ކ. އަތޮޅު ވިިލިވަރު ވަލު ތެރޭގައި ޖަމާކޮށްފައި ހުރި ލަކުނޑިތަކެއްގައި ރޯވި އަލިފާންގަނޑު ހަތަރު ގަޑިއިރު ފަހުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން މިއަދު ހެނދުނު ދިން މައުލޫމާތަށް ބަލާއިރު އެރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ 9:11 ގައި ކަމަށެވެ.

ރޯވެފައި ވަނީ ރަށުގެ ވަލު ތެރޭގައި ޖަމާކޮށްފައި ހުރި ލަކުޑިތަކެއްގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިއަދު މެންދުރު 13:26 ހާއިރު އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު