މާލެ އިން ހުޅުމާލެ އަށް ދިއުމަށް ހުޅުލޭގައި އޮންނަ ހަލިމަގުގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ އެކްސިޑެންޓް ހިނގީ މާލެ އިން ހުޅުމާލެ އަށް ދިޔަ ދެކާރު ޖެހިގެންނެވެ. ދެވަނަ އެކްސިޑެންޓް ހިނގީ ހުޅުމާލެ އިން މާލެ އަށް ދިޔަ ދެސައިކަލް ޖެހިގެންނެވެ.

މަންޒަރުދުއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓްވި ދެކާރު އޮތީ ފުނޑުފުނޑުވެފައެވެ. ކާރުތައް އެކްސިޑެންޓްވި ސަރަހައްދުގައި ހޭނެތިފައި އޮތް މީހަކު އަތްދަނޑި މައްޗަށް ލައިގެން މީހުން ތިބި މަންޒަރު ފެނުނު ކަމަށް ވެސް އެސަރަހައްދަށް ދިޔަ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުންޏެވެ. ނަމަވެސް އޭނާގެ ހާލަތާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

މިއެކްސިޑެންޓްތަކުގައި އަނިޔާވި މީހުންގެ އަދަދެއް ވެސް އަދި ކަށަވަރެއް ނުވެއެވެ.

އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ސިނަމާލެ ބުރިޖާއި ހުޅުމާލެ އާއި ދެމެދު އޮންނަ ހަލި މަގުގައި އާއްމުކޮށް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައެވެ. ގިނައިން މިމަގުގައި އެކްސިޑެންޓްތައް ހިނގަނީ އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުއްބާ

    އެކްސިޑެންޓެއްތަ ނޫނީ ހަނގުރާމައެއްތަ ތިއޮތީ ހިނގާފަ،،،،،، ތިހާ ގިނަބަޔަކައް އަނިޔާވާން..... މަގުތަކުގަ ވެރިކަންކުރަނީ ޕާޓޭންނާއި ގުނަޑާއިން. މިހާރު މަގުމައްޗެއް ބަލަހައްޓާނެ ފުލުހަކު ނުވޭ. އެމީހުން މާ ބިޒީ އެމްޑީޕީއައް ގުލާނުތަޅާފަ އެހެންކަމެއް ކުރާނެވަގުތެއް ނުވޭ.

    9
    2