މާލޭގެ އެއް ނަމްބަރު ފާލަން ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް، ކޮންޓްރޯލް ނުވެ ގޮސް ދުއްވަން އިން މީހާއެކު މޫދަށް ވެއްޓިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލެ އެއް ނަމްބަރު ފާލަން ކައިރިން ދުއްވާފައި ދިޔަ ސަައިކަލެއް އޯވާ ޓޭކް ކުރަން އުޅުމުގެ ތެރޭގައި ސައިކަލާއި އެކީގައި ފަޅު ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ މެންދުރު 2:56 ހާއިރުއެވެ.

މިހާރު ވެއްޓުނު މީހާ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.

އޮފިޝަލް ވިދާޅުވީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮރަލް

    އެއްވެސް އެްޗަކަށް ޕޮސިޓިވް ތޯ ބަލަން ޓެސްޓް ކުރަން ވީ އެވެ.

    15
    1
  2. ބިސް

    އޯކޭ ކަޓް

    12
    1
  3. اکف

    😂😂😂😂😂😂😂

    13
    2
  4. ކަތީބު

    އޭނަ ނުވެއްޓޭ މޫދަކަށް...

    7
    2
  5. ސާބަސް

    ފުލުހުން ތީގަ ބަލަން އޮތީ ކޮންކޮން ކަންކަމެއްކަން އަނގާލަ ދެއްވިނަމަ ދެންތިބި ބަޔަކައްވެސް އޯވަތޭކްކޮއްފަ މޫދައް ވެއްޓެން އެނގުނީސްދޯ..
    މިސާލަކައް އެއްޗެއް ހިއްޕަވައިގެން އޯވަތޭކް ކުރާނަމަ މޫދައް ފުންމާލީމަ އަންނަ ހުކުމަކާ ފުންމާނުލީމަ އަންނަ ހުކުމެއް…

    3
    1
  6. ޖަޒީރާ

    މާކުދިންގެ ދެކުދިން ދުއްވާފަ ދިޔަ ސައިކަލް ދިޔައީ ކަނަކު އިޝާނަމާދަށް ދާހެން

  7. އަހުމަދު

    ބޮޑަށް ކުއްވެރިވާނެހެން ހީވަނީ އަނެއް ސައިކަލު ދުއްވަން އިން ފަރާތް. ކުއްލިއަކަށް ކަނާތަށް ޖެހުނީ ފަހަތުން އަތުވެދާނެ އެއްޗަކަށް ނުބަލާ. ސިގްނަލް ދިންހެނެއްވެސް ހިޔެއްނުވޭ.

  8. ފަހަރިއެއްނޫން

    ވީޑިއޯއިން ފެންނަނީ ކުއްލިއަކަށް މަގު ހުރަސް ކުރި ސައިކަލަކުން ނައްޓާލަންވެގެން އުޅެނިކޮށް އެކްސިޑެންޓްވެފަ ސައިކަލް މޫދަށް ވެއްޓޭ މަންޒަރު. މިޚަބަރު ކިޔާލުމުން ހީވަނީ ގޮސް އުރުވާލިނަމަ މާރަނގަޅުވީހޭ

    1
    1