ގއ. ދާންދޫގައި އުމުރުން ދުވަސްވީ މީހެއްގެ ގަޔަށް ކޮވިޑް ވެކްސިންގެ ހަތަރު ޑޯޒް ޖަހައިފިއެވެ.

ދެކުނުގެ ޚަބަރުތައް ގެނެސްދޭ "ގާފު އޮންލައިން" އިން ބުނީ ދާންދޫގައި ހަތަރު ވަނަ ޑޯޒް ޖަހާފައިވަނީ އުމުރުން ދުވަސްވީ އަންހެނެއްގެ ގަޔަށެވެ. އެކަމާ ގުޅިގެން އެ މީހާގެ ހާލަތު ގާތުން ދެނެގަތުމަށްޓަކައި ހެލްތް ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށްވެސް އެނޫހުގައި ބުނެފައި ވެއެވެ.

ނަމަވެސް މިކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށަށް ކަނޑައަޅާފައި ހުންނަވާ ފޯކަލް ޕޮއިންޓް، އަދި ރަށު ކައުންސިލްގެ މެމްބަރު، އަޙްމަދު އިބްްރާހިމް އަށް ގުޅުމުން އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި ކަމަށް އެނޫހުގައި ބުނެފައި ވެއެވެ. ހެލްތު ސެންޓަރުގެ އޮފިޝަލުން ފޯނަށް ޖަވާބު ނުދޭތީ ހެލްތު ސެންޓަރުގެ ބަހެއް މިކަމާއި ގުޅިގެން ނުލިބެއެވެ.

ދާންދޫގައި ހުންނަ އެޗްޕީއޭގެ ފޯކަލް ޕޮއިންޓުން މިކަން ސިއްރު ކުރަން އުޅޭ ކަމަށް "ގާފު" އޮންލައިން އިން ބުނެފައި ވެއެވެ.

ކޮވިޑް-19 އިން ދިފާއު ވުމަށް ރާއްޖޭގައި އަދި އެންމެ ގިނަ ވެގެން ދެނީ ތިން ޑޯޒެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ތިއިން އެއްވެސް ވެކްސިނެއް ޖަހާނެ ކަމެއް ނެތް. ކޮވިޑަކީ ވެކްސިނަކުން ޗަލުވާލެވޭނެ ބައްޔެއް ނޫން. އެކަށީގެންވާ ކާބޯތަކެތި ކެއުމާއެކު، ސާފުތާހިރުކަން ދެމެހެއްޓީމާ ކޮވިޑްގެ ނުރައްކާ ކުޑަވާނެ. ދަތްއުނގުޅައިގެން ތާފަނާ ފެންފޮދަކުން ކަރުތެރެ ދޮވެލައިގެން ނިދުމަކީ ވެސް ކުރެވިދާނެ ރަނގަޅު ކަމެއް.

  2. ރެފްރީ

    ކޮބާމައްސަލައަކީ . ތިޔަޑޯޒްތައްޖަހާލެވިދާނެ ކިތައްމެބައިވަރެއްވެސް.. ތިއަކީތަސައްރަފެއްއޮޔްކަމެއްނޫން.. ބައެއްސައިންސްވެރިންބުނަނީ އެއްޑޯޒްވެސް ޖަހާނެކަމެއްނެތޭ.. އަނެއްބަޔަކުބުނަނީ ދެޑޯޒަށްވުރެންއިތުރަށްނުޖަހާށޭ.. ގައުމުތަކުގަ ތިނުޖަހަންވެގެން ހެސްކިޔާފައެކުރަނީމުޒާހަރާ

  3. 😣😣😣

    Jareema hingi meehun hayyarukurey

  4. ސ

    ސިއްޙީ ކަންކުގައި އިހުމާލުން އަދި ފަރުވާ ކުޑަވުމުން ދިމާވާ ކަންކަމުގައި އެޖަރާމާ ހިންގި މީހަކު ކުށްވެރި އެއް ނުވޭ ރާއްޖޭ ގެ ހޮސްޕިޓަލަކުން ދިން ފަރުވާއިން ކުއްޖެއްގެ ކަންފަތުގެ އިވުން ގެއްލުނީމާ ވެސް ދައުވާ ކޮށްގެން 8 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި މިސަރުކާރުން ފަރެސްމާތޮޑާ މީހަކަށް ދިން އޭން ކުރިކަމަކީ އެފައިސާ އިން ހުޅުމާލެއިން ލަގްޒަރީ ދެ އެޕާރޓް މަންޓް ގަތީ މިކަން ވެސް ވެއްޖެ މިހާރު ވިޔަފާރި އަކަށް އެކަން ކުރި އިންޑިޔާ ޑޮކްޓަރ ވަނީ އެނބުރި ގައުމަށް ގޮއްސައި ކިހާ ރީތި ތޯ ސިއްހީ ގާނޫނެއް ހަދަން ޖެހޭ ކަން ކުރި މީހާ އިހުމާލު ވީ މީހާ ޖާމިން ކުރުވަން

  5. އައި

    ދުނިޔޭގައި 5 ވަނަ ޑޯޒްވެސް މިހާރު އެބަ ޖަހާ ، އެއީ މާބޮޑު މައްސަލައެއްނޫން ، ރާއްޖޭގައިވެސް ވަރަށް އަވަހަށް ފަށަނެ 4 ވަނަ ޑޯޡަކަށް