މިއަދު ވެސް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ދަށަށް ހިނގައްޖެއެވެ. މިއަދު ކޮވިޑަށް ފައްސިވީ 1096 މީހުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މަދުވިއިރު ޓެސްޓް ކުރި އަދަދު ވެސް މަދެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރީ 4320 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވީ %25 މީހުންނެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް މަދުވެފައެވެ. މިއަދު މާލެ އިން ފައްސިވީ 338 މީހުންނެވެ. މިއަދަކީ ޖަނަވަރީ 12 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ މަދުބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު މާލޭ ސަރަހައްދުން ކޮވިޑަށް ޓެސްޓް ކުރީ 1767 މީހުންނެވެ. އޭގެތެރެއިން ކޮވިޑަށް ފައްސިވީ %19 މީހުންނެވެ.

އަތޮޅުތެރެއިން ފައްސިވި މީހުންގެ އަދަދު ވެސް މިއަދު ވަނީ ރެކޯޑް މިންވަރަކަށް ދަށްވެފައެވެ. އަތޮޅުތެރެއިން މިއަދު ފައްސިވީ 549 މީހުންނެވެ. މިއަދަކީ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހަށް ފަހު އަތޮޅުތެރެއިން އެންމެ މަދުބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ރިސޯޓްތަކުން ފައްސިވީ 77 މީހުންނެވެ. ކޮވިޑް ސުންކު ނެގި ވަކިތަނެއް ނޭނގޭ 132 މީހަކު މިއަދު ފައްސިވެފައިވެއެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 1368 މީހުން މިއަދު ކޮވިޑުން ރަނގަޅުވިއެވެ. މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 16095 މީހުންނެވެ. އޭގެތެރެއިން 60 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑު

    އަދިވެސް ކޮވިޑު އަޕްޑޭޓް ދޫކޮއްލަން ނުވޭތަ