މިއަދު ރާއްޖެ އިން 224 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އޭގެތެރެއިން 102 މީހުން ފައްސިވީ މާލެ އިންނެވެ.

މިއަދަކީ ޖޫން މަހުގެ 15 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. ފާއިތުވި ހަމަހާއި 21 ދުވަސް ތެރޭގައި މާލެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހަށް މިއަދު ވީއިރު މާލޭ ސަރަހައްދުގައި ކޮވިޑުން ރައްކާތެރި ވުމަށް މާގިނަ ފިޔަވަޅުތަކެއް އަޅާފައެއް ނެތެވެ. އޮމިކްރޮން ވޭރިއަންޓްގެ ނުރައްކާ ބޮޑުވެފައި ވާއިރު ވެސް ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ތަންފީޒު ނުކުރާތީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއަދު އަތޮޅުތެރެއިން ކޮވިޑަށް ފައްސިވީ 48 މީހުންނެވެ. ރިސޯޓްތަކުން މިއަދު 74 މީހުން ފައްސިވިއެވެ.

މިއަދު 4130 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %5.42 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 192 މީހުން މިއަދު ކޮވިޑުން ރަނގަޅުވިއެވެ. ނަމަވެސް އަދިވެސް ކޮވިޑް ބަލި މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 2734 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާދަނު

    ދެން ވާނީ އިތުރު ގިނަ އެއްވުންތައް ބާއްވާ ވަރަކަށް..ސިޔާސީ ބޭނުމަށް ޓަކައި ރައްޔިޔުން ނުރައްކަލަށް ހުށެއެޅެނީ..އިންޑިއާ އައުޓް އައުޓޭ ގޮވަމުން ކޮވިޑު ފަތުރަމުން ދުވަނީ..ހުރި ހިތާމައެއްގެ ބޮޑުކާމާއެ..

  2. މަލީހު ބިން އަގުހެޔޮ އިންޓަނެޓް

    ހެޔޮނުވާނެ މިވަގުތު ސިޔާސީ އެއްވުންތަކާއި މުޒާހިރާތައް ނުބާއްވަބަލަ

  3. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ބަރާބަރެއްނު. މީހުން މަރުވާން ދޫކޮށްލައިގެން، އެމީހެއްގެ ޒިންމާއޭކިޔަންޔިބޭ. އަދިވެސް މަސްހުނިވެހުޅޭނެ ހުރިހާކަމެއް ރާވާ. އުނގުޅޭ ބާޒާރު ހުއްޓުވޭތަ އެބަ؟؟؟؟؟