22:09

ރެކޯޑް އަދަދަކަށް ފައްސި މަދުވެއްޖެ، މިއަދު ފައްސިވީ 607 މީހުން.

10:22

އޮމިކްރޯން ދެވަނަ ވޭރިއަންޓްގެ ނުރައްކާ ބޮޑު.

ކޮވިޑް-19 އަށް ހުށަހެޅޭ މީހުންގެ ކަރަންޓީން މުއްދަތު ހަތް ދުވަހަށް ކުރުކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިއަދު ލަފާދީފިއެވެ. އަދިވެސް ބައެއް ގައުމުތަކުގައި ކޮވިޑް-19 އާއި ގުޅިގެން ކުރާ ކަރަންޓީންގެ މުއްދަތު 14 ދުވަހަށް ނުވަތަ ދިހަ ދުވަހަށް އަރައެވެ.

ނަމަވެސް ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި ގާތުން ބައްދަލުވާ މީހުން ހަތް ދުވަސް ވަންދެން ކަރަންޓީން ކުރުމަށް ފަހު އެމީހުން ކޮވިޑަށް ޓެސްޓްކޮށް ނައްސި ވެއްޖެނަމަ ދޫކޮށްލުމުގައި މައްސަލައެއް ނެތެވެ.

ޑަބްލިއުއެޗްއޯ އިން ވެސް ކުރިން ކަނޑައަޅާފައި އޮތީ ކޮވިޑް އަށް ފައްސިވާ މީހުންނާއި ގާތުން ބައްދަލުވާ މީހުން 14 ދުވަހަށް ކަރަންޓީން ކުރުމަށެވެ. ކޮވިޑް ފުރަތަމަ ފެށިގެން އައިއިރު ގިނަ ގައުމުތަކުން އަމަލު ކުރަމުން އައީ އެގޮތަށެވެ. ނަމަވެސް މިހާރު ބައެއް ގައުމުތަކުން ވަނީ ކަރަންޓީންގެ މުއްދަތު ފަސް ދުވަހަށް ވެސް ކުރުކޮށްފައެވެ. އެމެރިކާގެ ސީޑީސީ އިން ވެސް މިހާރު ނިންމާފައި ވަނީ ކޮވިޑް ޖެހޭ މީހުން ވެސް ފަސް ދުވަހަށް ކަރަންޓީން ކުރުމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީން ވުން އުވާލަން ފަހަކަށް އައިސް ބައެއް ގައުމުތަކުގެ ސަރުކާރުތަކުންނާއި އަދި ބައެއް ސައިންސްވެރިން ވެސް ވަނީ ގޮވާލާފައެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އާއި އަދި ގިނަ ސައިންސްވެރިން ވެސް ބުނާ ގޮތުގައި ކޮވިޑް ކަރަންޓީން އެއްކޮށް އުވާލުމަކީ އަދި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަހަ

    ކޮވިޑްޖެހޭ މީހާއެކަނި ހަތްދުވަހަށް ކަރަންޓީނު ކުރަނީ. ގާތުން އެއްތަންވެފަ ގޭތެރޭގައި އުޅޭ މީހުން ވެކަސިން ޖަހާފައިތިބިނަމަ ކަރަންޓީނު ވާކަށް، ޕީސީއާރު ހަދާކަށް ރާއްޖޭގައި ނުޖެހޭ. ސައިންސްވެރިންނާއި ޑަބުލިޔު އެޗް އޯ އިން ކިޔާ އެއްޗަކާ ދިވެހި ރާއްޖޭގައި މި އޮންނަ އެޗް ޕީ އޭ އިން ދައްކާ ވާހަކަތަކާ، ހަދާ ގަވާއިދު ދިމަލެއްނުވޭ. ބައެއް ރަށްރަށުގައި އޮބިނޯންނަ ވަރަށް ކޮވިޑް ފެތުރެމުން ދަނީ. އެޗް ޕީ އޭ ގެ މާމޮޅު ގަވާއިދެއް ވުޖޫދަށް އައިފަހުން.

  2. އަޙްމަދް

    ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީން ވުން އުވާލަން ފަހަކަށް އައިސް ބައެއް ގައުމުތަކުގެ ސަރުކާރުތަކުންނާއި އަދި ބައެއް ސައިންސްވެރިން ވެސް ވަނީ ގޮވާލާފައެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އާއި އަދި ގިނަ ސައިންސްވެރިން ވެސް ބުނާ ގޮތުގައި ކޮވިޑް ކަރަންޓީން އެއްކޮށް އުވާލުމަކީ އަދި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ”.ޥަޤުތު ނޫސް”
    ————————————————————————-
    މީ އޯގާތެރިކަމުގެ ގޮތުންް އެޅި ފިޔަވަޅެެއްނޫނެވެ.‎
    ‎މެޑިކަލް މާފިޔާއިން ވައްކަން ކުރަންވެގެން އާދައިގެ އަރިދަފުސް ރޯގާއަކަށް ކޮވިޑް 19 އޭ ކިޔާ އާނަމެެއް ދީގެން އަދި އެއީ މަރުވާވަރުގެ ބައްޔެއްކަމަށް ވަސްވާސްދީ ސިއްޙީބިރުވެރިކަން އުފައްދައިގެން ވެކްސިނާއި ބޭހާއި މަސްކު އަދި ސެނިޓޭޒާ ވިއްކަންވެގެން ހިންގާޖަރީމާއެއްކަން ދުނިޔޭގެ ގިންގައުމުތަކުގެ ޙާއްސަކޮށް ( ޔޫރަޕު ބައްރުގެ ޤއުމުތަކާއި އެމެރިރިގާ ބައްރުގެ) ރައްޔިތުންނަށް އެނގި އެކަމާ ފާޅުގައި ދެކޮޅުހަދާ މިންވަރު ބޮޑުވެ އެޤައުމުތަކުގެ ސަރުކާރުތަކަށް އޮބިނޯންނަހީސާބަށް ކަންތަށް ދިއުމުން މަޖުބޫބުރުވެގެން ކުރިކަމެކެވެ. ޢަދި ކޮވިޑް 19އޭ ކިޔާއިގެން ދައްކާ ދެކޮޅުނުޖެހޭ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.

    3
    1
  3. އަލީ

    ކޮވިޑަކީ ހިޔާލީ ވާހަކެއް