ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ލާދީނީ ލޭބަލް އެޅުވުމަށް މަސައްކަތް ކުރަމުން އަންނާތީ ކަންބޮޑުވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް ނަޝީދު ޣައިރު ދީންތައް ޕްރޮމޯޓުކުރާ ކަމަށް ދޮގު ޚަބަރު ފެތުރުމުގެ ވާސިތާއިން، އެ މަނިކުފާނުގެ ހަށިފުރާނައިގެ ރައްކާތެރިކަން ނަގައިލުމަށް ވާގިވެރިވަމުންދާ “ރައްޔިތުންގެ އިއްތިޙާދު”ގެ ނަމުގައި ހިންގާ ޙަރަކާތާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.

ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދަކީ އިސްލާމްދީނުގެ ޢަދުއްވެއްކަމުގައި ސިފަކޮށް، އެ ތަކްފީރީ ޖޯޝުން ހިތްވަރު ނެރެ، ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފަރާތްތަކުން 6 މޭ 2021 ގައި ދިން ބޮމުގެ ޓެރަރިސްޓް ޙަމަލާއިން މާތް الله ގެ ތަނަވަސް ރަޙްމަތްފުޅުން ފުރާނަފުޅައިގެން އެ މަނިކުފާނު ކިރިޔާ ސަލާމަތްވިތާ އަދި އަހަރެއް ނުވާ ކަމަށާއި އެހަމަލާގެ އަޑީގައި ތިބި ބަޔަކު އަދި ވެސް ހޯދިފައި ނުވާ ކަމަށެވެ.

"އެ ޙަމަލާގެ އަޑީގައިވި ފަރާތްތައް އަދިވެސް ހޯދިފައިނުވާއިރު، އަދި ޓެރަރިސްޓް ޙަމަލާތަކަށް ދިވެހި މުޖުތަމަޢު ހުށަހެޅުމަށް ތައްޔާރަށް ތިބި ހައްދުފަހަނައެޅި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ތިބިކަން ސަލާމަތީ ޚިދުމަތްތަކުން ހާމަކުރަމުންދާ ހިނދު، ރައީސް ނަޝީދަކީ ކާފަރެއްކަމުގައި ސިފަކުރުމުގެ ފިތުނަވެރި ޙަރަކާތެއް އަނެއްކާ އުފައްދާ، އިންތިޒާމުވެ، ހިންގާން ދޫކުރުމަކީ އެ މަނިކުފާނުގެ ފުރާނަފުޅުގެ އިތުރުން، ދިވެހި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުން އަރުވާފަދަ ނުރައްކާތެރި ކަމެއްކަމުގައި މެނުވީ މި ޕާޓީއިން ނުދެކޭކަމުގައިވެސް ދެންނެވީމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ނަން

    ރައީސް ނަޝީދަކީ ލާދީނީ މީހެއް

    42
    2
  2. ލަދުން މަރޭ

    އޭނާ އުޅެނީ އޭނާއާ ދިމާލަށް މީހަކު ލާދީނީއޭ ނުބުނެގެން. ކަލޭމެންވެސް މޮޅެތި ބަޔާންތައް ނުނެރެ އޭނާ އިސްލާހުކުރަން މަސައްކަތް ކޮށްބަލަ.

    39
  3. އިބްރާހިމް

    ތިމަންނާއަކީ އިސްލާމެކޭބުނެ އިސްލާމްދީނަށް ފުރައްސާރަކުރީމާ އެމީހަކާއިދިމާއަށް ލާދީނީ މީހެކޭ ބުނެވެނީ

    36
  4. ޙ

    ކުރިސްޓިއަންދީން ފަތުރަން ޖެޒުއިޓްސް ރާއްޖެ ގެންނަން ގޮވާލީ ކާކުބާ؟ ވީޑިއޯ އެހެރީ އެންމެނަށް ފެންްނަން

    34
  5. ާއަޖައިބު

    ލާދީނީ މީހަކު އިތުރަށް ލާދީނީ ނުވާނެ ދެން

    24
  6. ސަލް

    މި ސަރުކާރުން ވަރައް ހީލަތްތެރިކަމާއި އެކު އިސްލާމްދީން ހިމާޔަތްކުރުމުގެ ސިޔާސަތު އޮއްބާލާފަވާކަމައް އެބަ ގަބޫލުކުރެވޭ .

    28
    2
  7. ހުސޭނުބޭ

    ކިތަންމެވަރެއްކުރިޔަސް ސިންގާއެއްގެ ހަންގަނޑު ލައިގެން އޮންނަ ހިމާރު ވާނީ ހަމަ ހިމާރަކަށް. ކަލޭމެން ކިތަންމެ ވަރަކަށް ފުމުނަކަސް ނަޝީދަކީ ލާދީނީ މީހެއް. މިކަމާ ކަލޭމެންގެ ނަފްސުތައް ހެކިވާނެ

    24
  8. ނާދިރާ

    ފަޅޮލަކަށް ފަޅޮލޭ ކީމަ ކޮބާ މައްސަލައެއް

    29
  9. ދަރަނި ދަންތުރަ

    ޖާހިލަކަށް ޖާހިލެކޭ ކިޔޭނެ ، ލާދީނީ މީހަކަށް ލާދީނީ ކިޔޭނެ ނަސީދަކީ ހަމަ އަސްލުވެސް އިސްލާމްދީނުގެ އަދުއްވެއް ، އިންޑިޔާ އައުޓް

    25
  10. އަހުމަދު

    ނަޝީދު ލާދީނީ ކަމުން ރައްޔިތުން ކަންބޮޑުވޭ.

    27
  11. އަލީ

    ކިތައްމެ ކަންބޮޑުވިއަސް އައްނިއަކީ ބޮޑު ލާދީނީ މީހެއް

    21
  12. Anonymous

    ރައްޔިތުން ގިނަގިނައިން މި ދުޢާކުރަންވީ:
    ޔާ ﷲ، ކެނެރީގޭ ނަޝީދަކީ ކޮންކަހަލަ މީހެއްކަން އިބަ ﷲ މޮޅަށް ދެނެވޮޑިގަންނަވާނެ. ކެނެރީގޭ ނަޝީދާއި އޭނާއަށް އެހީތެރިވާ މީހުންގެ ކިބައިން މިރާއްޖޭގެ މުސްލިމުން ހަލި އަވަހަށް ސަލާމަތްކުރައްވައިފާންދޭވެ! އާމީން.

  13. ކޮރަލް

    އެމްޑީޕީގެ 40 ހާސް މެމްބަރުން ވިސްނަން ވެއްޖެ އެވެ. އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ނަމުގަ 50 ހަކަށް މީހުން ވެގެން ބަޔާން ނެރެނީ އެވެ.

  14. ޝޫލާ ޝިރާޒް

    ބަލަގަ އޭނާެަކީ ދައްކާ ލާދީނީ މީހެކޭ

  15. ޖާބިރު

    ކަލޭމެން ވެސް ވެއްޖެއެއްނު އޭނާއައް ނަސޭހަތްދޭން އިސްލާހުވޭތޯ ކެރޭނެތަ ނުކެރޭނެދޯ އެއައްވުރެން ފިނޑި އެޅިހާބަތަކައް ރިހަވެފަ ޖާހިލުކަންމަތީ ތިބޭނީދޯ

  16. ރައްޔިތުމީހުން

    އެ ސޮރު އުޅޭ ގޮތުން ދޯ އެހެންވަނީ.. ނިކަން އެމްޑީޕީ ކުދިންކޮޅު އެސޮރަށް ހިދާޔަތް ލިބޭތޯ މަސައްކަތް ކޮށްބަލަ

    18
  17. ލާމު

    އެވަރު ދީން ވެރިޔަކު މިރާއްޖެއަކު ނޫޅޭދޯ. އެހެންވީމަ ކަންބޮޑުވާނެތާ. މުލިއާގެއިން ނެރުނުހާ ބަނގުރާ އެއީ ދީނީ މީހުންގެ ކަމެއްތަ! ޑެންމާކުގައިި ދެއްކީ ޙައްޖަށް ދާ ވާހަކަތަ. ތިމީހުންގެ އަސްލު ސޫރަ އަނެއްކާ ވެސް ފެންނަންފެށީތާ. އަމިއްލައަށް ބޭޒާރުވަނީތި.

    17
  18. ޢަޖާބެއް

    ޔާމީނު ވަގަކަށް ހަދަން ކަންބޮޑު ނުވޭ؟

    10
  19. Anonymous

    އޭނަ އަކީ ހުދު ލާދީނީ މީހެއް. އޭނަ އަމިއްލަޔައް އޭނާ އަކީ ލާދީނީ މީހެކޭ ކިޔަނީ. މޮޔަވެގެން ނޫޅޭ

  20. އާސިދާ

    ވަރައްބޮޑު ތެދެއވީމަދޯ މައުމޫން، ގާސިމް އަދި އިމްރާން އަދި ކޮބާތޯ އިލްޔާސް މެން އެބުނަނީ ހުރިހާ ރައްޔިތުން ކުރިމަތީގައި އެބުނަނީ ދެންކީކޭތޯ ބުނަނީ ދޮގުކުަންވީތޯ...އަރަތެއް...

  21. އޭ އާރް

    އަދި އެއުރެން ހޯދައިގަތް ކުށަކާނުލައި مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެންނީ بهتان ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބަޔެކެވެ.
    Al-Ahzab 33:58

  22. ޖަމާލު

    އިސްލާމް ދީނުގެ އެއްވެސް އިލްމެއް ނެތި މޯދީއާ އެއްބާއިވެގެން ރާއްޖޭގެ އެތައް ސަތޭކަ މުސްލިމުންނާ ދިމާލަށް މުސލިމުން ނޫން ކަމަށް ބުނެ ހަރުކަށި ކޮށް އަނބިންނާ ދަރިންނާ ބަފައިން ވަކިކޮށް މައިންނާ ދަރިން ވަކިކޮށް ރަތްޔިތުން ގެ ތެރޭ ފިތުނަ އުފައްދައި ނަފްރަތު އުފައްދުމަކީ ރަތްޔިތުން ނުލާހިކު ކަންބޮޑުވާ ކަމެއް.

  23. ލދނ

    ލާދީނީ ނަސީދު މިގައުމުން ބޭރުކުރޭ. އުމަރު ނަސީރު އަތުގަ އެބަހުރި ހެކި.

  24. ރަދީފް

    އަންނި އެއީ އިއްޒަތްތެރި ވަލީވެރިއެއް.ލަދު ކޮބާ؟؟

  25. ދިވެހި ރައްޔިތުން

    އިސްލާމްދީނަކީ ކުޅޭކުޅޭ ކާޑެއްނޫން ދިވެހިންނަކީ މުސްލިމުން ދީން އެންމެންދަނޭ.

  26. ޖާނޭ

    ކިތައްމެ ކަން ބޮޑުވިއަސް އިސްލާމް ދީން ދެކެ ރުޅިއަރާމީހަކު އެނޫން މީހަކަށް ނުވާނެ!