ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ދޫނިތަކެއް މަރާލި މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލު ރިޕޯޓެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފިޝަރީޒް މިނިސްޓްރީއަށް އަންގަވައިފިއެވެ.

ރާއްޖެ އެތެރެ ކުރި 130 ދޫންޏެއް އެއީ އެތެރެ ކުރުން މަނާ ދޫނިތަކެއް ކަމަށް ބުނެ މަރާލާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ޕްލާންޓް އެނިމަލް ކަރަންޓީނު ޔުނިޓް ތެރޭގައެވެ. މިއީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ޔުނިޓްއެކެވެ.

މި ދޫނިތައް މަރާލާފައިވަނީ އައިސް ފޮށިތަކަށް ލައިގެންނެވެ. އެ ގޮތަށް ފިޝަރީޒް މިނިސްޓްރީން ނިންމީ ބަންޑާރަ ނައިބުގެ އޮފީހުން އެ ގޮތަށް ގާނޫނީ ލަފާ ދެއްވުމުން ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެކަމަކު އެ ކަން ދޮގުކޮށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ ދޫނިތައް ދޫކޮށްލުމުގެ ލަފާ ވެސް ދެއްވި ކަމުގައެވެ.

މަރާލި ދޫނިތަކުގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓުގައި ނެތިދާނެ ކަމުގެ ބިރު ބޮޑު ލިސްޓުގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނޫނީ އެމެޒޯނާ ފެރިސޯނާގެ ދޫނިތަކެއް ހިމެނެ އެވެ. ނަމަވެސް މަރާލީ އޭގެ ތެރެއިން ކިތައް ދޫނި ކަމެއް އަދި ސާފެއް ނުވެއެވެ.

އެ މައްސަލަ ހޫނުވެފައި ވަނިކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ދޫނި މަރާލި މައްސަލައިގެ ތަފްސީލު ރިޕޯޓެއް ހުށަހެޅުމަށް ރައީސް ސޯލިހު، ފިޝަރީޒް މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.

ދޫނިތައް މަރާލި މައްސަލައިގައި ސަރުކާރަށާއި ފިޝަރީޒް މިނިސްޓްރީއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އެ މައްސަލައާ ގުޅިގެން މީސް މީޑިއާގައި ގިނަ އަދަދެއްގެ ދިވެހިން ގެންދަނީ އަޑު އުފުލަމުންނެވެ. މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި މެމްބަރުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. އަލީ

    މިނިސްޓަރު އިސްތިއުފާ ދެއްވަންޖެހޭކަމެއް މިއީ.

    16
    • ޙައްގުބަސް

      އިސްތިއުފާއޭ؟ ނުދޭނެ! މީ ރާއްޖެއެއްނު! މިއުޅެނީ ޖިނާޢީ މައްސަލަ ކޯޓްގައި ހިނގާ މިނިސްޓަރުވެސް ކެބިނެޓްގަ ބަހައްޓައިގެން! މިދޫނިތައް މަރާލުން މިއީ ހިންގަފައިވާ ބޮޑު ޖަރީމާއެއް!! މިދޫނިތައް އެތެރެކުރި ޕެޓް މާސްޓާއިން ބުނާ ގޮތުގައި އެމީހުން މިފަދަ ދޫނިތަކެއް ރާއްޖެއެތެރެ ކޮށްފައިވޭ! މައްސަލައެއް ނުޖެހޭ! މިފަހަރު ދޫނިތައް ހިފެހެއްޓުމުން އެބަހައްޓާފައި ހުރި ތަނަށްގޮސް 15 ކޮށި ރާއްވާ އެކޮށްޓަށް ލާ ކޮންމެ ދުވަހަކު ޕެޓްމާސްޓާއިން ދޫނިތަކަށް ކާންވެސް ދެމުން ދަނިކޮށް މިޖަރީމާ މިހިންގީ! ޕެޓްމާސްޓާއިން އެދުނުކަމަށްވޭ މިދޫނިތައް ކަތިނުލާ ކުޑަކުދިންގެ ބަގީޗާއަށް ހަދިޔާކުރަންވެސް!! އެކަންވެސް ނުކޮށް މިނާގާބިލް، ނުލަފާ، އަނިޔާވެރި އަދި އީސީ ޝަރީފާ ގުޅިގެން ވޯޓުން ވައްކަންކޮށްގެން އައިސްތިބި މީހުން ދޫނިތައް ކަތިލާ މިނިންމާލީ!! ކީކޭ ދެން ބުނާނީ!! އެކަމަކު ވާހަކަ ވަރަށް މޮޅުވާނެ!!

  2. އރ

    ކިތައްމެ ރިޕޯޓެއް ހުށައެޅިޔަސް ދޫނިތަކެއް ނުއެއް ދިރޭނެ ދެނެއް. ދޫނިތައް މަރާލި ބަޔަކު އައިސް ފޮއްޓައް ލާންވީ.

    11
    1
  3. މިތުރާ

    ދޫނިތައްމެރީ ކިއްވެގެން؟،

  4. ފިޔަވަޅު

    ހމ ދެން ރައީސް މީހާ މިކަމުން މި ސަލާމަތް ވީ .
    ދެން ވަޒީރު މުސާރަ ދީފަ ގޭގަ ބަހައްޓާނީ .
    މިކަމުގާވެސް އެންމެ ފަހުން ކުއްވެރިވާނީ ކުރީސަރުކާރު

    10
    • ކަނީރު

      މިކަމަކީ ދެރަކަމެއް. އެކަމަކު ތިބުނީ ރަނގަޅަށްހަމަ. ކުރިންވެސް މިަދާއިހަމައަށް ކުރަމުން އައިގޮތްމިއީ. މާ ނޫންކަމަށް ނަހަދާ

  5. ބާނީ

    ތި ރިޕޯޓެއް ހެދިޔަސް ވާކަމެއް އޮވޭތައް.........
    މި އުލެނީ މަރާލާ މީހުންގެ މައްސަލަ ވެސް ނުނިމިގެން .....ދެން ކޮންރިޕޯޓެއް .............

  6. ވައިކިންގ

    އިންސާނުންގެ އަނިޔާވެރިކަން ކީރިތި ﷲ ބައްލަވާވޮޑިގަންނަވާ. ޙިސާބު ނުބައްލަވާ ދޫނުކުރައްވާނެ. ކީރިތި ޤުރްއާނުގައި އެވާހަކަ އެބައޮތަ.

    11
  7. މިތުރާ

    ޜިޕޯޓް ބަލާފަ ކަރުނަ ތިއް ކެއްޖަހާފަ ކުނިވަށިގަޑައްލާ، އޭރުން ހުރިހާކަމެއްފުރިހަމަވީ

  8. ނުލަފާ

    ޤާނޫނުލް އުޤޫބާތުގައި "ޖަނަވާރަށް އަނިޔާވެރިވުން" ކުށެއްގެ ގޮތުގައި އޮތްވާ، އެއަށް ނުބަލައި، އޭޖީ ބައިކުޅަ ބައި ލަފާ ދިނީމަ ނަތީޖާ މި ފެންނަނީ. ރައީސަށް ކެރޭނެތަ، އޭޖީ ވަކިކުރަން؟ އޭޖީ ދިން ލަފައަކުން ދައުލަތަށްވި ފައިދާއެއް ނެތް. ވީނަމަ، ވަނީ ގެއްލުން.

  9. އަހުމަދު

    ރިޕޯޓް ހުށައެޅީމަ ގޯސްވާނީ ދޫނިތަށް، އެމިނިސްޓްރީ އާ ކުޅެފިއްޔާ އަނެއްކާ ރައްޔިތުންގެ ފަޅުތަކުން ފަޅެއް ސޭޓަށް ދޭންޖެހޭނެ.

  10. ދެރަވެއްޖެ

    އޖ ގެ ލަފާ ހޯދި ވާހަކައެއްވެސް އެބަ ކިޔައެވެ. ބޮޑު މިނިސްޓްރީއެއް ހަދާ ޒިންމާތަކެއް ހަވާލު ކުރެވިފައި ތިބި މީހުންނަކީ އަމިއްލަ ބުއްދީގެ ބޭނުން ކުރެވޭ ބަޔަކަށް ވާންޖެހެއެވެ. ސަތޭކަ އަށްޑިހަ ދިރޭ ފުރާނަ ރަހުމެއް ނެތި ގަތުލު ކޮށްލީ އެންމެ މީހެއްގެ ލަފާގެ މައްޗަށް ހެއްޔެވެ؟ ތިޔަ ދޫނިތަކަކީ މިހާރު ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ އޮތް ދޫނިތަކަކަށް ވާއިރު، ދޫނި ގެންގުޅޭ ބަޔަކަށް ވިއްކާވެސް ލެވުނީހެވެ. ނުވަތަ ގަވައިދާއި ހިލާފަށް އެތެރެކުރި މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށްފަހު ދޫނިތައް ދޫކޮށްވެސް ލެވުނީހެވެ. ގަވާއިދާ ހިލާފަށް އެތެރެ ކުރި ފަރާތް ޖޫރިމަނާ ކުރުމަށްފަހު އެފައިސާއިން ދޫނިތައް އަނބުރާ ފޮނުވާވެސް ލެވުނީހެވެ. ނުވަތަ ތިވާހަކަ އާއްމު ކުރިނަމަ ތިޔަ ހަރަދު ކޮށްދޭނެ އެތައް ދީލަތި ދިވެހިންވެސް ވީހެވެ. އަދި ކޮބައިހެއްޔެވެ؟ ދިވެހިރައްޔިތުންގެ ފައިސާއިން އެތައް ވައްކަމެއް ކުރެވެމުން ދާއިރު ތިޔަ ދޫނިތައް އަނބުރާ ފޮނުވާލަން އެފައިސާ ބޭނުން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ. މިހުރިހާ ހައްލެއް އޮއްވައި އަނިޔާވެރި ގޮތަކަށް ކުށެއްނެތް ދިރޭތަކެތި ޤަތުލު ކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. އަދި ތިޔަބައިމީހުން ތިޔަ ދައްކާ ހުއްޖަތަކީ ތާކުންކުރެ ތާކު ނުޖެހޭ އަދި ގަބޫޫލު ނުކުރެވޭ ހުއްޖަތެކެވެ.

    • ވާނުވާ

      މީ ކުރު ވާހަކައެއްތަ؟🤔

  11. ޒާ

    ބައިނަލް އަގުވާމީ ގޮތުންވެސް ދިވެހި ސަރުކާރާމެދު ފިޔަވަޅު އަޅަންޖެހޭވަރުގެ އަނިޔާވެރި އަމަލެއް ކޮށްފައި އެވަނީ.

  12. ޢަދުރޭ

    މިކަމުންވެސް އެންހިގެންމިދަނީ ސަރުކާރު ތަސައްރަފުނުފުދޭކަން

  13. ޢަޅި ހަކުރާ

    މަރަށް މަރު ބޭނުންވަނީ.

  14. ޢަހުމަދު1

    އަނިޔާވެރި ސަރުކާރު

  15. ސައްދު

    ސަރުކާރުން އެއޮތީ އެތަކެއް މައުސޫމުންތަކެއްގެ ގަތުލުއާމެއް ހިންގާފަ.

  16. ފިޔަވަޅު

    Kaneerah bunelaanee mee raahjeyga kurin kuraa kameh nooney.
    Mee misarukaaruge aniyaaverikan huri hisaabu angaidhey kamekey.
    mikamuge zinmaa raees nagan jeheyne .

  17. އިންޑިޔާ އައުޓު

    ދޫނިތައްވަޅުލީތޯ ނުވަތައަންދާލީތޯ އަންދާލިނަމަސޯލްބެއަށްއޯކޭ ރިޕޯޓްގައިލިއަންވީ އަންދާލީނިމުނި

  18. އެއްކަަލަ އިބުރު

    ދިވެހި ރާއްޖޭގެ ރައީސް އައް
    ވެދުމާ ސަލާމްް.

    މަރާލީ ކަރު އަނބުރާފަ.

    އިހުތިރާމް ގަބޫލު ކުރެއްވުން އެދެން.
    ކަލާ ދެކެ ލޯބިވާ އޭޖީ

  19. Anonymous

    ދޫނި މަރާލި މައްސަލައާއި ދޮގުހެދި މައްސަލަ މިނިސްޓަރުގެ މައްޗަށް ހުށަހަޅަންވާނެ.

  20. ދުރުރާސްތާ ދުންމާރި

    ގަވާއިދު ހަދާ އެ ތަންފީޒުކުރަން މިތިބެނީ ރަށްރަށުން އައިސްތިބި ކެނައިން… ދެން ވާނީ މިހެން!
    މާ ކުރިއަރާފަ އޮތް ބަޔަކައް ވެގެން، އަދިވެސް ރައްޔިތުންގެ ވިސްނުން ތަރައްގީނުވެޔޭ!!!
    ދެންވެސް އަންނަ ސަރުކާރަކުން ލޮނުޒިޔާރަތް ކޮޅައް މީހުން އެއްކޮއްގެން ދިވެހީންގެ ހުރި ނާތަހުޒީބު ގޮތް ގަންޑު ކަންޑުވަބަލަ!

    • ބެލެސްޓިކް މިސައިލް

      އޭނ... ބަލަ މާލެވެސް އެއީ ރަށެކޭ..ހަމަ ތިބުނާ ވައްތަރުގެ ކެނައިން އުޅޭ މާލޭގަވެސް..

    • ނޮންސެންސް

      ޕާޓީ ހިންގަނީ މާލޭ ރޯޔަލް ކިޔާ ބައިގަނޑު. އޭޖީވެސް މާލެ. ސިޔާސަތު ކަނޑައަޅައި ލަފާދެނީ މާލޭ މީހުން. ޔޭސް، އަދަބު ތިބުނާ ރަށްރަށުން އަންނަ ކެނައިން. މާލެ އެކަނި ވަކި ޤައުމަކަށް ވާންވީނު. ރިޒޯޓުވެސް ރާއްޖެތެރެ އިނގޭ

  21. ހަހަ

    އަނެއް ކާ އަނެއް ކޮމިޝަން އުފައްދަންދޯ މިޖެހުނީ.

  22. ކާފަ

    ހިންނަވަރު އިބްރާހިމް ވެރިކަމަށް އައި ގޮތުގެ ރިޕޯރޓެއްވެސް ތައްޔާރުކުރަންޖެހޭނެ.

  23. ކާފަބޭ2020

    މިދިނީ އިންޒާރެއްނޫންބާ؟ ވެދާނެ ބޮޑުކަމެއްއިއުލާނުކުރީކަމަށްވެސް ސިއްރުކުރަންޖެހޭބައިވަރު އެއްބަސްވުންތައްހުރިކަންއަންގާލުމާ މިއީ އިއްތިފާގަކަށް؟؟؟؟