މިއަދު ރާއްޖެ އިން 968 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އޭގެތެރެއިން 206 މީހުން ފައްސިވީ މާލެ އިންނެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މަދުވިއިރު މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރީ 3936 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %25.05 މީހުންނެވެ.

މިއަދަކީ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. އަދި ޖަނަވަރީ 13 ވަނަ ދުވަހު ފަހު އެންމެ މަދު ބަޔަކު މާލެ އިން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު މާލެ އިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވެސް މަދެވެ. މިއަދު މާލެ އިން ކޮވިޑަށް ޓެސްޓް ކުރީ 1274 މީހުންނެވެ. މާލެ އިން ކޮވިޑަށް ފައްސިވީ ޓެސްޓް ކުރި މީހުންގެ %16 އެވެ.

އަތޮޅުތެރެއިން މިއަދު ފައްސިވީ 596 މީހުންނެވެ. ރިސޯޓްތަކުން 109 މީހުން، ސަފާރީތަކުން ތިން މީހުން މިއަދު ފައްސިވިއެވެ. އަދި ކޮވިޑް ސުންކު ނެގި ވަކިރަށެއް ނޭނގޭ 72 މީހުން ވެސް މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެއެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 967 މީހުން މިއަދު ކޮވިޑުން ރަނގަޅުވިއެވެ. މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 16227 މީހުންނެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ 49 މީހުންނަށެވެ. މިއަދަކީ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ. އިއްޔެ 58 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔައެވެ.

ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން މީހަކު ނިޔާވެފައެއް ނުވެއެވެ. ނަމަވެސް ކޮވިޑްގައި ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 287 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯދީ

    ހުސް ބޭކާރު ވާހަކަ ކޮވިޑް މީ ސަރުކާރުން ބޭނުންވީމަ ގިނަވެފާ ހަމަ ބޭނުންވާއިރަށް މަދުވާ އެއްޗެއް އެހެންވީމާ ހުދުމުހުތާރު ވެރިން ކުޅުނު ޑާރޓީ ގޭމެއް އެމީހުން ގައުމުތައް ބޭނުންވާގޮތަކަށް އަނބުރަން ވަރަށް ސަލާން ސޯލިބެޔައް