ޏ. ފުވައްމުލައް ސިޓީ ހޮސްޕިޓަލްގައި އޮތް 80 އަހަރުގެ މީހަކު ކޮވިޑް-19ގައި ނިޔާވެއްޖެއެވެ.

އެ މީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެކަން ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މިއަދު ހެނދުނު 11:42 ހާއިރު އެރަށު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑްގައި ނިޔާވެފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 287 އަށް އަރާފައެވެ.

މީގެ ދެ ދުވަސް ކުރިންވެސް ކޮވިޑްގައި ރާއްޖެއިން މީހަކު ވަނީ ނިޔާވެފައެވެ.

މި މަހު މިހާތަނަށް ރާއްޖެއިން 11 މީހަކު ކޮވިޑްގައި ބަލީގައި ނިޔާވެފައި ވެއެވެ.

ރާއްޖެއިން ކޮވިޑަށް ފައްސިވާ އަދަދުތައްވެސް އުޅެނީ މަތީގައެވެ. އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައްވެސް މައްޗަށް އަރަމުންދާއިރު، ރެއާ ހަމައަށް ރާއްޖެއިން 16،095 އަށް އަރާފައެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 154،511 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތި ޚަބަރު ވެސް ވަރަށް މޮޅު. ވަރަށް ކިޔާހިތްވޭ. އަދި "ކަށްވަޅުގައި އޮތް މައްޔިތަކު ވެސް ކޮވިޑް ޖެހިގެން މަރުވެއްޖެ" މި ސުރުޚީގެ ދަށުގައި ލިޔެފައިވާ ޚަބަރެއް ފެނިއްޖެނަމަ މާބޮޑަށް ވަރަށް ކިޔާހިތްވާނެ.