ފުލުހުންގެ ޔުނީފޯމްގައި ކެމެރާ ހަރުކޮށް، މިއަދުން ފެށިގެން ފުލުހުން ރަސްމީކޮށް ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފިއެވެ.

މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގައި ފުލުހުންގެ ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ފުލުހުންގެ ބޮޑީ ވޯން ކެމެރާ ފުރަތަމަ ބޭނުން ކުރާނީ މާލެ އާއި އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުން ކަމަށެވެ. މިކެމެރާ ބޭނުން ކޮށްގެން މަންޒަރާއި އަޑު ރެކޯޑް ކުރެވޭނެއެވެ. އަދި ފުލުހުންގެ ކޮމާންޑް ސެންޓަރުގައި ތިބޭ އޮފިސަރުންނަށް މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ ހަރަކާތްތައް ވަގުތުން ބެލޭނެއެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުމާއިއެކު އާއްމު ރައްޔިތުންނާއި އަދި ފުލުހުންނަށް ވެސް އިތުރު ރައްކާތެރިކަމެއް ލިބިގެން ދާނެ ކަމަށެވެ. ކޮމިޝަނަރ ވިދާޅުވީ ބޮޑީ ވޯން ކެމެރާ ފުލުހުން ބޭނުން ކުރަން ފަށަން މަސައްކަތް ކުރަމުން އަންނަތާ ތިން އަހަރެއްހާ ދުވަސް ވެއްޖެ ކަމަށާއި ނަމަވެސް އެމަސައްކަތް ކާމިޔާބު ނުވެ ދިގު ދެމިގެން ދިޔައި ކޮވިޑް-19 އާއި ކުރިމަތިލާން ޖެހި ދައުލަތުގެ ހަރަދުތައް 2020 ވަނަ އަހަރު ކުޑަކުރަން ޖެހުމުން ކަމަށެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރެއެވެ. ނަމަވެސް ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ފުލުހުން މިފަދަ ކެމެރާ ބޭނުން ކުރަން ފަށާ ފުރަތަމަ ގައުމަކީ ރާއްޖެ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ކޮބާތަ ކެމެރާ ހަރުކުރުމުން ނިކުންނާނެ ނަތީޖާއަކީ؟ ޕޮލިސް ބްރޫޓަލް ވަޔަލޭޝަން ފެންނާނެތަ؟ ކުށުގެ ވެށީގައި ހިނގާ ކަންތައްތަކުގެ ތެރެއިން ފުލުހުން ކުރާ ޣައިރު ގާނޫނީ ކަންތައްތައް ފެންނާނެތަ؟ އެފަދަ ކަންތައްތައް ނުފެނި ހަމައެކަނި އެހެން ފަރާތްތަކުގެ ކަންތައްތައް ތިކެމެރާއިން ފެންނަނަމަ ތިކެމެރާގެ ބޭނުމެއްނެތް.

    6
    1
  2. ޔަމަން

    ސަޅި ޕީޕީކުދިން މުޒާހަރާތަކުގައި ޤްރުއާން ކިޔަވާއަނޑުދެންއިވޭނެ.

    4
    3
  3. ކޮމެންޓޫ

    ފުލހުން ކެމެއް ފޮރުވަންޖެހޭނަމަ ތިޔަ ކެމެރާ އެވަގުތު އޮންނާނީ މައްސަލަޖެހިފަ ނިވާލާފަ. އެހެން ގައުމުތަކުގަވެސް ވާވަރު އެއީ.

  4. ޙަަަހަ

    ކެމެރާތޯ ހައްލަކީ ، މިއަދު އެއްޗިއްސާއެކު ، ނުވަތަ ކުށުގެ ވެށިން އަތުލާގެން ކޯޓަށް ދާއިރުވެސް ސާބިތެއްނުވެ ، އަނެއްކާ ވީޑިއޯއަކީ ޤާނޫނު ބަލާގަންނަ ކަމެއް ނޫން

  5. ލަތީފް

    ހަކުރުބޯމީހުނާ ވައްކަން ކުރާމީހުނާ މީހުންމަރާ މީހުން ތިޔައް އަރާނެބާ މުޅި މާލޭގަ ހަރުކޮއްފަ ހުންނަ ކެމެރާ ގަނޑަކައްވެސް އޮޅިގެންވެސް ތީގެން މީހަކު ނާރާތީ ހަމަ ބުނެލީމި

  6. ރ

    ބޮޑު މައްސަލަ އެއް ދިމާވާއިރު ތިޔަ ކެމެރާ މަސައްކަތެއް ނުކުރާނެ

  7. މިތުރާ

    ފުލުހުން ގައިގަ ކެމެރާ ނެތިގެންތަ؟ ކުށްމަދު ނުވެގެން އުޅެނީ ؟،ތިކެމެރާ ހަރުކުރަންވީ ހިންނަވަރު އިބުޜާހިމް ގެ ފުށްކިބާގަ، 🤔 އޭނަ ވީޔާ ކޮންޓުރޯލް ބަޓަނު ގެންގުޅެނީ

    1
    2
  8. އެކް

    ތީތި ކަޑަަައޭ

  9. ުމުނިޒް

    ތީތި ކަޑަަައޭ