19:05

ލ. އަތޮޅު ފޮނަދޫން ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

14:49

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ކޮވިޑް-19 އަށް ފައްސިވެއްޖެ

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ފާއިތުވި ހަފްތާއެއްހައި ދުވަހު ވަނީ ދަށަށް ދާން ފަށާފައެވެ. ހުކުރު ދުވަހަކީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. ނަމަވެސް ފައްސި މަދުވި ނަމަވެސް ހިތްހަމަ ޖައްސާލެވެން ނެތީ ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވަމުން އަންނާތީއެވެ.

ހުކުރު ދުވަހު ރާއްޖެ އިން 968 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އޭގެތެރެއިން 206 މީހުން ފައްސިވީ މާލެ އިންނެވެ. ހުކުރު ދުވަހު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މަދުވިއިރު ހުކުރު ދުވަހު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. ހުކުރު ދުވަހު ކޮވިޑަށް ޓެސްޓް ކުރީ 3936 މީހުންނެވެ. ހުކުރު ދުވަހު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %25.05 މީހުންނެވެ.

ހުކުރު ދުވަހަކީ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. އަދި ޖަނަވަރީ 13 ވަނަ ދުވަހު ފަހު އެންމެ މަދު ބަޔަކު މާލެ އިން ކޮވިޑަށް ފައްސިވި ދުވަހެވެ. ހުކުރު މާލެ އިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވެސް މަދެވެ. ހުކުރު ދުވަހު މާލެ އިން ކޮވިޑަށް ޓެސްޓް ކުރީ 1274 މީހުންނެވެ. މާލެ އިން ކޮވިޑަށް ފައްސިވީ ޓެސްޓް ކުރި މީހުންގެ %16 އެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރާ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް އެޗްޕީއޭ އިން އެކަމާއި ގުޅޭ ގޮތުން ވަކިއެއްޗެއް ނުބުނެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނާޅި

    ކޮވިޑަކީ މިހާރު ނޫސްތަޖުގެ ފަލަ ސުރުހީގައި ގިނަވެފައި މަދުވެފައި ވާކަމަށް ދައްކާ އެއްޗެއް !

    1
    1
    • މީރާ

      ވަގުތު ނޫހުގައި އެކަނި ގިނައީ. އަބަދު ލޮކްޑައުން އަކަށް ނުގޮސްގެން އުޅޭ ބައެއް މީ.