އުތުރުގެ ރަށެއްގައި އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ ކުއްޖާގެ ދޮން ބައްޕައެވެ.

ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖާބިރު ފަރީދު

    ރަށުގެ ނަމާ މީހާގެ ނަން ވެސް ޖެހީމަ ދޯ އެނގޭނީ ، އެ މީހާއާއި ގާތް ނުވާންވެސް .....ސިއްރު ނޮކޮށް ނިކަން ނަމާއެކު ޖަހާބަލަ

  2. މުސްލިމް

    ނުވިސްނޭ ބައެއް ހަމަ.... ލަދު ހަޔާތް ކޮބާ؟