ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ސްރީލަންކާގެ މަސް ބޯޓެއް ބަންޑުން ދިއުމާ ގުޅިގެން އެ ބޯޓުގައި ތިބި ހަ މަސްވެރިންގެ ތެރެއިން ފަސް މަސްވެރިއަކު އިންޑިއާގެ ބޯޓަކުން ސަލާމަތްކޮށްފިއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެ ގައުމުގެ ބޭރުވަލަ ޓައުން އިން މަހަށް ނުކުތް "އަސޭލަ ޕުތާ" ބޯޓުގައި ތިބި ފަސް މީހުން ސަލާމަތް ކުރީ ޓެމިލްނާޑޫ ސްޓޭޓްގެ ޗެންނާއީގެ އިރުމަތިން 170 ނޯޓިކަލް މޭލު ބޭރުންނެވެ. އެމީހުން ސަލާމަތްކޮށްފައި ވަނީ "ވައިއެމް ސަމިޓް" ކިޔާ ބޯޓަކުންނެވެ.

ލަންކާ އަސްކަރިއްޔާގެ ތަރުޖަމާނު ކެޕްޓަން އިންދިކާ ޑި ސިލްވާ ވިދާޅުވީ އެ ބޯޓުގައި ހަ މަސްވެރިން ތިބި ކަމަށާއި ނަމަވެސް އެކަކު ގެއްލިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ. އެ މައުލޫމާތު ލަންކާގެ ރާއްޖެ އަދި އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބޯޓު އެންމެ ފަހުން ފެނިފައި ވަނީ ވ. އަތޮޅާ ދިމާލުންނެވެ. އެހެންވެ، އެ ބޯޓު އޮޔާދާތީވެ ސަމާލުވުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިއްޔެ ވަނީ އަންގައިފައެވެ.

އިންޑިއަން ކޯސްޓްގާޑުން ބުނީ އެ މަސްވެރިން ސަލާމަތްކުރުމުގެ މަސައްކަތް ކޯޑިނޭޓް ކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (މުމްބާއީ) އާއި ޗެންނާއީ އިން ކަމަށެވެ. މިއަދުގެ ވަގުތެއްގައި އެ މަސްވެރިން ލަންކާ އަށް ގެންދާނެ ކަމަށް އެ ގައުމުގެ ނޫހަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ދޯންޏާއެކު މުވާސަލާތީ ގުޅުން ކެނޑިފައިވާ ކަމަށް ބުނެ ވެރިފަރާތުން ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ލަންކާގެ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.
ވައިއެމް ސަމިޓުން ވަނީ، މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައިވެސް ލަންކާއިން މަހަށް ނިކުމު އުޅުނު ދޯންޏެއްގެ ފަޅުވެރިންތަކެއް ސަލާމަތް ކޮށްފައެވެ. ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް ލަންކާގެ ގިނަ އަދަދެއްގެ މަސް ބޯޓުތައް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮވިޑް

    ރާއްޖޭގެ ސަރަހައްދަށް ބަންޑުން ވީ ލަންކާ ބޯޓެއް އެ ބޯޓް ގަ ތިބި މޫހުން ސަލަމަތް ކުރީ އިންޑިއާ ބޯޓެއް އަޖައިބު ނުވާނެތަ އިންޑިއާ ބޯޓްތަކަށް ރާއްޖޭގެ ސަރަހައްދު ހިތަކަށް ދެއްވާފަ ތޯ؟ އިންޑިއާ ބޯޓް ތަކަށް ހުއްދައީތޯ ރާއްޖޭގެ ސަރަހައްދު؟ މިހުރީ މި ޤައުމު އަޅުވެތި ކޮށްފަ ހުރި މިންވަރު. # އިންޑިއާ އައުޓް # އިބޫ އިސްތިއުފާ .

    39
    2
    • ބީރުމީހާ

      މީ އިންޑިއާ ކަނޑޭ އެމީހުން ބޭނުން ގޮތަކަށް އުޅެވޭނެ ހުއްދަ އެބައޮތް އިބޫ ބުނީ އޯކޭ އިންޑިއާ ވިއްޔާ

      10
      10
    • އާކް

      ކަލެއައް ލިޔަން ކިޔަން ވެސް ނޭންގެ އެއްނު! އޭނީ ޖަހާފަ ޓެމިލްނާޑޫ 170 މޭލު ބޭރުންނޭ.. ރާއްޖޭގަ ޓެމިލްނާޑޫ އޮވޭ؟ ޔާމީނު ތޮއްބުޑުން ދުވެ ދުވެ ހުރެ ތިހުންނަނީ ދުވާލު ރޭގަނޑަށް ބަދަލުވެސް ކޮއްލައިގެން. ބޯ ހަލާކު!!

      8
      15
      • ކޮވިޑް

        " ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ ބޯޓެއް އަޑިއަށް ގޮސް އެކަކު ގެއްލިއްޖެ" ހެޑްލައިން . ދެން އާކް މެން ނަޝީދު ފަހަތުން 24 ގަޑިއިރު ތެރޭ އަންނަ ވަގުތު ކޮޅުގަ ތިބެނީއެކޭ ނޫން މިބުނަނީ.

      • ޢާކްއަށް

        މީހަކު އިބޫ އޭ ބުނާ އިރަށް ފުއްމައިގެން ތެދުވެ ޔާމީނުއޭ ކިޔަން ޖެހޭތަ؟

  2. ޒާ

    ބޯޓެއް ބަންޑުންވީ ކިހިނެތްތޯ؟

  3. މަޖުބޫރީހާލަތް....

    މި ހިރީ އިންޑިޔާގެ ނުފޫޒުގަދަކޮއްފަވާވަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގަ ހާލުގަ ޖެ ހިފަތިބި ބަޔަކު ސަލާމަތްކޮއް އެހ ހީ ފޯރުކޮއްދިނުމައް ރާއްޖޭގެ ކޯސްޓްގާޑައް ހަރަކާތްތެރިވުން އޮތީ މަނާކުރެވިފަ ބޭނުމަކި އިންޑިޔާގެ އަޅުވެތިކަން ބޭނުންވާކަން ދިވެހިންނައް ވިސްނައިދި ނުން

  4. ާއަޖައިބު

    އިންޑިއަން ކޯސްޓްގާޑުން ބުނީ އެ މަސްވެރިން ސަލާމަތްކުރުމުގެ މަސައްކަތް ކޯޑިނޭޓް ކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (މުމްބާއީ) އާއި ޗެންނާއީ އިން ކަމަށެވެ.

    ބަލަ މިއީ އިންޑިއާ ތަ؟