ލ. އަތޮޅު ފޮނަދޫން ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށުން 63 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

ކޮވިޑާއި ގުޅިގެން އެރަށް އޮތީ ބަންދުކޮށްފައެވެ. އެރަށަކީ ކޮވިޑާއި ގުޅިގެން މިހާރު ހާލަތު ގޯސްފައިވާ އެއް ރަށެވެ.

އެރަށު ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެރަށުން މިއަދު ފައްސިވި 63 މީހުންނާއެކު މިހާރު އެރަށުން ޖުމްލަ 550 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

އަދި މިހާރު އެރަށުގައި ބަލިޖެހިފައި ތިބި 219 މީހަކު އެބަތިއްބެވެ. އެރަށުން ބަލިން ރަނގަޅުވެފައި ވަނީ 310 މީހެކެވެ.

 

ކިޔުންތެރިންގެ ހިޔާލު