ލަވަކިޔުންތެރިޔާ ހައްވާ އަސްރާ އާއި އޭނާގެ ލޯބިވެރިޔާ ހަސަން ނަޒީހް ތިބި ކޮޓަރިއަކުން 2016 ވަނަ އަހަރު މަސްތުވާތަކެތި ފެނުނު މައްސަލާގައި އެ ދެ މީހުންނަށް ކުރި ދައުވާ ސާބިތުނުވުމުން ހައިކޯޓުގައި ދެމީހުންގެ މައްސަލަ އިސްތިއުނާފު ކުރި ނަމަވެސް އަސްރާގެ ބައި ދައުލަތުން އަނބުރާ ގެންގޮސްފައި ވަނިކޮށް އޭނާގެ ލޯބިވެރިޔާ ހައި ކޯޓުން ސަލާމަތްވެއްޖެ އެވެ.

މައްސަލަ އިސްތިއުނާފަށް ހުށަހެޅުނު އިރު، އިސްތިއުނާފު ފޯމުގައި އިސްތިއުނާފު ރައްދުވާ ދެވަނަ ފަރާތެއްގެ އި އަސްރާގެ ނަން ބަޔާންކޮށްފައިވެއެވެ. ނަމަވެސް 18 އޮގަސްޓް 2021 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ސިޓީ ފޮނުވައި، ޢަސްރާގެ ބައި އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަން އަންގާފައި ވެއެވެ. އެހެންކަމުން 18 އޮގަސްޓް 2021 ތާރީޚުގައި ޢަސްރާގެ ބައި ވަނީ މި އިސްތިއުނާފް ޤަޟިއްޔާއިން އުނިކޮށްފައެވެ. އެހެންކަމުން ހައިކޯޓުގައި މައްސަލަ ބެލިއިރު އިސްތިއުނާފު ރައްދުވާ ހަމައެކަނި ނަޒީޙްއެވެ.

މިމައްސަލަ ސާބިތުނުވި އެއްސަބަބަކީ ނަޒީޙްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ކުރިއިރު ކޮޓަރިން ފެނުނު 30 ގްރާމްގެ މަސްތުވާތަކެއްޗާއި ގުޅޭ ގޮތުން އޭނާ އާއި ތަހްގީގުގައި ސުވާލު ކޮށްފައި ނުވުމެވެ. ނަމަވެސް ދައުލަތުން ބުނީ ތަހްގީގުގައި އެތަކެއްގާއި ގުޅޭ ގޮތުން ނަޒީހާއި ސުވާލު ނުކުރީ މަސްތުވާތަކެތީގެ ތަހްލީލް ރިޕޯޓް އޭރު ނުލިބު އޮތުމުން ކަމަށެވެ. ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ތަހްލީލް ރިޕޯޓް ލިބުމުން ވެސް ނަޒީހް އާއި އެތަކެއްޗާއި ގުޅޭ ގޮތުން ސުވާލު ކޮށްފައި ނުވާ ކަމަށެވެ. ނަޒީހާއި ހަމައެކަނި ސުވާލު ކުރީ އޭނާގެ ޖީބުން ފެނުނު މަސްތުވާތަކެއްޗާއި ގުޅޭ ގޮތުންނެވެ.

މިފަދަ ޙާލަތުގައި ކަންކުރަންޖެހޭނެ ރަނގަޅު ގޮތްކަމަށް ފެންނަ ގޮތަކީ އެތަކެތި ތަޙްލީލުކުރުމަށް ފަހު ލިބުނު ނަތީޖާގެ މައްޗަށް ބަލާއިރު، ފުރަތަމަ ކުރެވުނު ތުހުމަތަށް ބަދަލު އައިސްފައިވާނަމަ އަލުން ޤާނޫނީ އިންޒާރު ދިނުމަށްފަހު އޭނާއާ ސުވާލުކުރުން ކަމުގައި ދެކޭ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ހުކުމުގައި ވެއެވެ. މިކަން މިމޭރުމުން ހައިކޯޓުން ކުރިން ވެސް މައްސަލައެއްގައި ނިންމާފައި ވާނެކަން ހުކުމުގައި ފާހަގަ ކޮށްފައި ވެއެވެ.

ހައި ކޯޓުގެެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެކަށީގެންވާ ތަހުގީގެއް ނަޒީހްގެ މައްސަލާގައި ކޮށްފައި ނެތުމުން ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އަސްރާ އާއި ނަޒީހަށް ކުށް ސާބިތުވި ނަމަ، އެ ދެ މީހުން އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސެއިން މަޒީދުއެވެ. ބެންޗްގައި ދެން ތިއްބެވީ ފަނޑިޔާރު ފަނޑިޔާރު ޝުއައިބް ހުސެއިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސެއިން ޝަހީދު އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސާމަރާ

    ސަދޫމްގެ ޝަރުއީނިޒާމް

    6
    1
  2. ތައްހާން

    2016 ގެ މައްސަލައެއް މިހާރު ދެކުދީންވެސްތިބޭނީ އަމަލު ފިލާފަ އެހެންވެ ތި ހުކުމް ގޯހެއްނޫން

  3. H

    Mi ves india out group baeih tho Police

    2
    1
  4. Noos kiyaa mee he

    Keevve tho dhivehin akurun nuli ye venee noos kiyaa meehun Gina veema tho

  5. ޣާބިރު

    ޖީބުން ފެނުނީމަ ވެސް ސާބިތެއް ނުވި ؟

  6. ާަމަރީ

    ޏަފްސުން އަގު ހޯދާނެ

  7. ރަން ރީނދޫ

    މަޑުމަޑުން މަސްތުވާތަކެތި ހުއްދަ ކުރުމުގެ މަރުހަލާ ފެށިފަ މި އޮތީ. މި ފަހަކަށް އައިސް ،މަސްތުވާތަކެތި އެތެރެ ކުރާމީހުންނަށް ވެސް ކުށް ސާބިތެއް ނުވޭ. ސަތޭކަ ދުއިސައްތަ ކިލޯ ވިޔަސް ސަލާމަތް ވޭ.

  8. Anonymous

    ހަކުރުބޯ މީހުންގެ ހިމާޔަތުގައި މިސަރުކާރާއި އެމްޑީޕީ އޮންނައިރު ތިޔަފަދަ ބޮޑެތި ހަކުރުޑީލަރުން ކުއްވެރި ނުވާނެކަމީ ހައިރާންވާންޖެހޭނެ ކަމެއްނޫން.
    އިންޑިއާ އައުޓްގޮވާތީ އެއީ ހަކުރުގެ ދޮރުތައް ބަންދުކުރާތީ ގޮވާއެއްޗެކޭ ކިޔައި ރައްޔިތުން ލޮލުގައި އަނދުންއަޅުވަމުން ހަކުރުބޯމީހުނާއި ހަކުރު ޑީލަރުން ސަލާމަތްކުރުމުގައި މިސަރުކާރާއި އެމްޑީޕީ ކުރަމުންދާ މަސައްކަތް ކުއްވެރި ކުރަން.

    5
    1
  9. އިބިލީސް

    ނިކަމެތި ރައްޔިތެއްގެ ދަރިއެއް ނުވަތަ މަޝްހޫރު ކުއްޖެއް އެ ކޮޓަރީގައި އޮތްނަމަ ކުރެވެން ހުރި ހުރިހާ ދައުވާއެއްކޮށް އެކުއްޖާގެ މުސްތަޤުބަލު އެކީ ދުއްވާލާނެ. ލަވަކިޔާމީހަކަށް ވީނަ އެއްވެސް ދައުވާ އެއް ނުކޮށް ދޫކޮއްލީ. މީ މިތާ ހިގާ ތަޙްގީގާއި ހުކުމުގް ހާލަތަކީ. ގޮ**** ތާޙިރެއްނު

    4
    1
  10. ޒަރާނާ.....

    އަދުލުއިންސާފު ފުމެއަރަނީ ބޮވެންވާނެ ބޯންޖެހޭނެ އެންމެނަކު އަބަދަކު ހަމައިގަ ތިބެގެން ނުވާނެ