މާލޭގައި ދެންމެ ހިނގި އެކްސިޑެންޓެއްގައި ކާރަކާއި ސައިކަލެއް ޖެހި ސައިކަލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓްވެ ސައިކަލް ވަނީ ފުނޑުފުނޑުވެފައެވެ.

މިއެކްސިޑެންޓް ހިނގީ ވެސްޓްޕާކް ސަރަހައްދުގައެވެ. އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތަފްސީލެއް އަދި ނުލިބެއެވެ. މިއެކްސިޑެންޓްގައި ކާރަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

މިއެކްސިޑެންޓާއި ގުޅޭ ގޮތުން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ނުލިބެއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަހުރަބު

    ދިވެހި ފުލުހުންނަކީ ބޭކާރު ބައެއް ރޭސްޖަހާ ކާރު ތަކާ ސައިކް ތަކެއް ނުހުއްޓުވާ ހައިވޭއަށް އަރަން ބިރުގަނޭ ނާރާ ވާކަށް ނެތް ފުލުހުންމީ ބޭކާރު ބައެއް

    21
    2
  2. ރާއްޖެ

    ދުއްވޭލެއް މަޑީ ހަމަ.

    14
  3. ޔާރު

    ސައިކަލް އެކަނިތަ ފުނޑިފައެއޮތީ

  4. ސުއްކަތުރާ

    ރާއްޖެ މީހުން މިހާރު ވެއްޖެ އެއްނު ތިހުރިހާ ވެހިކަލްތައް އެއްލާލާފަ އަހާއި ޖަމަލު ގެނެސް ގެން ދުއްވަން ފަށަން.
    އޭރުން އެކްސިޑެންޓް ތައް ތިގޮތަށް ނުވާނެ