17:17

ޏ. ފުވައްމުލައް ސިޓީ ހޮސްޕިޓަލްގައި އޮތް 80 އަހަރުގެ މީހަކު ކޮވިޑް-19ގައި ނިޔާވެއްޖެ

16:39

ކޮވިޑް-19 ޖެހޭ ދޮށީއުމުރުގެ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކު ސިއްހީ ބޮޑު މައްސަލައަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ދިރާސާއަކުން ދައްކައިފި

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދި ގިނަ ގައުމުތަކަށް އެކާމިޔާބު ހޯދުމުގައި އެންމެ ބޮޑު އެހީއެއް ލިބުނީ ކޮވިޑް ޖެހިފައިވާ މީހުންނާއި އަދި ކޮވިޑް ޖެހުނު މީހުންނާއި ބައްދަލުވި މީހުން ރަނގަޅަށް ކަރަންޓީން ކުރެވުމެވެ. ނަމަވެސް ކޮވިޑާއި އެކު ހޭދަކުރި ދެއަހަރަށް ފަހު މިހާރު ބައެއް ގައުމުތަކުން ދަނީ ގިނަ ލުއިތަކެއް ދިނުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުން ދަނީ ކޮވިޑާއި ގުޅިގެން އެއްވެސް ވަރަކަށް މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތް ހެދުމަށް ތައްޔާރުވަމުންނެވެ.

ނަމަވެސް މިއަދު ބައެއް ސައިންސްވެރިން ބުނީ ކޮވިޑާއި ގުޅިގެން އެއްވެސް ވަރަކަށް ކަރަންޓީން ވާން ނުޖެހޭ ގޮތައް ނިންމުމަކީ މިހާތަނަށް ދުނިޔޭގައި ދަމަހައްޓަމުން އައި އާއްމު ސިއްހަތުގެ އެންމެ އަސާސީ ކަންތައްތަކާއި ވެސް ހިލާފު ވުން ކަމަށެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނާ ގޮތުގައި ކޮވިޑާއި ގުޅިގެން ކަރަންޓީން ވުން އެއީ މަޖުބޫރު ކަމެއް ނޫންކަމަށް މިމަސް ނިމޭއިރު ނިންމޭނެއެވެ. ނަމަވެސް އެގައުމުގެ ބައެއް ސައިންސްވެރިން ބުނާ ގޮތުގައި އެފަދަ ނިންމުމެއް ނިންމައިފިނަމަ ބަޔާންކުރަން ވެސް ދަތި ހާލަތެއް ކުރިމަތިވެދާނެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އެނިންމުމުގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބިގެން ހިނގައިދާނެއެވެ. ނަމަވެސް އެއީ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުން ގެންދާ އާބާދީގެ މައިނޯރިޓީންނަށް ބޮޑު ނުރައްކަލަކަށް ވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ސައިންސްވެރިންނަށް މުސާރަ ދެނީ ބިލްގޭޓްސްއެވެ. ދެން އޭނާ ބުނާ ގޮތަކަށް ސައިންސްވެރިން ބުނީމާ ހައިރާންވާކަށެއް ނުޖެހެއެވެ. ކަރަންޓީނު އުވާލައި ނޯމަލް ދިރިއުޅުމަކަށް ބަދަލުވާންވީއެވެ.

  2. ސާމަރާ

    ތިވާނީ ރައީސް ސޯލިހުއާ މަސްވަރާ ނުކުރަނީކަމަށް

  3. trvy5-kxbe

    raajjeyga ulhey siyaasee vaanuva science verin buni nama ok gabool kuraanan

  4. 😣😣😣

    thiyabunaa scientistunnaky faisaa ah kommefadha eche ves bunefaane baekan engey

  5. އަހުމަދު

    ޕީސީއާރު ލައްޗޭގެ ލަފާ ހޯދިނަމަ ތިހެން ނުވީސް، އޭނަ އަންގާނީ ހަމައެކަނި ޕީސީއާރު ހަދަން އެހެންކަމެއްގެ ވާހަކައެއް ނުދައްކާނެ.

  6. މުސްލިމް

    ކަރަންޓީން އުވާލަން ހެޔޮ ނުވާނެ