް ވިޔަސް ފަހުން އޮމިކްރޮންގެ ސަބަބުން އެ ހުވަފެން ހަގީގަތަކަށް ނުވިއެވެ. އަދި ގައުމުތަކުން އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮތް އޮތުން ނިމުމަކަށް އަންނާނޭ ދުވަހެއް އަދިވެސް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝިޔާމް

    ތިޔަ ބިލިޔަން ޑޮލަރުގެ ފައިދާއެއް އުޙުރަވީ ހަޔާތުގައި ކުރާނީ ﷲ އަށް އީމާންވެ ސާލިހު އަމަލުކޮށް ތިޔަ މުދަލުގެ ހައްޤުވެރިންނަށް އެ ފޯރުކޮށްދެވިގެން.