20:40

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19އިން ދިފާއުވުމަށް ކުޑަކުދިންނަށް ދެމުންގެންދާ ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒް ކުޑަކުދިންނަށް ދޭން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހުއްދަ ދީފި

20:24

ކުރިއަށް އޮތް ހަފްތާ ތަކުގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑުވެ އެެމެރިކާގެ ސްޓޭޓް-ރަން ހޮސްޕިޓަލްތަކަށް "ބޮޑު ޕްރެޝަރެއް" ކުރިމަތިވާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ.

ވެކްސިނޭޝަން ސެންޓަރަށް ކުރެއްވި ޒިޔާރަތަށް ފަހު ބޮރިސް ވިދާޅުވީ، އޮމިކްރޮން މުޅި ގައުމަށް ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށާއި، މީގެ ސަބަބުން ސަރުކާރު ހޮސްޕިޓަލްތަކަށް ކުރިއަށް އޮތް ހަފްތާތަކުގައި ވަރަށް ޕްރެޝަރު ބޮޑުވާނެ ކަމަށް.

ބޮރިސް ވިދާޅުވީ، ކޮވިޑާއި ހެދި ހޮސްޕިޓަލްތަކުގެ މުވައްޒަފުން ނެތް ކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި، "ވަކިން ހާއްސަކޮށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކަށް މީހުން ބަދަލުކުރުމަށް އަޅުގަނޑުމެންނަށް ކުރެވޭނީ ކޮންކަމެއްތޯ މި ދަނީ ބަލަމުން"

20:00

ކޮވިޑްއާ ގުޅިގެން އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖަރފީރީސް ފައިނޭންޝަލް ގްރޫޕްގައި މަސައްކަތް ކުރާ މުވައްޒަފުން ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާ ހަމައަށް ގޭގައި މަސައްކަތް ކުރުމުގެ ހުއްދަ އެ ބޭންކްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ރިޗަރޑް ހޭންޑްލަރ ދީފި.

އޭނާ ވަނީ އިންސްޓަގްރާމް ޕޯސްޓެއްގައި އެކަން ހާމަކޮށްފައި.

ކޮވިޑާއި ގުޅިގެން މީގެ ކުރިންވެސް އެ ބޭންކްގެ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައީ ގޭގައި. ނަމަވެސް އޮކްޓޯބަރު މަސް ތެރޭގައި އޮފީހަށް ނުކުމެގެން މަސައްކަތް ކުރުމަށް ހުއްދަ ދިންއިރު، ކޮވިޑްގެ ވޭދަނަތައް އިތުރުވުމާއި ގުޅިގެން ޑިސެމްބަރުން ފެށިގެން އެ ކުންފުނީގެ މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރުމަށް އެންގި.

19:56

އިންޑިއާގައި އުމުރުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ ގިނަބަޔަކަށް ކޮވިޑް ވެކްސިން ދީފި. އެގައުމުގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައި.

18:29

ކޮވިޑްގެ ސަބަބުން ގެއްލުން ލިބުނު ކުންފުނިތަކަށް ދޭ މާލީ އެހީ ފުޅާކުރުމަށް ފަރާންސް އިން ނިންމައިފި. އެގޮތުން އެ ކުންފުނިތަކަށް އެހީވުމަށް ގާތްގަނޑަކަށް ސަތޭކަ މިލިއަން ޔޫރޯ ހަރަދުކުރާނެކަމަށް މާލީ ވަޒީރު ބްރޫނޯ ލެ މައިރޭ ވަނީ ވިދާޅުވެފައި.

އޭނާ ވިދާޅުވީ، މި އެހީތެރިކަން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކަށް ދޭނެ ކަމަށް.

 

18:24

ބޮޓްސްވާނާގެ ރައީސް މޮކަގްވެއިޓްސީ މަސީ ކޮވިޑް-19 އަށް ފައްސިވެއްޖެ

17:15

ދެކުނު ކޮރިޔާގައި ކޮވިޑް-19 ގެ ނުރައްކާތެރި ވޭރިއެންޓް، އޮމިކްރޮން ޖެހިގެން ފަރުވާ ހޯދަމުންދިޔަ ދެމީހުން އެ ބަލީގައި މަރުވެއްޖެ

17:08

ކޮވިޑް-19ގެ އާ ވޭރިއެންޓް އޮމިކްރޮން 50 ގެ އަހަރުން މަތީގެ މީހުންގެ މެދުގައި ފެތުރެމުންދާ ކަމަށް އިނގިރޭސިވިލާތުގެ އެޑިއުކޭޝަން ސެކްރެޓަރީ ނާދިމް ޒަހާވީ ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންގެ މެދުގައި މި ވައްތަރު ފެތުރުނު ނަމަވެސް، އެ މީހުން ކޮވިޑްގެ ބޫސްޓް ޑޯޒް ދީފައިވާތީ އިތުރު ފިޔަވަޅުތަކެއް އަޅަން ނުޖެހޭ ކަމަށް.

އޭނާ ވިދާޅުވީ، ސަރުކާރުން ބުދަ ދުވަހު އިންގްލޭންޑްގެ ހާލަތު ބަލާނެ ކަމަށް.

 

17:03

ޓޯކިޔޯ އިތުރު 103 މީހަކު ކޮވިޑަަށް ފައްސިވެއްޖެ. ސަރުކާރުން ހާމަކޮށްފައިވާގޮތުގައި، މިއީ އޮކްޓޯބަރު އަށް ވަނަ ދުވަހުން ފެށިގެން މިހާ ގިނަ ވޭދަނަތައް ފެނުނު ފުރަތަމަ ފަހަރު.

ޓޯކިޔޯގައި އާދަޔާ ހިލާފަށް ކޮވިޑްގެ ވޭދަނަތައް ފެންނަން ފަށާފައި ވަނީ މިދިޔަ މަހު ނިމޭ ހިސާބުން ފެށިގެން.

17:01

ކޮވިޑްގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮންއާއެކު ގަތަރަށް ކޮވިޑްގެ ތިން ރާޅެއް އެރުމުގެ މަންޒަރުތައް ފެންނަމުންދާ ކަމަށް އެ ގައުމުގެ ހެލްތް އޮފިޝަލުން ހާމަކޮށްފި.

މިނިސްޓްރީ އޮފް ޕަބްލިކް ހެލްތު (އެމްއޯޕީއެޗް)ގެ ވެކްސިން ދިނުމުގެ އިސްވެރިޔާ ޑރ ސޯހާ އަލް ބަޔާތު ޓީވީ މެދުވެރިކޮށް ވިދާޅުވީ، މިހާރު އެ ގައުމުން ފެންނަމުންދާ ކޮވިޑްގެ އާ ގިނަ ވޭދަނަތަކީ އޮމިކްރޮން އާ ގުޅުން ހުރި ވޭދަނަތައް ކަމަށް.

ނޮވެމްބަރު މަހުން ފެށިގެން އެގައުމުގައި ކޮވިޑްގެ ވޭދަނަތައް އިތުރުވާން ފެށި، ފާއިތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ވޭދަނަތައް އާދަޔާ ހިޔާލަށް ބޮޑަށް ވަނީ އިތުރުވާން ފަށާފައި.

 

16:57

އޮމިކްރޮން ވޭރިއެންޓް ފެތުރެމުންދާ ޔޫރަޕްގެ ގައުމުތަކަށް ދަތުރު ނުކުރުމަށް ކުވައިތުން އަންގަައިފި.

ފޮރިން މިނިސްްޓްރީން ވިދާޅުވީ، "ދަތުރުތައް ފަސް ކުރުމަށް" ހާއްސަކޮށް ފްރާންސް، ޖަރުމަން އިނގިރޭސިވިލާތާއި، ސްޕެއިން އަދި އިޓަލީ ފަދަ ގައުމުތަކަށް ދަތުރު ކުރުމަށް.

16:54

ޕާކިސްތާންގައި އެއް ދުވަސް ތެރޭގައި 708 މީހަކު ކޮވިޑަށް ފައްސިިވެއްޖެ. މިއީ ފާއިތުވި ދެ މަހެއްހާ ދުވަސް ތެރޭގައި އެ ގައުމުން މިހާ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ފަހަރު، އެ ގައުމުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ އެ ގައުމަށް ކޮވިޑްގެ ފަސް ވަނަ ރާޅެއް އަރާފާނެ ކަމުގެ އިންޒާރުދީ، އޮމިކްރޮން ވޭރިއެންޓް ފެތުރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ފަށާފައި.

14:14

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ އާ ވައްތަރު، އޮމިކްރޮން ރާއްޖެއިން ފެނުނު ފަހުން ކޮވިޑް ވޭދަނަތަކުގެ އަދަދު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި

12:30

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޖޯން އަބްރަހަމް އަންހެނުން ޕްރިޔާ ރަންޗަލް ކޮވިޑް-19 އަށް ފައްސިވެއްޖެ

ކޮވިޑް-19 ވައިރަސް އަށް ބަދަލުތަކެއް އައިސް އުފެދިފައިވާ އޮމިކްރޮން ވޭރިއަންޓާއިއެކު ދުނިޔެ އިން ކޮވިޑަށް ދުވާލެއްގެ ތެރޭގައި ފައްސިވާ މީހުންގެ އަދަދު ވަނީ ދެމިލިއަނާއި ކައިރި ކޮށްފައެވެ. ކޮވިޑުން ދިފާއު ވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ވެސް އޮމިކްރޮން އަށް ފައްސިވާ ކަން ވަނީ ކަށަވަރު ވެފައެވެ.

ނަމަވެސް އެމެރިކާގެ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެމެރިކާ އިން ކޮވިޑަށް ފައްސިވާ މީހުންގެ ތެރެއިން ބޮޑު އިންސައްތަ އަކީ ވެކްސިންގެ އެންމެ ޑޯޒެއް ވެސް ނުޖަހައި ތިބި މީހުންނެވެ. އެހެންކަމުން ވެކްސިން ފުރިހަމަ ކޮށްގެން ކޮވިޑް އަދިވެސް ކޮންޓްރޯލް ކުރެވިދާނެ ކަމަށް ކުރެވޭ އުއްމީދު އެގޮތުގައި ދެމިއެބައޮތް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ތަޖުރިބާކާރުން ގެންދަވަނީ ކޮވިޑުން ދިފާއު ވުމަށް ވެކްސިން ފުރިހަމަ ކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. ނަމަވެސް އެމެރިކާ ހިމެނޭހެން ހުޅަނގުގެ ގިނަ ގައުމުތަކުގައި މިހާރު ވެކްސިން ޖަހަން ބޭނުންވާ މީހުންގެ އަދަދު ވަރަށް މަދެވެ. މިހާރު ވެކްސިން ފުރިހަމަނުކޮށް އެގައުމުތަކުގައި ތިބި ގިނަ މީހުންނަކީ ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުންނެވެ.

ހުޅަނގުގެ ގައުމުތަކުގެ ގާނޫނީ ނިޒާމްތައް އޮންނަ ގޮތުން ވެކްސިން ޖެހުން މަޖުބޫރު ކުރުމާއި އަދި ވެކްސިން ނުޖަހާ މީހުންނަށް ބައެއް ހިދުމަތްތައް ނުދިނުން ފަދަ ކަންކަން ކުރަން ހުރަސްތަކެއް ހުރެއެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާހައިރާން

    ހީވަނީ ވެކްސިން ޖެހީމަ ކޮވިޑް ނުޖެހެނީހެން

  2. އަބްދުﷲ

    ދެން ވެކްސި ޖޫސްގޮތަށް ހަދާފަ ފިހާރަތަކަށް ނެރެންވީނު.

  3. ހިތާމަ

    ޢަސްލުވެސް ވެއްޖެ ވެކްސިން އިން ޖޫސް ގިރަން މިހާރު މީދެން ނިމުމެއް ނެއް ސިލްސިލާ ވެކްސިނެއް މަގޭ ދަރި ދެވަނަ ޑޯޒް ޖަހައިގެން ވަރަށް ބަލިވި ހޮސްޕިތަލަށް ވެސް ގެންދަން ޖެހުނު