މާލޭގެ ގެއަކުން ވަގަށް ނެގި ގޮނޑިތަކެއް ގަޑިއިރެއް ތެރޭ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ މާފަންނު ޕޮލިސް ރެސްޕޮންސް އެންޑް ޕެޓްރޯލް ޓީމުން އިއްޔެގެ ވަގުތެއްގައި މާލެ ތެރޭގައި ފުޓްޕެޓްރޯލް ކުރަމުން ދަނިކޮށް ގެއަކުން ވައްކަންކުރި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

ފުލުސް އޮފީހުން ވިދާޅުވީ، އެ ވަގުތުން ފެށިގެން އެއްގަޑިއިރު ތެރޭގައި ވައްކަންކުރި މީހާ ހޯދައި އެމީހާ އެގެން ވަގަށް ނަފާއިވާ ގޮނޑިތަކެއް ނުއަގުގައި ވިއްކާފައި ވަނިކޮށް ހޯދައި ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އެގޮތަށް ނުއަގުގައި ވިއްކާ ނުވަތަ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ނުގަތުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތަކަކީވެސް އާންމުކޮށް ހުށަހެޅޭ މައްސަލަތަކެކެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ވައްކަމާއި ފޭރުމުގެ 4930 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 4562 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ. ބާކީ އޮތް 368 މައްސަލައަކީ ފޭރުމުގެ މައްސަލަތަކެވެ.

މުޖުތަމައުގައި މި ފަދަ ކުށްތަކަށް އަރައިގަންނަ މީހުން އެބަތިބި ކަމަށާއި އަދި ތަކުރާރުކޮށް މި ކުށްކުރާ މީހުންވެސް އެބަތިބި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަށް މަގު ފަހިވާ ގޮތަށް ބައެއް ކަންތައްތައް އެބަހުރި ކަމަށެވެ. ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދެވުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައި ނެތުމުން ހިނގާފައިވާ މިފަދަ މައްސަލަތަކުގެ އަދަދުވެސް މަދެއް ނޫން ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

    ދެން ތީ ވަރަން މޮޅުވީ ތީ ކަމެއް ނުވާ ބައެއް ވީޑިއޯ އާއްމުކޮށްފައި ރައްޔިތުން ކަރީ ބުނާނީ ހޯދާށޭ ކަލޭމެން ތިބޭނީ އިސްޓިކާ ޖަހަން

    2
    1
  2. އުގުރި

    ތިދާ ބާރު މިނުގައި ހުކުމް ވެސް ކުރާނަމަ..

  3. އަނާޅީ

    ވޯލްޑް ރެކޯރޑް އެއް!