ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނުގެ އުފަންރަށް ކަމުގައިވާ ޅ. ހިންނަވަރަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް ހިންނަވަރަށް ވަޑައިގެންފައިވަނީ ތިން ދުވަހަށް ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. ހިންނަވަރަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވަނީ މަޑިވަރުގައި އަޅާފައިވާ އެއާޕޯޓު ވެސް ރަސްމީކޮށް ހުޅުއްވައި ދެއްވާފައެވެ.

ރައީސް ހިންނަވަރަށް ވަޑައިގަތުމުން ރަށުގެ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބަނދަރު ކައިރިއަށް އެއްވެފައެވެ. އަދި ރައީސް ވަނީ އެތަނަށް އެއްވެފައިވާ މީހުންނާއި ސަލާމް ވެސް ކޮށްފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމާއި ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމާއި އަދި ރަށްރަށުގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާގޮތް ބައްލަވާލެއްވަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކޮބާތޯ އަޅުއްވަން ވިދާޅުވި ބުރި ޖު

    22
    2
  2. ސެންޗޯ

    ސާބަސް ސޯލިހު ﷲއިރާދަފުޅުން ކުރިއަށްއޮތް ދައުރުތަކުގައިވެސް ރައީސުލްޖުހޫރިއްޔާއަކީ ތިޢި

    8
    33