22:09

މާލޭގެ އަދަދު މައްޗަށް، މިއަދު ރާއްޖެ އިން 304 މީހުން ފައްސި.

19:47

ފިލިޕިންސްގައި ކޮވިޑް-19 އިން ދިފާއުމަށް ވެކްސިން ނުޖަހާ މީހުން ހައްޔަރު ކުރާނެ ކަމަށް އެގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވެއްޖެ.

18:47

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކޮވިޑުން ރައްކާތެރިވުމަށް މާސްކު އަޅަން މަޖުބޫރުކޮށް، ނާޅާ މީހުންނަށް ފިޔަވަޅު އަޅަން ރައީސް އޮފީހުން އަންގައިފި.

18:40

ސްވިޒަލޭންޑުން އިތުރު ހަ މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 12,405 އަށް އަރާފައި.

އެ ގައުމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 15,029 މީހެއް. ފައްސި ކަމަށް ދެއްކި އާ ވޭދަނަތަކާއެކު އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1,448,527 އަރާފައި.

ސްވިޒަލޭންޑަކީ ދުނިޔެއިން 34 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމު.

18:39

ބަންގްލަދޭޝްއިން އިތުރު ހަތް މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 28,097 އަށް އަރާފައި.

އެ ގައުމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 1,140 މީހެއް. ފައްސި ކަމަށް ދެއްކި އާ ވޭދަނަތަކާއެކު އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1,589,947 އަރާފައި.

ބަންގްލަދޭޝްއަކީ ދުނިޔެއިން 32 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމު.

18:38

ޖަޕާނުން އިތުރު މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 18,398 އަށް އަރާފައި.

އެ ގައުމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 2,506 މީހެއް. ފައްސި ކަމަށް ދެއްކި އާ ވޭދަނަތަކާއެކު އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1,739,353 އަރާފައި.

ޖަޕާނަކީ ދުނިޔެއިން 31 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމު.

18:37

ރޯމޭނިއާއިން އިތުރު 44 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 58,940 އަށް އަރާފައި.

އެ ގައުމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 6,018 މީހެއް. ފައްސި ކަމަށް ދެއްކި އާ ވޭދަނަތަކާއެކު އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1,827,867 އަރާފައި.

ރޯމޭނިއާއަކީ ދުނިޔެއިން 28 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމު.

18:36

އިރާގުން އިތުރު ތިން މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 24,194 އަށް އަރާފައި.

އެ ގައުމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 665 މީހެއް. ފައްސި ކަމަށް ދެއްކި އާ ވޭދަނަތަކާއެކު އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2,095,848 އަރާފައި.

އިރާގަކީ ދުނިޔެއިން 27 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމު.

18:36

ބެލްޖިއަމުން އިތުރު 22 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 28,429 އަށް އަރާފައި.

އެ ގައުމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 27,796 މީހެއް. ފައްސި ކަމަށް ދެއްކި އާ ވޭދަނަތަކާއެކު އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2,179,710 އަރާފައި.

ބެލްޖިއަމަކީ ދުނިޔެއިން 26 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމު.

18:35

ތައިލެންޑުން އިތުރު 11 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 21,780 އަށް އަރާފައި.

އެ ގައުމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 5,775 މީހެއް. ފައްސި ކަމަށް ދެއްކި އާ ވޭދަނަތަކާއެކު އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2,245,250 އަރާފައި.

ތައިލެންޑަކީ ދުނިޔެއިން 25 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމު.

18:33

ޗެކްރިޕަބްލިކްއިން އިތުރު 20 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 36,449 އަށް އަރާފައި.

އެ ގައުމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 7,377 މީހެއް. ފައްސި ކަމަށް ދެއްކި އާ ވޭދަނަތަކާއެކު އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2,510,796 އަރާފައި.

ޗެކްރިޕަބްލިކްއަކީ ދުނިޔެއިން 22 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމު.

18:32

ފިލިޕީންސްއިން އިތުރު 81 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 51,743 އަށް އަރާފައި.

އެ ގައުމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 17,220 މީހެއް. ފައްސި ކަމަށް ދެއްކި އާ ވޭދަނަތަކާއެކު އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2,888,917 އަރާފައި.

ފިލިޕީންސްއަކީ ދުނިޔެއިން 20 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމު.

18:31

ޔޫކްރޭނުން އިތުރު 187 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 96,896 އަށް އަރާފައި.

އެ ގައުމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 6,632 މީހެއް. ފައްސި ކަމަށް ދެއްކި އާ ވޭދަނަތަކާއެކު އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 3,689,291 އަރާފައި.

ޔޫކްރޭނަކީ ދުނިޔެއިން 17 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމު.

18:30

މެކްސިކޯއިން އިތުރު 94 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 299,805 އަށް އަރާފައި.

އެ ގައުމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 20,626 މީހެއް. ފައްސި ކަމަށް ދެއްކި އާ ވޭދަނަތަކާއެކު އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 4,029,274 އަރާފައި.

މެކްސިކޯއަކީ ދުނިޔެއިން 16 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމު.

18:30

ޕޮލެންޑުން އިތުރު 646 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 99,311 އަށް އަރާފައި.

އެ ގައުމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 16,576 މީހެއް. ފައްސި ކަމަށް ދެއްކި އާ ވޭދަނަތަކާއެކު އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 4,179,292 އަރާފައި.

ޕޮލެންޑަކީ ދުނިޔެއިން 15 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމު.

18:28

އިންޑޮނޭޝިއާއިން އިތުރު ހަތް މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 144,116 އަށް އަރާފައި.

އެ ގައުމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 533 މީހެއް. ފައްސި ކަމަށް ދެއްކި އާ ވޭދަނަތަކާއެކު އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 4,264,669 އަރާފައި.

އިންޑޮނޭޝިއާއަކީ ދުނިޔެއިން 14 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމު.

18:27

އީރާނުން އިތުރު 24 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 131,802 އަށް އަރާފައި.

އެ ގައުމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 1,579 މީހެއް. ފައްސި ކަމަށް ދެއްކި އާ ވޭދަނަތަކާއެކު އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 6,203,046 އަރާފައި.

އީރާނަކީ ދުނިޔެއިން 11 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމު.

18:27

ރަޝިއާއިން އިތުރު 802 މީހަކު ކޮވިޑްގައި މަރުވެއްޖެ. މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 313,817 އަށް އަރާފައި.

އެ ގައުމުން މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ 15,316 މީހެއް. ފައްސި ކަމަށް ދެއްކި އާ ވޭދަނަތަކާއެކު އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 10,601,300 އަރާފައި.

ރަޝިއާއަކި ދުނިޔެއިން ހަ ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމު.

18:24

ގަތަރުން 2053 މީހަކު ކޮވިޑަށް ފައްސިވެއްޖެ، ފައްސިވި މީހުންގެ ތެރެއިން 726 އަކީ ދަތުރުވެރިން.

އެ ގައުމުގައިވެސް ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވާން ފެށީ އޮމިކްރޮން ވޭރިއެންޓްގެ ސަބަބުން. އެގޮތުން ފާއިތުވި ހަފްތާ ތެރޭގައި ކޮވިޑްގެ ވޭދަނަތައް އިތުރުވާން ފެށިއިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ގައުމުގެ 60 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާކަން

17:35

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ "އޮމިކްރޮން" އިރާގުން ވެސް ފެނިއްޖެ.

17:28

ޕީސީއާރް ޓެސްޓިންގ މިންގަނޑުތަކާއި ހިލާފުވެގެން ފަތުރުވެރިންނަށް ހިދުމަތް ދޭ ޓޫރިސްޓު އުޅަނދަކަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި

16:48

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ މީހުން އެއްވާއި އެއްވުންތަކާއި، ހަފްލާތަކާއި، ހަރަކާތްތައް ބޭއްވުމަށް ހުއްދަދިނުން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަގުތީގޮތުން މެދުކަނޑާލައިފި

16:41

ކޮވިޑާއި ގުޅިގެން އިނގިރޭސިވިލާތުގެ ހޮސްޕިޓަލްތަކުގައި އުނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުުރުވެއްޖެ.

އެގޮތުން އެ ގައުމުގައި އަންގާރަ ދުވަހާއި ހަމައަށް 17،276 މީހަކު ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކާ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ، އެ ގައުމުގައި ކޮވިޑް ވޭދަނަތައް ވަރަށް "ބާރު" ސްޕީޑެއްގައި ފެންނަމުންދާ ކަމަށާއި، 20 އަށްވުރެ ގިނަ ހޮސްޕިޓަލުގެ "ނާޒުކު ހާލަތު" އިއުލާން ކޮށްފައިވާ ކަމަށް.

ބޮރިސް ވިދާޅުވީ ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރާ މީހުންގެ އަދަދު "ކޮންމެ ނުވަ ދުވަހަކުން ދެގުނަ އަށް އިތުރުވަމުން އަންނަ" ކަމަށް.

15:44

މަކާއުގައި ބައިނަލްއަގުވާމީ ފަސިންޖަރުން އުފުލާ ފްލައިޓްތައް ދަތުރުކުރުން މަނާކޮށްފި.

މަކާއޯގެ ހެލްތު ބިއުރޯއިން ބުނީ އާދީއްތަ ދުވަހުގެ ރެއިން ފެށިގެން ދެ ހަފްތާއަށް "މަދަނީ މަތިންދާބޯޓުތައް ޗައިނާއިން ބޭރުން މަކާއުއަށް ފަސިންޖަރުން އުފުލުމަކީ މަނާކަމެއް" ކަމަށް.

 

15:41

ކޮވިޑް ފެތުރުން ހުއްޓުވުމަށް ޖަޕާނުން "މިހާރަށްވުރެ ހަރުކަށި މިޓިގޭޝަން ފިޔަވަޅުތަކެއް" އަޅަމުންދާ ކަމަށް އެ ގައުމުގައި ތިބި އެމެރިކާގެ އަސްކަރިއްޔާއިން ބުނެފި.

އެ ފިޔަވަޅުތަކުގެ ތެރޭގައި ބޭސް އިން ބޭރުގައި އުޅޭއިރު އެމެރިކާ ސިފައިން މާސްކު އެޅުން ލާޒިމް ކުރުމާއި ޓެސްޓު ކުރުމުގެ މެންޑޭޓްތައް ހަރުކަށި ކުރުން ހިމެނޭ.

މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައި ވަނީ ޖަޕާންގައި ކޮވިޑް ވަރަށް ބޮޑަށް ފެތުރެމުން އަންނަ ދަނޑިވަޅެއްގައި.

15:00

އިންޑިއާގައި އެއް ދުވަހުގެ ތެރޭގައި ރެކޯޑް އަދަދަކަށް ކޮވިޑް-19ގެ އާ ވައްތަރުކަމަށްވާ އޮމިކްރޮން ވޭރިއެންޓްގެ ވޭދަނަތައް ފެނިއްޖެ

14:11

ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ އޮމިކްރޮން ވޭރިއެންޓާއި ގުޅިގެން ތައިލެންޑްގައި އެލާޓް ލެވެލް މަތިކޮށްފި

14:06

ޗައިނާގެ ހެނާން ޕްރޮވިންސްގައި ކޮވިޑް-19އަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރުވުމާއި ގުޅިގެން ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައިފި.

އެގޮތުން އިއްޔެ އެކަނި 64 މީހަކު ކޮވިޑަށް ފައްސިވެފައިވޭ.

މި އަދަދުތަކަކީ ދުނިޔޭގެ ގިނަ ތަންތަނާ އަޅާބަލާއިރު މަދު އަދެދުތަކެއް، އަދި މިހާތަނަށް އެ ސަރަހައްދުން އޮމިކްރޮންގެ ވޭދަނައެއްވެސް ފެނިފައިވޭ. ނަމަވެސް ގިނަ ސިޓީތަކަކުން ވަނީ.

އެހެންކަމުން އެއް މިލިއަން މީހުން ދިރިއުޅޭ ހެނާންގެ ކައުންޓީއެއް ކަމަށްވާ ގުޝީ ވަނީ މީހުން ޓައުން ދޫކޮށް ދިއުން ހުއްޓުވައި އެހެން މީހުން އައުން ހުއްޓުވުވާފައި. އަދި ޔުޒޫ ސިޓީގައި ދިރިއުޅެމުންދާ 1 މިލިއަން މީހުން ފުރަބަންދުކޮށްފައިވާއިރު، ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ބޭރަށް ނުނިކުމެވޭ ގޮތް ހަދާފައި.

މީގެ އިތުރުން، ޒޫޗަންގް ސިޓީގައި ދިރިއުޅޭ 4 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑަށް ޓެސްޓު ކުރަން ވަނީ ފަށާފައި.

14:01

އިންޑޮނޭޝިއާގެ އާބާދީގެ 85 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުގައި ކޮވިޑް-19އާ ދެކޮޅަށް އެންޓިބޮޑީސް ހުރި ކަމަށް، ސަރުކާރުން ހެދި ސާވޭއަކުން ދައްކައިފި.

ގާތްގަނޑަކަށް 22،000 އެއްހާ ބައިވެރިންނާއެކު ޔުނިވާސިޓީ އޮފް އިންޑޮނޭޝިއާއިން ހެދި ދިރާސާއިން އެނގުނު ގޮތުގައި އިންޑޮނޭޝިއާގެ މީހުންގެ ހަށިގަނޑުގައި، ކޮވިޑްގެ ޖަރާސީމާއި އަދި ވެކްސިންތަކާއި އެއްކޮށްގެން އެންޓިބޮޑީސް ހުރިކަމަށް ދައްކާ

13:55

ރާއްޖެ އިން އުމްރާއަށް ގޮސް ތިއްބާ ކޮވިޑް-19އަށް ފައްސިވި އެންމެންގވެސް ހާލު ރަނގަޅު ކަމަށް ތަވައްކަލް ގްރޫޕުން ބުނެފި

13:33

ކޮވިޑް-19ގައި 79 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެ

13:06

އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން ނުވަ އަހަރުގެ ފިރިހެން ކުއްޖަކަށް ކޮވިޑް-19 ޖެހި ލޮލުގެ ފެނުން ގެއްލެން ކައިރިވެފައިވަނިކޮށް ސަލާމަތް ކޮށްފި

11:01

އުމްރާއަށް ގޮސް ތިބި ދިވެހިންތަކެއް ކޮވިޑަށް ފައްސިވެއްޖެ.

ކޮވިޑް-19 އަށް މާލެ އިން ފައްސިވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރު ވަމުންނެވެ. ބުދަ ދުވަހު 224 މީހުން ފައްސިވިއިރު އޭގެތެރެއިން 102 މީހުންނަކީ މާލެ އިން ފައްސިވި މީހުންނެވެ.

ބުދަ ދުވަހަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. ފާއިތުވި ހަމަހާއި 21 ދުވަސް ތެރޭގައި މާލެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހަށް ބުދަ ދުވަސް ވީއިރު މާލޭ ސަރަހައްދުގައި ކޮވިޑުން ރައްކާތެރި ވުމަށް މާގިނަ ފިޔަވަޅުތަކެއް އަޅާފައެއް ނެތެވެ. އޮމިކްރޮން ވޭރިއަންޓްގެ ނުރައްކާ ބޮޑުވެފައި ވާއިރު ވެސް ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ތަންފީޒު ނުކުރާތީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މުޅި ދުނިޔޭގެ ހުރިހާ ގައުމެއްގެ ސިއްހީ ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ހެލްތު މިނިސްޓަރުންނާއި އަދި ސަރުކާރުތަކުން އަންނަނީ އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ހާލަތު ބަދަލުވެދާނެ ކަމުގެ އިންޒާރު ދެމުންނެވެ. ނަމަވެސް ރާއްޖޭގައި ކުރިއަށް އޮތް ދެތިން ހަފްތާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން ފިޔަވައި އިތުރު އެއްވެސް އިންޒާރެއް ނެތެވެ.

ކޮވިޑުން ރައްކާތެރިވުމަށް މިހާރު މާލޭގައި އިއުލާން ކޮށްފައި އޮތް މަދު ފިޔަވަޅުތައް ވެސް ތަންފީޒެއް ނުކުރެއެވެ. އެހެންކަމުން ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ އެއްގޮތައް ދާދި އަވަހަށް މާލޭގެ ހާލަތު ވެސް ބަދަލު ވެދާނެއެވެ. ކޮވިޑަށް ފައްސިވާ މީހުންގެ ނިސްބަތް ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރު ވެގެން ހިނގައިދާނެއެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރައްޔިތުމީހާ

    ކޮބާ މައިމޫނާ. އެވޯޑް ލިބުނީމަ ހުރިހާ ކަމަކުން ރެކުނީބާ؟

    • ރަގަޅަށްޗެކްކޮށްލައްވާ

      އެއީ އަދި "އެހެން ފަގުޑި އައްޔެއް".

  2. ޖީއެސް އެމް

    ބަލަ، މާލެއަށް އަރާ މިއޮއްހައި މީހުން ނުފެނޭތަ؟ ޗުއްޓީ ވީމަ ހާދަބަޔެކޭ މިހާރު މާލޭގަ މިދުވަސްކޮޅު މި އުޅެނީ، އެހެންވީމަ ބަލިތަށް ޗެތުރޭލެއްބޮޑުވާނެދޯ؟

  3. ޜައްޔިތުމީހާ

    ޢެޗް ޕީ އޭ އިން އަމަލުކުރަނީ ގެސްޓް ހައުސްތަކުގެ މީހުން ބުނާގޮތަށް... ޜަށްރަށުގެ ޞިއްހީ ދާއިރާތަކުން ނިންމާ ނިންމުންވެސް ބެލުމެއްނެތި ބަދަލުކުރާ ފޫހި ބައެއް 😡

  4. Anonymous

    ޗުއްޓީތެރޭ ކުޅޭނެހާ ނާޗަރަންގީއެއް ކުޅެ ނިމި ސްކޫލުތައް ކައިރިވީމާ ކޮންމެވެސް އެއްޗެއް ކިޔާ ޤައުމު ބަންދުކުރޭ. ރައްޔިތުން ވެއްޖެ މިބައިގަނޑު ސައިޒުކުރަން ރޭވެުންތެރިކަމެއްނެތް މަކަރާއިހީލަތުގެ ބައެއް

    2
    1