ގދ. އަތޮޅު ހަތް ރަށަކުން 45 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެ އަތޮޅުގެ ހަތް ރަށުގައިވެސް މިހާރު ކޮވިޑް ދަނީ ފެތުރެމުންނެވެ. އޭގެ ތެރެއިން ތިނަދޫ، ގައްދޫ، ފިޔޯރީ އާއި ހޯނޑެއްްދޫއަށް ވަނީ ބަންދުކޮށްފައެވެ.

މިރޭ 8:30އާ ހަމައަށް ގދ. އަތޮޅުގެ ހަތް ރަށަކުން ކޮވިޑް ވޭދަނަތައް ފެނިފައިވާއިރު، އޭގެ ތެރެއިން ތިނަދޫ ނުވަ މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި އެރަށުގައި ބަލިޖެހިފައި މިވަގުތު 110 މީހަކު އެބަތިއްބެވެ.

އޭގެ އިތުރުން، ހޯނޑެއްދޫން އިތުރު 10 މީހަކު ކޮވިޑަށް ފައްސިވިިއިރު، އެރަށުގައި ބަލިޖެހިފައި ތިިބި 37 މީހަކު އެބަތިއްބެވެ.

ރަތަފަންދޫއަށް ބަލާއިރު، އެރަށުން އިތުރު އަށް މީހަކު ކޮވިޑަށް ފައްްސިވެފައިވާއިރު، އެރަށުގައި ބަލިޖެހިފައި 58 މީހަކު އެބަތިއްބެވެ. އަދި ފިޔޯރީން އިތުރު ހަ މީހަކާއި ފަރެސްމާތޮޑާއިން އިތުރު ހަތް މީހަކާއި، ވާދޫން ދެ މީހަކާއި، ގައްދޫން ތިން މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު