ރާއްޖެއާއެކު އިގްތިސޯދީ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ ގޮތުން 62.8 މިލިއަން އެމެރިކާ ޑޮލަރު (968.2 މިލިއަން ރުފިޔާ)ގެ ހިލޭ އެހީއެއް ރާއްޖެއަށް ދިނުމުގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ސޮއިކޮށްފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހަފުލާއެއްގައި ވަނީ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 968.2 މިލިއަން ރުފިޔާ (62.8 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 400 މިލިއަން ޔުއާން) ގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދޭނެއެވެ. މިއީ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީ ހޭދަކުރަން ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީއެކެވެ.

މީގެ އިތުރުން މާލެއާއި ހުޅުމާލެ ގުޅާލާފައިވާ ސިނަމާލެ ބްރިޖް ބެލެހެއްޓުމުގެ އެއްބަސްވުމާއި، ފެން ފޯރުކޮށްދިނުމުގެ ނިޒާމު ފަސް ރަށެއްގައި ގާއިމް ކުރުމުގެ އެއްބަސްވުމަކާއި، ސިއްޚީ ދާއިރާއިން އެހީ ދިނުމުގެ އެއްބަސްވުމެއްގެ އިތުރަށް އޮންއެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

މީގެ ކުރިން ސިނަމާލެ ބްރިޖްގެ މަޝްރޫއު ހިންގުމަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭއާއި އިތުރަށް އެއާޕޯޓް ތަރައްގީ ކުރަން ވެސް ޗައިނާއިން ގިނަ އެހީތަކެއް ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަބަސް

    ިހާރު ދެން ގޮވާނެ އައުގުރާނެއް ނެއެގޭ. ޗަިނާއިން އެހީދެނީ ޔާމީނުއަކަށް ނުންކަމާއި އެހޭ ދެނީ ރާއްޖޭގެ ރައްޔިތުންނަށްކަން މިހާރު ގަމާރުންނަށް އޮންނާނީ އެގިފަ. އިރާދަ ކުރެއްވިއްޔާ އެހީގެ ބޭނުން ވަްކަން ނުކޮށް ރައްޔިތުން ނަށް އިބޫގެ ސަރުަކަރުން ފޯރު ކޮށް ދޭނެ. ޔާމިނު ނަމަ އެހީގެ ގިނަ ބައި ދާނި ސީދާ އަމިއްލަ އެކައުންޓަށް.

    5
    27
    • Anonymous

      ކިތަންމެ ވަރަކަށް އެހީދިނަސް ކަމެއްކުރަންން ނޭނގޭބަޔަކަށް އެއްކަމެއްވެސް ނުވާނެ. ދެން ބުނެލަން އޮތީ ގައުމު ރަނުންޖަރީ ކުރިޔަސް ގައުމުދެކެ ލޯބިވާ ދަރިންނޭ މިމީހުންނަށް ވޯޓް ނުލައްޗޭ. މިމީހުންނަކީ އެއްވެސް ވަރަކަށް ގައުމު ދެކެ ލޯބިވާބައެއްނޫން، އެއަށްވުރެ ހިޔަޅުބައެއް، އެހެންނޫންނަމަ އިންޑިޔާސިފައިން މިގައުމުން ބޭލީސް.

      26
      • ސެފެނިން

        ތީ އިންޑިއާ ސިފައިން ތިބެގެން ކުރާ ކެމްޕޭނެއް ނޫނޭ ޔާމީނު ހީކުރަނީ އޭނާ ބަލިވީ އިންޑިއާ އެހީވެގެން ކަމަށް އެހެންވެ އެކަމުގެ ބަދަލޭ ޔާމީނު އެހިފަނީ، ޔާމީނު ފަދަ ކުޑަކުޑަ މީހެއް އިންޑިއާއާ ޖައްސައިލައިގެން އެގައުމު ބިރުން ސީލެވިގެން އެއުޅެނީ ތިކަހަލަ ގަމާރުން އެކަހަލަ ބޮޑެތިވަގުން ފަހަތުގަ އަތްޖަހަން ތިބޭނީ

    • ވިސްނާލުމަށް އެދެމޭ

      ކަލޭ ސަޓަންޏޭ... ގޮހޮރޭ.. ނުކިޔާ ...ﷲ އިންސާނުންގެ ގަ އިގަލެ އްވި ރީތި ސިފަ އެ އް ކަމުގަވާ ލަދުވީހިސާބެހޯދަބަލަ...ﷲ ދިރިތިބީންނަ މިދެ އްކެވީ ރީތި މިސާލެ...ތިމީހުންގެ މުނާފިގުކަމާ ދޮގުވެރިކަން..ތިމީހުން ފަލީހަތްކުރެ އްވީ...ތިމީހުން ގޮވި ހަޑިބަސްތަ އް ތިމީހުންގެ އަނގަޔަށްވަނީ...ދެން އަތްޖަހާ އަތްޖަހާ ޗަ އިނާ އޭ ކިޔާ..

  2. ކޮވިޑް

    ތާހިރު ވެއްޖެއްނު އެންމެފަހުން ހަމަ ޗައިނާގެ ފައިބުޑަށް ދޯ ކާޕެޓް އަޅަން ތި ޖެހުނީ. ދެން ނަޝީދު ގޮވާބަލަ ޗައިނާ އަށް އެއްޗެހި. # އިންޑިއާ އައުޓް #

    30
  3. ނެދުން

    މިހާރު ޗައިނާ އައުޓު ނޮގޮވައި ތިބެނީ ކީއްވެ. އަވަހަށް އައުޓު ޖަހައިގެން ދުވަންފަށާ. ކަލޭމެނަށް ފެނޭތަ އިންޑިޔާއާއި އެކު ގުޅުން ބަދަހު ކުރަމުންވެސް ޗައިނާއާޢި އެކު ބާއްވާ ގުޅުން. އޭރުުގެ ރައީސް ޔާމިނަކަށް ޗައިނާގެ ގުޅުން ބާއްވަމުން އިންޑިޔާގެ ގުޅުމެއް ނުލިބުނު. އަދި ދެ ގައުމުގެ ގުޅުން ގާއިމު ކުރަން ނެއެގި ތަޅާ ފޮލާ ހިސަބަށް ގެންދިޔައީ. ލޯ ފޮހެފަ އަދި އެއްފަހަރު ބުުނެބަލަ ފައިސާހުރި ގައުމާއި އެކަނިއޭ ގުލުން ބާއްވަނީ. އެންމެ ފައިސާހުރި ގައުމާއިވެސް އަދި ބަގްލާ ދޭޝް އާއިވެސް ގުޅުން އެބާއްވަނި. ހުރިހާ ގައުމަކީވެސް ރާއްޖޭގެ ވެރިކަން ބަލައި ގަންނަ ގައުމުތަށް. ލަދުގަންނަްޖެހޭނެ ރައީސްކަން ކުރެއްވި ދުވަސްވަރު ރާއްޖޭހެ ހާލަތާއިމެދު.

    3
    23
  4. Anonymous
  5. ނުރު

    އެއްޗެހި ގޮވާފަ އެންމެފަހުން، ސަލާމް ޖެހީ. ޗައިނާ ރަގަޅުތާ . މިހާރުވެސް ބޮޑް ބޭބެ އިންޑިއާ އަށްވުރެ އިތުރަށް ހިލޭ އެދިނީ އެހީ. ކާންދިނިއްޔާ ބޮޑްބޭބެ.

    24
  6. އަބްދޫ

    މިހިލޭ އެހީގެތެރޭގަ 7000 ފްލެޓް ފިނީސިން ނިންމުމަށް ދިން ހިލޭއެހީ ހިމެނޭ، ނަމަ މިފައިސާ ފްލެޓް ލިބުނު ފަރާތްތަކަށް ދޭންޖެހޭނެ ކަމަށް ދެކެން.

    18
  7. އަބްދޫ

    މިހިލޭ އެހީގެތެރޭގަ 7000 ފްލެޓްއަށް ދިންއެހީ ހިމެނޭ ކަމަށް ދިޔަރެސް ނޫހުން ބުނޭ މިހެން ވެއްޖެނަމަ 7000 ފްލެޓް ފިނީސިން ނިންމުމަށް މި ހިލޭއެހީ އިން ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދޭންޖެހޭނެ ކަމަށް ދެކެން.

    18
  8. އަބްދޫ

    7000 ފްލެތްގެ ފިނީސިން ނިންމުމަށް 42 މިލިއަންޑޮލަރުގެ ލޯނެއްދިނުމަށް ޗައިނާ ސަރުކާރުން ކުރިން ނިންމާފަ އޮއްވާ ވަގު ނަސީދު ޗައިނާއާއި ގުޅުވައިގެން ދޮގުވާހަކަ ފަތުރަންފެށުމުން ފައިސަ ދިނުން ހުއްޓާލީ .މިހާރު 7000 ފްލެޓަށް ދިންފައިސާއި ފިނީސިން ނިންމުމަށް ފައިސާ ދޫކުރަންޖެހޭނެ ކަމަށް ދެކެން.

    16
  9. ކެލެމިންލޯ

    ދެން މާދަމާ ޕޕޕ ކުދިން ގޮވަން ފަށައިފާނެ ޗައިނާ އަށް އަޅުވެތިވަނީއޭ ޗައިނާ އައުޓޭ ލޮލް