ރ. ކިނޮޅަހުގެ ގަނޑުވަރު ބީޗް ސަރަހައްދު އެމްޓީސީސީން ރީތިކޮށްލައިފިއެވެ.

އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން މި ތަން ރީތި ކުރިއިރު، އެ ކުންފުނިން ބުނި ގޮތުގައި މިކަމަކީ ކިނޮޅަސް ކައުންސިލްގެ އެދުމަކަށް ނިންމި ކަމެކެވެ.

އެމްޓީސީސީން ވަނީ އެ ސަރަހައްދުގެ ބީޗް ލެވެލްކޮށް ބެކްފިލިން ކުރުމުގަައި އެހީތެރިވެފައެވެ.

އެމްޓީސީސީން އަންނަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ ރަށްތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން، ރަށްރަށުގެ މަގުތައް ސާފު ކުރުމާއި މަގުތައް ލެވެލް ކުރުން ފަދަ ކަންކަމުގައި އެމްޓީސީސީން މީގެކުރިން އެހީތެރިވެދީފައިވެއެވެ.