ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ އަދަދު 40 އަށް ދަށްވެއްޖެއެވެ.

އެޗްޕީއޭއިން މިމަހުގެ 6 ވަނަ ދުވަހު އާންމު ކޮށްފައިވާ ލިސްޓުގައި މޮނިޓަރިންގެ ހާލަތުގައި އޮތީ 40 ރަށެކެވެ. އެހެން ނަމަވެސް މި މަހުގެ 12 ވަނަ ދުވަހު އެ އަދަދު ވަނީ 32 އަކަށް ދަށްވެފައެވެ.

އެޗްޕީއޭގެ ބަންދުގައި މިވަގުތު ހުރި ރަށްތައް:

  • ކ. މާފުށި
  • ހއ. އިހަވަންދޫ
  • ހދ. ނޮޅިވަރަމްފަރު
  • ށ. ފުނަދޫ
  • ލ. ގަން
  • ހދ. ހަނިމާދޫ
  • ކ. ގުރައިދޫ
  • ހއ. ދިއްދޫ
  • ހދ. ކުޅުދުއްފުށި
  • ލ. ދަނބިދޫ
  • ށ. ކަނޑިތީމު
  • ވ. ކެޔޮދޫ
  • ނ. ކުޑަފަރު
  • ގދ. ތިނަދޫ
  • ދ. ކުޑަހުވަދޫ
  • ށ. މިލަންދޫ
  • ނ. މާޅެންދޫ
  • ބ. ކެންދޫ
  • ބ. ތުޅާދޫ
  • ރ. އިނގުރައިދޫ
  • ނ. ހޮޅުދޫ
  • ތ. ވިލުފުށި
  • ގދ. ފިޔޯރީ
  • ގދ. ހޯނޑެއްދޫ
  • ރ. އަލިފުށި
  • ލ. ފުނަދޫ
  • ހދ. މަކުނުދޫ

މިރަށްތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގެ ހާލަތުގައި އޮތީ ކ. މާފުއްޓާއި ހއ. އިހަވަންދޫއެވެ. މި ދެރަށް ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މިރަށްތަކުގެ އިތުރުން ނ. ހޮޅުދޫ، ތ. ވިލުފުށީ، ގދ. ފިޔޯރީ، ގދ. ހޯޑެއްދޫ، ރ. އަލިފުށި، ލ. ފުނަދޫ އަދި ހދ. މަކުނުދޫ ފިޔަވައި އެހެން ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އަދި މި ހަތް ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ ތެރޭގައެވެ.

މިދިޔަ މަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވަނީ ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިރާސާ

    ފުލުހުންނަށް ތުހުމަތުވާ މީހުން ބަންދު
    ޕްރިޒަން އަށް ގައިދީން ބަންދު ކުރުން
    އީ.ޕީ.އޭ އަށް ފަރަށް އަރާ ބޯޓް ބަންދު ކުރުން
    އެމް.އެމް.އޭ އަށް ފޮރިން އެކްސްޗޭންޖާރސް ބަންދު ކުރުން .
    ޢެޗް.ޕީ.އޭ އަށް ކޮވިޑު މީހުންނާއި /ރަށް ބަންދު ކުރުން.
    ޢެނގޭތަ..؟

  2. އަލިބެ

    އެޗްޕީއޭއިން ތިކަން މިހާރު ކުޅިވަރަކަށް ހަދައިފި