19:32

ހަމަސް ފަހުން ކޮވިޑް-19 ބަލީގައި ހޮންކޮންގް އިން މީހަކު މަރުވެއްޖެ ކަމަށް ޗައިނާއިން ބުނެފި

16:59

ލ. ފޮނަދޫގައި ކޮވިޑު-19 ފެތުރުން އިންތިހާއަށް އިތުރުވެ ދުވާލެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދު 30 އާއި 40 އާއި ދެމެދުގައި ހުރި ނަމަވެސް، އެރަށު ކައުންސިލުން އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމުގެ ޝަކުވާ އެރަށުގެ ރައްޔިތުން ކޮށްފި

08:34

ބޫސްޓަރ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 95000 އިން މައްޗަށް.

ކޮވިޑް-19 ފެތުރުމަށް އޮމިކްރޯންގެ ސަބަބުން އައި ބަދަލާއިއެކު ވެސް ބައެއް ގައުމުތަކުން ފިޔަވަޅުތަކަށް ލުއިތައް ދޭން ތައްޔާރުވާން ފަށައިފިއެވެ.

އެގޮތުން އެންމެ އަވަހަށް ބޮޑެތި ލުއިތައް ދޭނެ ކަމަށް ބެލެވޭ އެއްގައުމަކީ މެލޭޝިއާއެވެ. މެލޭޝިއާގެ ބޯޑަރު އަންނަ މާޗް މަހު އާއްމުކޮށް ހުޅުވާލާނެ ކަމުގެ އިޝާރާތެއް މިއަދު ވަނީ ދީފައެވެ. މާޗް މަހު މެލޭޝިއާ އަލުން ހުޅުވާލާއިރު އެގައުމަށް އެތެރެވާ މީހުން ކަރަންޓީން ވާކަށް ނުޖެހޭނެއެވެ.

މެލޭޝިއާގެ އިތުރުން އިންޑޮނޭޝިއާ އިން ވެސް ވަނީ ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިތައް ދޭން ނިންމާފައެވެ. އިންޑޮނޭޝިއާ އިން ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި އިމާރާތްތަކަށް ވަންނައިރު ހުން ބެލުން ފަދަ ކަންކަން ކުރުން ހުއްޓާލުން ވެސް ހިމެނެއެވެ.

ފިލިޕީންސުން ވެސް ވަނީ ކޮވިޑްގެ ފިޔަވަޅުތަކަށް އިތުރު ލުއިތައް ދޭން ނިންމާފައެވެ.

އޮމިކްރޯން ވޭރިއަންޓާއިއެކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވި ނަމަވެސް މިހާރު ގިނަ ގައުމުތަކުން ފައްސިވާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. އަދި ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ވެސް ފާއިތުވި ދެދުވަހު ވަނީ މަދުވެފައެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު