22:13

މިއަދު ރާއްޖެއިން އިތުރު 384 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

 

20:57

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސްކޫލްތަކުގައި ވެސް ފިޔަވަޅުތައް ވަރުގަދަ ކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި.

20:13

ކުޅަދާނަ ލަވަކިޔުންތެރިޔާ އަރްޖީތް ސިންގ ކޮވިޑް-19 އަށް ފައްސިވެއްޖެ

19:12

ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިވާ ކޮވިޑް-19 ގެ އާ ވޭރިއަންޓް އޮމިކްރޮން ރާއްޖޭގައި ފެތުރެމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި.

19:12

މާލެ ސަރަޙައްދުން ދަތުރުކުރުމުގައި ކޮވިޑް-19ގެ ޕީސީއާރް ޓެސްޓް ހަދަން މަޖުބޫރުކޮށްފި. މިގޮތަށް ނިންމާފައިވަނީ މާލޭ ސަރަހައްދުން ކޮވިޑަށް ފައްސިވާ މީހުންގެ އިންސައްތަ ފަސް އިންސައްތައަށްވުރެ އިތުރުވެފައިވާތީ.

12:41

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ 400 އަށް ވުރެ މެމްބަރުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

09:31

އިންޑިއާ އަށް ދަތުރުކުރާ ދިވެހިން ވެސް ކަރަންޓީން ވާން ޖެހޭނެ.

08:58

ކޮވިޑް އިތުރު ވާތީ ކޫއްޑޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި.

08:42

އޮމިކްރޮން އާއި ޑެލްޓާ އެކުވެގެން އުފެދިފައިވާ ވޭރިއަންޓެއް ފެނިއްޖެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ކޮންމެ ދުވަހަކު ވެސް މިހާރު ރެކޯޑް އަދަދެއްގެ މީހުން އަންނަނީ ފައްސިވަމުންނެވެ. ހޮނިހިރު ދުވަހު ދުނިޔެ އިން 2.7 މިލިއަން މީހުން ކޮވިޑަށް ފައްސިވިއެވެ. ހޮނިހިރު ދުވަހަކީ މިހާތަނަށް އެންމެ ގިނަ މިހާރު ކޮވިޑަށް ފައްސިވި ދުވަހެވެ.

އަހަރު ނިމުނު އިރު ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އެވްރެޖް އަދަދު ހަލައްކައިގައި ހުރި ނަމަވެސް މިހާރު އެއަދަދު ވަނީ 2.1 މިލިއަނަށް އަރާފައެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އަދި އިތުރުވަމުންނެއް ނުދެއެވެ. ނޮވެމްބަރ މަހު ހަތް ދުވަހުގެ އެވްރެޖަށް ބަލާއިރު ކޮވިޑް ޖެހިގެން ދުވާލަކު މަރުވާ މީހުންގެ އަދަދު ހުރީ ހަތްހާހުގައެވެ. މިހާރު އެއަދަދު ވަނީ ހަހާކަށް ދަށަށް ގޮސްފައެވެ.

ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އަދި ދަށުގައި ހުރި ނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮވިޑްގައި ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ނިސްބަތައް ބަލާއިރު ކުރިއަށް އޮތް ހަފްތާއެއް ނުވަތަ ދެހަފްތާއެއް ދުވަސް ތެރޭގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.

ކޮވިޑް އޮމިކްރޮން ވޭރިއަންޓަށް ފައްސިވާ ގިނަ މީހުންގެ ފަރާތުން ފެންނަނީ އާދައިގެ އަލާމާތްތަކެއް ކަމަށް ބައެއް ދިރާސާތަކުން ދެއްކި ނަމަވެސް އޮމިކްރޮން އަށް ފައްސިވި އެތައް ބަޔަކު ވެސް މަރުވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ސިއްހީ ހިދުމަތްތެރިން އިލްތިމާސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު