1. އުތުރާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

ރާއްޖޭގެ މޫސުން ކުރިއަށްލަފާކޮށް މެޓް އޮފީހުން ބުނީ، އެ ހިސާބުތަކަށް ބޯކޮށް ވާރޭވެހުމުގެ އިތުރުން ގުގުރާނެ ކަމަށެވެ.

އަދި ދެކުނުގެ ބައެް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

މެޓް އޮފީހުން ބުނީ، ދެކުުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން، އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު