ހަތަރު ރަށެއްގައި ހައުސިންގް ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެެވެ.

އެ މިނިސްޓްރީން ކުރި އިއުލާންތަކެއްގައި ބުނެފައި ވަނީ، ލ. ގަން ނ. ހޮޅުދޫ، ހދ. ކުޅުދުއްފުށި، ގއ. ވިލިނގިލީގައި ހައުސިންގް ޔުނިޓް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ އިއުލާނުގައި ވަނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެގޮތުން ގަމުގައި، 100 ޔުނިޓް، ހޮޅުދޫގައި 30 ޔުނިޓް، ކުޅުދުއްފުށީގައި 400 ޔުނިޓް، ވިލިނގިލީގައި 50 ޔުނިޓް އަޅަން ނިންމާފައިވާ ކަން އިއުލާނުކޮށްފައި ވެއެވެ.

އެ އިއުލާނުގައި ވަނީ މި ރަށްތަކުގައި ހައުސިންގ ޔުނިޓް އެޅުމުގެމާ މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިންގ މިނިސްޓްރީގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިން ކަމަށް އެ އިއުލާނުގައި ވެއެވެ.