ފަހަކަށް އައިސް ރާއްޖޭގައި ބޭރަށް ހިނގުމާއި ހޮޑުލުން އިތުރުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވިޓެއްގައި ވިދާޅުވީ، ބޭރަށް ހިނގުމާއި ހޮޑުލުމުގެ ގިނަ ވޭދަނަތަކެއް ފެންނަމުން އަންނަ ކަމަށާއި އެކަމުގެ އަލާމާތްތައް ފެންނަ ނަމަ ވީއެންމެ އަވަހަށް ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަށެވެ.

އެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ އާދަޔާ ހިލާފަށް ކަރު ހިއްކުން، ބޮލަށް އެނބުރުން އެރުން، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ކުރެވޭ ގޮތް ނުވުން އަދި ކުޑަކަމުދެވޭ މިންވަރު މަދުވުމެވެ.

ބޭރަށް ހިނގާނަމަ ކުރެވިދާނެ ކަންކަން:

ގިނަ ގިނައިން އަރާމު ކުރުން

ކަންކަމާއި މާ ބޮޑަށް ނުވިސްނުން

ގިނަ ގިނައިން ދިޔާތަކެތި ބޭނުން ކުރުން

ލޮނު ހުންނަ ބިސްކޯޒު ކަހަލަ ތަކެތި ބޭނުން ކުރުން

ހަކުރު ގިނަ އަދި ތެޔޮކަން ގަދަ ކާނާ ބޭނުން ނުކުރުން

ކޮފީ ބޭނުން ނުކުރުން

ރާއްޖޭގައި ބޭރަށް ހިނގުމާއި ހޮޑުލުމުގެ ވޭދަނަތައް އިތުރުވަމުން އަންނައިރު، ދޭތެރެ ދޭތެރެއިން އަރިދަފުސް ރޯގާ ކަހަލަ ބަލިތައް ރާއްޖޭގައި އިތުރުވާކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދާރި

    ޢެހެންތާވާވާނީ މިހާރު ގޭގޭކޮޓަރި ތަކުގަ އާ އި ބަންގާޅިންގެ ގެސްޓްހައުސް ތަކުގަވެސް ކާބޯތަކެ ތި އުފަ އްދާ މަގުމާތީގަ އި އަދި ބޮނދުސޭޓްމެންގެ ފިހާރަތަކުގަވެސް ހަލުވިކަމާއިއެކު ދަނީ ވިއްކަމް.