ނ.މިލަދޫގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި އަލިފާން ރޯކޮށްލައިފިއެވެ.

ފުލުހުން މިއަދު މީޑިއާ އަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން އެފުލުސް މީހާއަށް އިންޒާރުދީ އަދި ފުލުސް މީހާގެ ސައިކަލްގައި ރޭ އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.

ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް މިހާރު ވަނީ އާއްމު ވެފައެވެ. ފުޓޭޖުން ފެންނަ ގޮތުގައި ސައިކަލްގައި އަލިފާން ރޯކޮށްލާފައި ވަނީ ގެއެއްގެ ގޯތިތެރޭގައި ސައިކަލް ހުއްޓައެވެ. އެކަން ކޮށްފައި ވަނީ ދެމީހަކު ބައިވެރިވެގެން ކަން ވެސް ވީޑިއޯ އިން އެނގެއެވެ. ނަމަވެސް ދެމީހުން ވެސް ތިބެނީ މޫނު ނިވާ ކޮށްގެންނެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލީ0000

    ރޯކުރި މީހާގެ ގައިގެ އިސްތަށި ނާނދައެއް ނުހުންނާނެ ކަން ޔަގީން

    16
    1
  2. އުގުރި

    ދިވެހި ޕޮލިހުންގެ ތެރޭގައިވެސް އުޅޭނެ ކެރޭ މީހުންނާއި ނުކެރޭ މީހުން...

    މިއީ ވަރަށް ބޮޑު ވާހަކައެއް

    21
    1
  3. Anonymous

    މިޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން
    ފުލުންނާއި ސިފައި މުޖުތަމަޢުގެ ހަމަޖެހުމާއި
    ރައްކާތެރިކަމަށް ކުރައްވާ މަސައްކަތްޕުޅަށް ހުރަސްއަޅާ އެބޭފުޅުންނަށް އިންޒާރުދީ ގެއްލުންދިނުމުގެ ފުރުޞަތު ނުދެއްވުމަށް ދަންނަވަން .
    ދެވަނަ ފުލުހެއްގެ މުދަލަށް ޖާނަށް ގެއްލުމެއް ދިނުނުގެ ކުރިން ޙައްގު އަދަބު ދެއްވާ

  4. ބުރުގާ

    ވީޑިޔޯގެ ބެކްރައުންޑް މިއުޒިކު ހާދަ އުފާވެރިޔޭ. ހެހެހެ...... ސޭކުސްތާނުގެ ޗަރުކޭސް އިބިލީސްތައް..