މިއަދު ރާއްޖެ އިން އިތުރު 161 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ރިސޯޓްތަކުން 80 މީހުން ފައްސިވިއެވެ. މާލެ އިން 40 މީހުން އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 41 މީހަކު މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 3209 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %5.05 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 2463 އަށް އަރާފައެވެ. މިއަދަކީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހަށް ފަހު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުއްޓުވަންޖެހޭ

    މާލޭގަ މާސްކު ނާޅާއުޅޭމީހުންނާ ބަލާފަ ފައްސިވާވަރު މަދު
    މިސްކިއްތެރޭ ތިއްބަވާ ބަންގާޅު ބޭފުޅުން އެތިއްބަވަނީ ސަފްހަދާފަ މާސްކުނާޅާ މާސްކުގެ ވާހަކަ ބުނާއިރައް ދައްކާލާނީ ދިވެއްސެއް ބުނަނީ އޭނަވެސް އެއިނީ މާސްކުނާޅައޭ އެވެސް ތެދެއް ދިވެހިމީހާވެސް ހުންނަނީ ހަމައެހެން