އެންއެންޑީއެފްގެ އިންޓެލިޖެންސް ސާވިސްގެ ކޮމާންޑަރަކަށް، ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީ ހަމަޖައްސައިފި އެވެ.

ސިފައިންގެ އިންޓެލިޖެންސްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ކުރިން ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއް ލަތީފެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި މަހު ހަމަލާއެއް ދިންއިރު ވެސް އިންޓެލިޖެންސްގެ އިސްވެރިޔަކަށް ހުންނެވީ ވައިސް ޗީފް އަބްދުއްރަހީމެވެ. އޭނާ ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެމަގާމު އަދާކުރައްވާފައެވެ. ޔާމީންގެ ވެރިކަމުގައި އަބްދުއްރަހީމް އިންޓެލިޖެންސްގެ ވެރިޔާގެ މަގާމުން ބަދަލު ކުރީ 2018 ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ސިފައިންގެ ބައެއް މަގާމުތަކަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ.

އެމްއެންޑީއެފް އިންޓެލިޖެންސްގެ އިސްވެރިޔާގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް ޒުހުރީ އައްޔަން ކުރީގެ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ޒުހުރީ ބްރިގޭޑިއާ ޖެނެރަލްގެ މަގާމަށް ޕްރޮމޯޓް ކުރެއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުއެވެ.

އޭނާ އެންމެ ފަހުން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޕްރެޒިޓެންޝަލް ގާޑުގެ ކޮމާންޑިން އޮފިސަރުކަށެވެ. އޭގެ ކުރިން އޭނާ ވަނީ ފަޔާ އެންޑް ރިސްކިއުގެ ކޮމާންޑަރުކަން ވެސް ކުރައްވާފައެވެ.

އެމްއެންޑީއެފް ސަދަން އޭރިޔާގެ ކޮމާންޑަރުކަމާއި އަދި ބައެއް އެހެން ކޮމާންޑްތަކުގެ ކޮމާންޑަރުކަން ވެސް ޒުހުރީ ކުރިން ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދު

    މާހީކުރީ ރޭގެ އިންޓަވިއުއަށްފަހުކަމަށް!!!

  2. އަލީ

    #އިންޑިއާއައުޓް #ބިސްމާރިޔާއައުޓް

    16